Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތެޔޮ ފީފާއެއްގެ އަގު 110 ޑޮލަރަށް ވުރެ މައްޗަށް އުފުލިއްޖެ

ތެޔޮ ފީފާއެއްގެ އަގު 110 ޑޮލަރަށް ވުރެ މައްޗަށް އުފުލިއްޖެ

މުހައްމަދު ޖަމްޝަތު
184 ދުވަސް ކުރިން - 9 މާޗް 2026 15:28
ތެޔޮ ސާފުކުރާ ކާރުހާނާއެއްް. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން ވަނީ އުފުލިފަ---
ތެޔޮ ސާފުކުރާ ކާރުހާނާއެއްް. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން ވަނީ އުފުލިފަ---
ޚުލާސާ

ހަނގުރާމަ ފެށުމުގެ ކުރިން ތެޔޮ ފީފާއެއްގެ އަގު އެވްރެޖުކޮށް 70 ޑޮލަރުގައި ހުރިއިރު، މިއީ ގާތްގަނޑަކަށް 40 އިންސައްތައިގެ އިތުރުވުމެއް

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 110 ޑޮލަރަށް ވުރެ މައްޗަށް އަރައިފިއެވެ.

އެމެރިކާ އާއި އިޒްރާއީލުން އިރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ތެޔޮ ފީފާއެއްގެ އަގު އެވްރެޖުކޮށް ހުރީ 70 ޑޮލަރުގަ އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެމެރިކާގެ ތެލުގެ ބެންޗްމާކް ކަމަށްވާ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިޔު.ޓީ.އައި) ގެ އަގު 30 އިންސައްތަ އުފުލި، 118.88 ޑޮލަރަށް ވަނީ އަރާފައެވެ. އަދި ޔޫރަޕްގެ ބެންޗްމާކް ކަމަށްވާ ބްރެންޓްގެ އަގު 28 އިންސައްތަ އުފުލި، 118.73 ޑޮލަރަށް ވަނީ އަރާފައެވެ. މިއީ 2022 ވަނަ އަހަރު ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ކުރީކޮޅަށް ފަހު ތެލުގެ އަގު 100 ޑޮލަރަށް ވުރެ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

Advertisement

Advertisement 1

ހަނގުރާމައިގެ ސަބަބުން ތެޔޮ އުފައްދާ މިންވަރަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން އޯޕެކްގެ މެންބަރު ގައުމެއް ކަމަށްވާ އިރާގުން ވަނީ ދުވާލަކަށް އުފައްދާ ތެލުގެ މިންވަރު 4.3 މިލިއަން ފީފާއިން 1.3 މިލިއަން ފީފާއަށް މަދުކޮށްފައެވެ. މިއީ ގާތްގަނޑަކަށް 70 އިންސައްތައިގެ ދަށްވުމެކެވެ. މީގެ އިތުރުން ކުވައިތާއި ޔޫއޭއީން ވެސް ވަނީ ތެޔޮ އުފައްދާ މިންވަރު ކޮންޓްރޯލް ކުރަން ފަށާފައެވެ.

ތެލުގެ ސަޕްލައިއަށް ބޮޑު ހުރަހެއް ކުރިމަތިވީ އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެންނެވެ. މިއީ ތެޔޮ އެކްސްޕޯޓް ކުރުމުގައި ބޭނުންކުރާ އެންމެ މުހިންމު އެއް މަގެވެ. ގަލްފްގެ ގައުމުތަކުން ތެޔޮ އުފެއްދުން މަދުކުރަމުން ދަނީ ސަޕްލައިއަށް ކުރިމަތިވެފައިވާ މިފަދަ ގޮންޖެހުންތަކުގެ ސަބަބުންނެވެ.

މި ހަނގުރާމައިގެ ތެރޭގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށުމާ ގުޅިގެން، އީރާނުން އަންނަނީ އަވަށްޓެރި ގައުމުތަކުގައި ހުރި އެމެރިކާގެ މިލިޓަރީ ބޭސްތަކަށް ހަމަލާދެމުންނެވެ. މި ނުތަނަވަސްކަމުގެ ސަބަބުން ތެލުގެ އަގު އުފުލުމުގެ އިތުރުން، ދުނިޔޭގެ ވައިގެ ދަތުރުފަތުރުތަކަށް ވެސް ބޮޑެތި ބުރޫތަކެއް ވަނީ އަރާފައެވެ.

ތެލުގެ ބާޒާރުމެދުއިރުމަތި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

45 ދުވަސް ކުރިން - 20:07

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

57 ދުވަސް ކުރިން - 17:03

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

60 ދުވަސް ކުރިން - 11:26

އީރާނުގެ އިސް ނެގޯޝޮއޭޓަރުން އަވަހާރަކޮށްލަން އިޒުރޭލުން ރޭވި - އެމެރިކާ

އީރާނުގެ އިސް ނެގޯޝޮއޭޓަރުން އަވަހާރަކޮށްލަން އިޒުރޭލުން ރޭވި - އެމެރިކާ

67 ދުވަސް ކުރިން - 11:15

ތިންފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމަށް އަމަލު ނުކުރާނަން: ‎ހިޒްބުالله

އެއްބަސްވުމަށް އަމަލު ނުކުރާނަން: ‎ހިޒްބުالله

72 ދުވަސް ކުރިން - 07:05

މިއަދުވެސް ޣައްޒާ އާއި ލުބުނާނުގައި ގިނަބަޔަކު ޒަޚަމްވެ ޝަހީދުވެއްޖެ

މިއަދުވެސް ޣައްޒާ އާއި ލުބުނާނުގައި ގިނަބަޔަކު ޒަޚަމްވެ ޝަހީދުވެއްޖެ

76 ދުވަސް ކުރިން - 22:23