Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މައްސަރު ކަންތަކުގެ ލޭ ބޭނުންކޮށްގެން އަންހެނުންގެ ސިއްހީ މައްސަލަތައް ދެނެގަތުމަށް ދިރާސާއެއް ފަށައިފި

މައްސަރު ކަންތަކުގެ ލޭ ބޭނުންކޮށްގެން އަންހެނުންގެ ސިއްހީ މައްސަލަތައް ދެނެގަތުމަށް ދިރާސާއެއް ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
93 ދުވަސް ކުރިން - 10 މާޗް 2026 03:24
ލޭގެ ސާމްޕަލެއް ބަލައި ތަހުލީލުކުރަނީ---
ލޭގެ ސާމްޕަލެއް ބަލައި ތަހުލީލުކުރަނީ---
ޚުލާސާ

މީގެ ސަބަބުން އޮޕަރޭޝަނެއް ކުރުމުގެ ބަދަލުގައި، އަންހެނުން އަމިއްލައަށް ގޭގައި ތިބެގެން ފޮނުވާ ސާމްޕަލްތަކުން ބަލިތައް އަވަހަށް އަދި އަގުހެޔޮކޮށް ދެނެގަނެވޭނެ.

އަންހެނުންނަށް ކޮންމެ މަހަކު ކުރިމަތިވާ މައްސަރު ކަންތަކުގެ ލޭ ނުވަތަ 'ޕީރިއަޑް ބްލަޑް' ބޭނުންކޮށްގެން، ހަށިގަނޑުގެ އެތެރޭގެ ސިއްހީ މައްސަލަތައް ދެނެގަނެވޭނެ އިންގިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް އެމެރިކާގެ ބަޔޯޓެކް ކުންފުންޏަކުން ފަށައިފި އެވެ.

ކެލިފޯނިއާގެ އޯކްލޭންޑުގައި ހުންނަ 'ނެކްސްޓްޖެން ޖޭން' ކުންފުނީގެ އަމާޒަކީ، އަންހެނުންގެ ސިއްހީ މައްސަލަތައް ދެނެގަތުމަށް މިހާރު ކުރަންޖެހޭ އުނދަގޫ އަދި ވޭންދެނިވި މެޑިކަލް ޓެސްޓުތަކަށް ލުޔެއް ހޯދައިދިނުމެވެ. ހާއްސަކޮށް، 'އެންޑޯމެޓްރިއޯސިސް' ފަދަ ބަލިތައް ދެނެގަތުމަށްޓަކައި ހަށިގަނޑުގެ ތެރެއަށް ކެމެރާ ލައްވައިގެން ކުރާ 'ލެޕަރޮސްކޯޕީ' ސާޖަރީގެ ބަދަލުގައި، މައްސަރު ކަންތަކުގެ ލޭގެ ސާމްޕަލަކުން ބަލި ދެނެގަނެވޭނެ މަގު ފަހިކުރުމެވެ.

މި ދިރާސާގައި ބައިވެރިވި އެމެރިކާގެ މިނެސޯޓާގެ އުމުރުން 27 އަހަރުގެ އެމާ ބެކްލަންޑް ކިޔައިދިން ގޮތުގައި، އޭނާގެ އުމުރުން 11 އަހަރުން ފެށިގެން މައްސަރު ކަންތައް ދިމާވުމުން އާދަޔާ ހިލާފަށް ބޮޑަށް ރިއްސައި، ހޮޑުލެވި، ދިރިއުޅުމުގެ އާންމު ކަންކަމަށް ހުރަސްއެޅެ އެވެ. ނަމަވެސް، އޭނާއަށް 'އެންޑޯމެޓްރިއޯސިސް' ހުރިކަން ކަށަވަރުވީ 13 އަހަރުގެ ދިގު އިންތިޒާރަކަށް ފަހުގަ އެވެ.

Advertisement

Advertisement 1

އެންޑޯމެޓްރިއޯސިސް އަކީ ރަހިމުގެ ފަށަލައިގެ ސެލްތައް ރަހިމުން ބޭރުގައި އާދަޔާ ހިލާފަށް އުފެދުމުގެ ސަބަބުން ކުރިމަތިވާ ބައްޔެކެވެ. ދުނިޔޭގެ ނިސްބަތުން އަންހެނުންގެ 10 އިންސައްތަ މީހުންނަށް މި ބަލި ޖެހިފައިވާއިރު، މީގެ ސަބަބުން ބަނޑުގައި ރިއްސުމާއި، ދަރިމައިވުމަށް ހުރަސްއެޅުން ފަދަ ކަންކަން މެދުވެރިވެ އެވެ. އާންމުކޮށް މި ބަލި ހުރިކަން ޔަގީންކުރުމަށް 5 އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތެއް ނަގަ އެވެ.

ނެކްސްޓްޖެން ޖޭންގެ ސީ.އީ.އޯ ރިދީ ތަރިޔާލް ވިދާޅުވާ ގޮތުގައި، ކުޑަކަމުދާ ތަކެއްޗާއި ބޮޑުކަމުދާ ތަކެތި ބަލިތައް ދެނެގަތުމަށް ބޭނުންކުރާތާ އެތައް ހާސް އަހަރެއް ވެފައިވީ ނަމަވެސް، މައްސަރު ކަންތަކުގެ ލެއަށް މިހާތަނަށް ސައިންޓިފިކް ދާއިރާގައި އެކަށީގެންވާ ސަމާލުކަމެއް ދެވިފައެއް ނުވެ އެވެ. މި ލެޔަކީ ހަމައެކަނި ލޭގެ އިތުރުން، ރަހިމާއި، ފަލޯޕިއަން ޓިއުބް އަދި އޯވަަރީ ފަދަ ގުނަވަންތަކުން އުފެދޭ ސެލްތަކާއި މޮލިކިއުލާ މައުލޫމާތުތައް މުއްސަނދި މިންވަރަކަށް އެކުލެވިގެންވާ އެއްޗެކެވެ. މިއީ ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކުން ލިބޭ "ގުދުރަތީ ބަޔޮޕްސީ" އެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

2014 ވަނަ އަހަރުން ފެށިގެން މި ކުންފުންޏުން ވަނީ 330 އަށްވުރެ ގިނަ އަންހެނުންގެ އަތުން 2,000 އަށްވުރެ ގިނަ ސާމްޕަލް ނަގައި ދިރާސާކޮށްފަ އެވެ. މި އައު ހޯދުމުގެ ސަބަބުން، އޮޕަރޭޝަނެއް ކުރުމުގެ ބަދަލުގައި، އަންހެނުން އަމިއްލައަށް ގޭގައި ތިބެގެން ފޮނުވާ ސާމްޕަލްތަކުން ބަލިތައް އަވަހަށް އަދި އަގުހެޔޮކޮށް ދެނެގަނެވޭނެ މަގު ފަހިވެ، މުސްތަގުބަލުގައި އަންހެން ކުދިންނަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

ސިއްހަތު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިތުރު 15 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ދެނީ

އިތުރު 15 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ދެނީ

17 ދުވަސް ކުރިން - 10:58

އޭޑީއެޗްޑީގެ ފަރުވާއަށް މިތައިލްފެނިޑޭޓް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިފި

އޭޑީއެޗްޑީގެ ފަރުވާއަށް މިތައިލްފެނިޑޭޓް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިފި

29 ދުވަސް ކުރިން - 20:27

ބާލީހަށް ކުޅުދިޔުމަކީ ސިއްހީ ނުރައްކާތެރި ބައްޔެއްގެ ނިޝާނަކަށް ވެދާނެ

ބާލީހަށް ކުޅުދިޔުމަކީ ނުރައްކާތެރި ބައްޔެއްގެ ނިޝާނަކަށް ވެދާނެ

46 ދުވަސް ކުރިން - 20:58

ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސައިންސްގެ ދައުރު މުހިންމު: މެޑަމް ސާޖިދާ

"ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސައިންސްގެ ދައުރު މުހިންމު"

65 ދުވަސް ކުރިން - 13:18

ސިއްހީ ދާއިރާއަށް އިތުރަށް އިންވެސްޓްކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް: މިނިސްޓަރު ނާޒިމް

"ސިއްހީ ދާއިރާއަށް އިތުރަށް އިންވެސްޓްކުރުމަކީ ސަރުކާރުގެ އަމާޒެއް"

65 ދުވަސް ކުރިން - 12:56

ސިއްހީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ: ރައީސް

"ސިއްހީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ"

65 ދުވަސް ކުރިން - 12:35