އީރާނުން މިރޭ އިސްރާއީލުގެ އިރުމަތީ ނެގެވް އަށް ދިން ޙަމަލާތަކުގައި މަދުވެގެން 7 މީހުން މަރުވެ 120 އަށްވުރެ ގިނަމީހުން ޒަޚަމްވެއްޖެއެވެ.
އީރާނާއި ހިޒްބުﷲ އާއި ގުޅިގެން މިރޭ އިޒުރޭލަށް ހަމަލާ ދެމުން ދާއިރު، އިޒުރޭލުގެ އުތުރާއި ދެކުނާއި އިރުމައްޗަށް ދަނީ ހަމަލާތައް ދެމުންނެވެ.
މީގެ އިތުރުން އަވަށްޓެރި ޤައުމުތަކުގައިވާ އެމެރިކާގެ ބޭސްތަކަށް ވެސް އީރާނުން މިރޭ ވެސް ދަނީ ޙަމަލާތައް ދެމުންނެވެ.
ފާއިތުވެ 1 ގަޑި އިރުތެރޭ އީރާނުން ޙަމަލާ ދިން ތަންތަނުގެ ތެރޭގައި، އިޒުރޭލު، ޣިރާޤުގައި ތިބި އެމެރިކާ ސިފައިން ތިބޭ ބޭސް / ވިކްޓޯރިއާ، ޔޫ.އޭ.އި އަދި ބަހްރެއިން ހިމެނެއެވެ.










