މާލޭގެ މަލަމަތި އިތުރަށް ރީތި ކުރުމުގެ ގޮތުން އާ ޕާކެއް އަޅަން ނިންމާފައިވާކަމަށް ކޮންސްޓުރަކްޝަން މިނިސްޓްރީން ބުނެފިި އެެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު އެކަމާއި ބެހޭ ގޮތުން އިއްޔެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ މަލަމަތި ރީތި ކުރުމަށް އަޅާ އާ ޕާކު، އަޅަން ހަމަޖެހިފައި ވަނީ ގާޒީ ބިލްޑިން ހުރި ބިމުގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ޕާކު ބިނާކުރުމުގެ މައިގަނޑު މަގުސަދަކީ މަލޭގެ މަލަމަތި ރީތި ކުރުމުގެ އިތުރުން މާލޭގައި ހިތްފަސޭހަކޮށްލެވޭނެ ފަދަ މައިޒާންތައް އިތުރު ކުރުމަށެވެ. އަދި އެފަދަ މައިޒާންތައް އިތުރު ކުރުމަށް ސަރުކާރުން އަންނަނީ ގިން މަސައްކަތްތަކެއް ކުރަމުން ކަމަށް އެ މިނިސްޓާ މުއްތަލިބު ވަނީ އެ ޕޯސްޓްގައި ފާހަނގަ ކުރައްވާފަ އެވެ.


އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި ޕާކު ނިންމުމުގެ މަސައްކަތް ހަވާލުކޮށަފައި ވަނީ އާރުޑީސީއަށް ކަމަށެވެ. އަދި އެ ޕާކުގެ މަސައްކަތްތައް ވެސް މިހާރު ވަނީ ފަށާފައި ކަމަށެވެ. ގާޒީ ބިލްޑިން ހުރި ބިމުގައި އަޅާ މި އާ ޕާކަށް ކިޔުމަށް ކަނޑައެޅިފައިވާ ނަމަކީ "ގާޒީ ޕާކު" މިނިސްޓަރު ވަނީ ހާމަކުރައްވާފަ އެވެ.







