Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކޮލެޖު ގަޑިތައް ތަރާވީހް ނަމާދާ ފުށުނާރާ ގޮތަށް ރޭވުމަށް އިސްލާމިކް މިނިސްޓަރު އިލްތިމާސްކުރައްވައިފި

ކޮލެޖު ގަޑިތައް ތަރާވީހް ނަމާދާ ފުށުނާރާ ގޮތަށް ރޭވުމަށް އިސްލާމިކް މިނިސްޓަރު އިލްތިމާސްކުރައްވައިފި

މަރްޔަމް މާޙީ
175 ދުވަސް ކުރިން - 10 މާޗް 2026 11:05
ރަސްމިއްޔާތެއްގައި ޑރ. ޝަހީމް ވާހަކަދައްކަވަނީ--- ފޮޓޯ:އިސްލާމިކް މިނިސްޓްރީ
ރަސްމިއްޔާތެއްގައި ޑރ. ޝަހީމް ވާހަކަދައްކަވަނީ--- ފޮޓޯ:އިސްލާމިކް މިނިސްޓްރީ
ޚުލާސާ

މިނިސްޓަރު މިފަދައިން އިލްތިމާސްކުރެއްވީ، ބައެއް ކޮލެޖްތަކުން ރަމަޟާން މަހުގެ ރޭގަނޑު، ތަރާވީހް ނަމާދު ގަޑީގައި ކްލާސްތައް ތާވަލުކުރަމުންދާތީ، އެކަމުގެ ޝަކުވާ ދަރިވަރުން ހުށަހަޅަމުންދާތީ.

ރަމަޟާން މަހުގެ ރޭތަކުގައި ކޮލެޖުތަކުން ކުރިއަށްގެންދާ ކްލާސްތައް ތަރާވީހް ނަމާދުގެ ވަގުތުތަކާ ފުށުނާރާނެ ގޮތަކަށް އިންތިޒާމުކުރުމަށް އިސްލާމިކް މިނިސްޓަރު އިލްތިމާސްކުރައްވައިފި އެވެ.

މިނިސްޓަރު މިފަދައިން އިލްތިމާސްކުރެއްވީ، ބައެއް ކޮލެޖްތަކުން ރަމަޟާން މަހުގެ ރޭގަނޑު، އަދި ވަކިން ހާއްސަކޮށް ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ވެސް ތަރާވީހް ނަމާދު ގަޑީގައި ކްލާސްތައް ތާވަލުކުރަމުންދާތީ، އެކަމުގެ ޝަކުވާ ދަރިވަރުން ހުށަހަޅަމުންދާތީ އެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ، ރަމަޟާން މަހަކީ އަޅުކަމުގެ މަތިވެރި މަހަކަށް ވީހިނދު، ދަރިވަރުންނަށް ތަރާވީހް ނަމާދާއި އެހެނިހެން އަޅުކަންތަކުގައި ބައިވެރިވުމަށް ހުރަސްނޭޅޭނެ ފަދަ ގޮތަކަށް ކްލާސްތައް އިންތިޒާމުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ. އަދި ކިޔަވައިދޭ މަރުކަޒުތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދީ، ދަރިވަރުންގެ ދީނީ ވާޖިބުތަކަށް އިސްކަންދެވޭނެ ފަދަ ގޮތަކަށް ކަންކަން ތަރުތީބުކޮށްދިނުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

Advertisement

Advertisement 1

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަޅުކަންތައްތަކަށް އިސްކަންދިނުމުގެ ދުރުސަތު ހޯދައިދުނުމުގެ ގޮތުން ރޯދަ މަހުގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅައިފައެވެ. ތައުލީމީ މަރުކަޒުތަކުން ވެސް މިފަދަ ކަންކަމުގައި ދަރިވަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ އިސްލާމީ މުޖުތަމައެއްގައި ކޮންމެހެން ބޭނުންތެރި ކަމެކެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްމިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

23 ދުވަސް ކުރިން - 10:27

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

52 ދުވަސް ކުރިން - 21:23

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

66 ދުވަސް ކުރިން - 20:02

ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

110 ދުވަސް ކުރިން - 14:22

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީގެ ވަފުދެއް ރާއްޖެއަށް

ސައުދީގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި

114 ދުވަސް ކުރިން - 13:27

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

121 ދުވަސް ކުރިން - 15:01