Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބަންޑާރަ މިސްކިތް ތަޅާލައި އާ މިސްކިތެއް ބިނާކުރުމުގެ ކުރިން މަޝްވަރާކުރަން ނިންމައިފި

ބަންޑާރަ މިސްކިތް ތަޅާލައި އާ މިސްކިތެއް ބިނާކުރުމުގެ ކުރިން މަޝްވަރާކުރަން ނިންމައިފި

މުހައްމަދު ޖަމްޝަތު
178 ދުވަސް ކުރިން - 7 މާޗް 2026 13:58
މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)---
މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)---
ޚުލާސާ

ބަންޑާރަ މިސްކިތަކީ ވޯރާ ވިޔަފާރިވެރިންގެ ޒަމާނުގައި ބިނާކުރި މިސްކިތެއް. އެ މިސްކިތް ތަޅާލައި އެތަނުގައި ބޮޑު މިސްކިތެއް ބިނާކުރުމަށް މިނިސްޓްރީން ވަނީ ނިންމާފަ

މާލޭގެ ބާޒާރުމަތީގައި ހުންނަ، ބިނާކުރިތާ ގާތްގަނޑަކަށް ސަތޭކަ އަހަރުވާން ގާތްވެފައިވާ ތާރީހީ ބަންޑާރަ މިސްކިތް (މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން) ތަޅާލައި، އެތަނުގައި ޒަމާނީ އާ މިސްކިތެއް ބިނާކުރުމުގެ ކުރިން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ބޭނުންވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އެ މިސްކިތް ތަޅާލަން ނިންމުމާ ގުޅިގެން އާންމުންނާއި ތާރީހީ ކަންކަމަށް ލޯބިކުރާ ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މިނިސްޓަރު ޝަހީމް ކުރިން އިއުލާން ކުރެއްވި ގޮތުގައި، މިއަހަރުގެ ރަމަޟާން މަހަށް ފަހު ބަންޑާރަ މިސްކިތް ތަޅާލައި، ދީލަތި ފަރާތެއްގެ އެހީގައި އެތަނުގައި ބޮޑު މިސްކިތެއް ބިނާކުރުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް، މި އިއުލާނާއެކު ގިނަ ބަޔަކު ވަނީ އެއީ އާސާރީ އަދި ތާރީހީ ބިނާއެއް ކަމަށް ބުނެ، އެތަން ނައްތާލުމަކީ ތާރީހަށް ދެވޭ ބޮޑު ގެއްލުމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

Advertisement

Advertisement 1

މި މައްސަލައިގައި ކުރީގެ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް މުހައްމަދު ނާޖިހު ދީދީ ވިދާޅުވީ، މިފަދަ ތަނެއް ނައްތާލުމަކީ ތަރިކަ ރައްކާތެރިކުރުމުގެ ގާނޫނާ ވެސް ހިލާފު ކަމެއް ކަމަށެވެ. އެކަމަށް ރައްދު ދެއްވަމުން މިނިސްޓަރު ޝަހީމް ކުރިން ވިދާޅުވީ، ތަނަކަށް 100 އަހަރު ވުމަކީ އެތަން ތަޅާނުލާ ބަހައްޓަންޖެހޭ ސަބަބެއް ނޫން ކަމަށާއި، ބަންޑާރަ މިސްކިތަކީ ރާއްޖޭގެ އާސާރީ މިސްކިތްތަކުގެ ރަސްމީ ލިސްޓުގައި ހިމެނޭ ތަނެއް ނޫން ކަމަށެވެ.

ކުރީގެ ބުމްބާ މިސްކިތުގެ ނަމުން މަޝްހޫރުވި ބަންޑާރަ މިސްކިތަކީ ވޯރާ ވިޔަފާރިވެރިންގެ ޒަމާނުގައި ބިނާކުރި، އައްޝައިޚް ހުސައިން ސަލާހުއްދީން ފަދަ އިލްމުވެރިން ކިޔަވައިދެއްވި ތާރީހީ މުހިންމު ބިނާއެކެވެ. މި މިސްކިތަކީ ކުރީގެ ރައީސް ނާސިރާއި ރައީސް މައުމޫންގެ ވެރިކަމުގައި ވެސް ބައެއް ބަދަލުތައް ގެނެސްފައިވާ ތަނެކެވެ. ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ މި މިސްކިތް ތަޅާލުމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އާންމުންގެ މެދުގައި ބަހުސް ހޫނުވުމާ ގުޅިގެން މިނިސްޓަރު ޝަހީމް ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "މިނިސްޓްރީން ކަންކަން ކުރާނީ ރައްޔިތުންގެ އަޑުއަހައިގެން" ކަމަށެވެ.

އެހެންކަމުން، ބަންޑާރަ މިސްކިތް ހުރިތާ އާ މިސްކިތެއް ބިނާކުރުމާ މެދު އިތުރަށް މަޝްވަރާކުރަން މިހާރު ވަނީ ނިންމާފަ އެވެ. މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ބާޒާރުމަތީގެ ކާރޫބާރު ބޮޑު ސަރަހައްދެއްގައި މިސްކިތް ބޮޑުކުރުމަކީ މުސްލިމުންގެ މަސްލަހަތަށްޓަކައި ކުރަންޖެހޭ ކަމެކެވެ.

މީގެ އިތުރުން، މަޖީދީ މަގުގައި ހުންނަ ޒިކުރާ މިސްކިތް ހުރި ބިމުގައި ވެސް ރަމަޟާން މަހުގެ 27 ވިލޭރޭ ބިންގާ އަޅައި، އަމަލީ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަހަރުގެ ރޯދަ މަސް ނިމޭއިރު، މުޅިން އަލަށް ހުޅުވޭ މިސްކިތްތަކުގެ އަދަދު 20 އަށް އަރާނެ އެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްމިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

23 ދުވަސް ކުރިން - 10:27

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

52 ދުވަސް ކުރިން - 21:23

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

66 ދުވަސް ކުރިން - 20:02

ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

110 ދުވަސް ކުރިން - 14:22

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީގެ ވަފުދެއް ރާއްޖެއަށް

ސައުދީގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި

114 ދުވަސް ކުރިން - 13:27

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

121 ދުވަސް ކުރިން - 15:01