މިފަހަރު ގިނަ ދިވެހިން ސަޕޯޓުކުރާނެ ކަމަށް ބެލެވުނު އީރާނު ފީފާ ވޯލްޑްކަޕް 2026 އިން ވަކިވެއްޖެއެވެ. އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި ކުރިޔަށްދާ މި މުބާރާތުން އީރާން ވަކިވީ މިހާރު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމާއި ހަނގުރާމައިގެ ޙާލަތުގެ ސަބަބުން ކަމަށް އެ ޤައުމުން ބުންޏެވެ.
ޖޫން މަހުގެ 11 އިން ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ ވޯލްޑް ކަޕުން އީރާން މިއަދު ވަކިވި އިރު އެ ޤައުމަކީ މުޅި އޭޝިއާގައިވާ އެންމެ ވަރުގަދަ ޓީމެވެ.
48 ޓީމު ކުޅޭ މިފަހަރުގެ މުބާރާތުގައި އީރާނު އޮތީ ބެލްޖިއަމް އާއި މިޞްރު އަދި ނިއުޒީލެންޑް ހިމެނޭ ގްރޫޕް ޖީ ގައެވެ.
މުބާރާތުން އީރާން ވަކިވުމަކީ ފަހަރުގައި އެ ޤައުމު ޖޫރިމަނާ ވެސް ކޮށްލާނެ ކަމެކެވެ.
އީރާން ވަކިވުމުން ޣިރާޤް ނުވަތަ އެކުވެރި ޢަރަބި ޢިމާރާތަށް ފުރުޞަތު ލިބުމަކީ އެކަށީގެން ކަމެކެވެ.










