އެއްގަމުމަގުން ޙަމަލާ ދިނުމަށް ސީރިއާ ތެރެއިން އިޒުރޭލުގެ 4 ހެލިކޮޕްޓަރު ލުބުނާނަށް ވަދެއްޖެއެވެ. މި ހެލިކޮޕްޓަރުތައް ތިރިކޮށްފައި ވަނީ ހިޒްބުالله އާއި ހަނގުރާމަ ކުރުމަށެވެ. އިސްރާއީލު ސިފައިން ފޭބީ ލުބުނާނުގެ ބެކާ ސަރަޙައްދަށެވެ

ހިޒްބުالله އިން ބުނީ އިސްރާއީލު ސިފައިން ދަނީ ނަބީ ޝީތު ޓައުންގެ އިރުމަތީ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވަމުން ކަމަށާއި، ރޭ 11:30 ހާއިރު ދެފަރާތުން ޙަމަލާތައް ބަދަލު ކުރެވުނު ކަމަށެވެ.

އިސްރާއީލުން ރެޔާއި އޭގެ ކުރީ ރޭ ވެސް ވަނީ ވަރަށް ވަރުގަދަޔަށް ލުބުނާނަށް ޙަމަލާ ދީފައެވެ.