Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތެލުގެ އިތުރު ޝިޕްމަންޓުތައް ގެނައުމަށް ޝެޑިއުލް ކޮށްފި؛ އެއްވެސް ދަތިކަމެއްނެތި ތެޔޮ ލިބޭނެ: ސައީދު

ތެލުގެ އިތުރު ޝިޕްމަންޓުތައް ގެނައުމަށް ޝެޑިއުލް ކޮށްފި؛ އެއްވެސް ދަތިކަމެއްނެތި ތެޔޮ ލިބޭނެ: ސައީދު

އައިޝަތު ރުވާ ރިފްޢަތު
160 ދުވަސް ކުރިން - 22 މާޗް 2026 01:29
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިނިސްޓަރު ވަނީ އެއްވެސް ދަތިކަމެއްނެތި ތެލާއި، ގޭސް، ކާޑުގެ ބާވަތްތައް އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ރާއްޖެއަށް ލިބެން ހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާފަ.

މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލި، ސަޕްލައި ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވެ ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްވައިފި އެވެ.

މިނިސްޓަރު ސައީދު ދާދި ދެންމެއަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހި ގައުމަށާއި ރައްޔިތުންނަށް ކުރާނެ އަސަރު ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވަނީ ވަރަށް ހަރުދަނާ ވިސްނުންފުޅެއް ކަމަށެވެ. އެގޮތުން ސަރުކާރުން ވަރަށް ހަލުވިކޮށް އަދި ރޭވުންތެރިކަމާއެކު އަޅުއްވަމުންދާ ފިޔަވަޅުތަކާއެކު، އެސްޓީއޯއިން ދަނީ ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނޭ ގޮތަށް ދަމަހައްޓަމުންނެވެ.

އެސްޓީއޯއިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި، ސަޕްލަޔަރުންނާއެކު ދުރާލާ އެއްބަސްވެފައިވާ "ނޮމިނޭޝަން" އެރޭންޖްމެންޓުގެ ދަށުންނެވެ. މި އިންތިޒާމުގެ ދަށުން މި ހަފުތާގައިވެސް ތެލުގެ ދެ ޝިޕްމަންޓެއް ރާއްޖެ ގެނެސްފައިވާކަން މިނިސްޓރު ފާހަގަކުރެއްވި އެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެއްބަސްވެފައިވާ ތާރީހުތަކާ އެއްގޮތަށް އިތުރު ޝިޕްމަންޓްތައް ގެނައުމަށް ވަނީ ޝެޑިއުލް ކުރެވިފަ އެވެ.

Advertisement

Advertisement 1

ސައީދު އިތުރަށް ވިދާޅުވީ، މާތްﷲގެ ވާގިފުޅާއެކު، އެއްވެސް ދަތިކަމެއް ނެތި ތެލާއި، ގޭސް، ކާޑުގެ ބާވަތްތައް އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ރާއްޖެއަށް ލިބެން ހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރު ކުޑަކުރުމަކީ ސަރުކާރުން މިވަގުތު އެންމެ އިސްކަމެއްދޭ އެއް ކަންތައް ކަމުގައިވެސް ސައީދު ވަނީ ފާހަގަކުރައްވާފަ އެވެ.

މިނިސްޓަރު މުހައްމަދު ސައީދުމިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްއެސްޓީއޯއީރާން ކްރައިސިސް 2026
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރާއްޖެއިން ބިސް ހުސްވެ ކޮންޓްރޯލް ކުރާކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، ދަތިކަމެއް ނެތި ބިސް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

ދަތިކަމެއް ނެތި ބިސް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

2 ދުވަސް ކުރިން - 14:05

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

4 ދުވަސް ކުރިން - 13:33

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

5 ދުވަސް ކުރިން - 11:25

އެސްޓީއޯ ހެލްތް ކެއަރ އިން ޕޯޓަބަލް ސްކޭން މޮޑަލްތަކެއް ތައާރަފް ކޮށްފި

އެސްޓީއޯ ހެލްތ ކެއަރއިން ސްކޭން މޮޑެލްތަކެއް ތައާރަފް ކޮށްފި

9 ދުވަސް ކުރިން - 12:23

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި ކަމަށް ޓްރަމްޕް އިޢުލާން ކޮށްފި

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި

9 ދުވަސް ކުރިން - 04:34

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީ އާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

12 ދުވަސް ކުރިން - 21:15