Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހަހަފްތާ ވަންދެން އީރާނަށް ބޮން އެޅިޔަސް އެމެރިކާ އަށް މޮޅެއް ނުލިބޭނެ!

ހަހަފްތާ ވަންދެން އީރާނަށް ބޮން އެޅިޔަސް އެމެރިކާ އަށް މޮޅެއް ނުލިބޭނެ!

ޢަބްދުﷲ ޖުނައިދު
141 ދުވަސް ކުރިން - 7 މާޗް 2026 08:32
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) ލައްވައި އީރާނަށް ބޮން އަޅައި މެދުއިރުމަތި ހަނގުރާމަ އަކަށް ވައްޓައިލީ ނަތަންޔާހޫ (ވ)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) ލައްވައި އީރާނަށް ބޮން އަޅައި މެދުއިރުމަތި ހަނގުރާމަ އަކަށް ވައްޓައިލީ ނަތަންޔާހޫ (ވ)
ޚުލާސާ

ހަނގުރާމައިގެ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް ހަ ހަފްތާ ބޭނުންވާ ކަމަށް ވައިޓް ހައުސް އިން ބުނޭ.

މެދުއިރުމަތީގައި ހަނގުރާމަތައް ކުރިއަށް ދާއިރު، އީރާނާއި އެކު ހިނގަމުންދާ ހަނގުރާމައިގައި އެމެރިކާ އަށް ބޭނުންވާ ކަންކަން ޙާޞިލް ކުރުމަށް އިތުރު ހަތަރުހަފްތާ އާއި ހަހަފްތާ އާއި ދެމެދުގެ މުއްދަތެއް ބޭނުން ވެދާނެ ކަމަށް ވައިޓް ހައުސް އިން ބުނެފިއެވެ.

ހަނގުރާމައިގެ ސްޓްރެޓެޖީ އާއި ބެހޭ ގޮތުން ޓްރަމްޕުގެ ބަސް އިއްވާ ވައިޓް ހައުސް ގެ އޮފިޝަލުން ބުނާ ގޮތުގައި އެމެރިކާގެ އޮޕަރޭޝަންތައް ފޯކަސް ކުރަނީ އީރާނުގެ އަސްކަރީ ތަންތަން ފުނޑާލައި މިސައިލް ކެޕޭސިޓީ އާއި ނޭވީގެ ބާރު ބަލިކަށި ކުރުމަށެވެ.

މިހާރުވެސް އީރާނުގެ އަސްކަރީ ނިޒާމުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަން ފާހަގަ ކުރެވެއެވެ. އެމެރިކާގެ ބީ-2 ސްޓެލްތު ބޮމްބަރުތަކުން ވަނީ އީރާނުގެ ބިމުގެ އަޑީގައި ހަދާފައިވާ ބެލިސްޓިކު މިސައިލް ފޮނުވާލާ ޚާއްޞަ ފެސިލިޓީ ތަކަށް ޙަމަލާ ދީފައެވެ. ޖީބީޔޫ-57 މެސިވް އޯޑްނަންސް ޕެނެޓްރޭޓަރު ފަދަ ނުވަތަ ބުރުމާ އެއްހެން ތޮރުފާލައިގެން ބިމުގެ ނުލާހިކު ފުނަށް ވަދެވޭ “ބަންކަރ-ބަސްޓަރ” ބޮންތަކުގެ ދިހަވަރަކަށް ބޮން އެމެރިކާ އިން ވަނީ އީރާނަށް ވައްޓާލާފައެވެ. މިއީ އީރާނުގެ މިސައިލް އިންފްރާސްޓްރަކްޗަރަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ.

Advertisement

Advertisement 1

މީގެ އިތުރުން އެމެރިކާ އިން ވަނީ އިރާނުގެ ޑްރޯން އުފުލާ ބޯޓު ޝާހިދު ބަގޭރީ ހިމެނޭ ގޮތަށް އީރާނުގެ ކަނޑުގެ ސިފައިންގެ 30 އަށް ވުރެ ގިނަ އުޅަނދަށް ޙަމަލާ ދީ ބައެއް އުޅަނދުތައް ފައްތާލާފައެވެ.

އިންޑިއާ ކަނޑުގައި އެމެރިކާ އިން އީރާނުގެ މަނަވަރެއް ފައްތައިލަނީ (ވީޑިއޯ ސްކްރީން ގްރޭބް)

އެމެރިކާ އިން ވަނީ ޕާޝިއަން ޤަލްފުގައި ހުރި އިރާނުގެ ކަނޑުގެ ސިފައިންގެ މަރުކަޒުތަކަށް ގެއްލުން ދީ، ފުރަތަމަ 100 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 2،000 އަށް ވުރެ ގިނަ ޙަމަލާ ދީފައެވެ. އޭގެ ތެރޭގައި ތެހެރާން، ކަރމަންޝާހް، ޤުމް، ކަރާޖް، ތަބްރީޒް، ބުޝެހްރު، އަދި އިސްފާހާން ފަދަ ބޮޑެތި ތަންތަން ހިމެނެއެވެ. މި ޙަމަލާ ތަކުގެ ސަބަބުން އީރާނުގެ މިސައިލް ލޯންޗްކުރާ ތަންތަނާއި ކޮމާންޑް ފެސިލިޓީތައް ވަރަށް ބޮޑަށް ފުނޑާލާފައި ވާކަން ފާހަގަ ކުރެވެއެވެ.

އެމެރިކާ އިން މިދެންނެވި ތަންތަން ހަލާކު ކޮށްލުމުގެ އަސްލު ސަބަބަކީ މެދުއިރުމަތިގައިވާ އެމެރިކާގެ ބޭސްތަކާއި އެމެރިކާގެ މަސްލަޙަތު އޮތް ތަންތަނަށް އީރާނުގެ ނުރައްކާ ކުޑަ ކޮށް، އަދި ޙަމަލާ ދިނުމުގެ ޤާބިލްކަން ކުޑަކުރުމަށެވެ.

މެދުއިރުމަތީގައި މިހާރު އެމެރިކާ އިން އެންމެ ބޮޑަށް ކުރަމުންދާ މަސައްކަތަކީ އިސްރާއީލާއި އެކު ކޯޑިނޭޓްކޮށް އީރާނުގެ އަސްކަރީ ނެޓްވޯކާއި ގުޅިފައިވާ ތަންތަނަށާއި އަދި ސަރަޙައްދީ މިލިޝިއާ ތަކަށް އަމާޒު ކޮށްގެން ޙަމަލާ ދިނުމެވެ.

އެ ގޮތުން ރޭ ވެސް ލުބުނާނުގައި ތިބި އީރާނުގެ މަދަދުގާރުންނާއި ދެކޮޅަށް ޙަމަލާތައް ބަދަލުކުރިއެވެ.

މިކަންކަން މިމަގުން ހިނގި ކަމުގައި ވިޔަސް އެމެރިކާ އަކަށް އެ މީހުންގެ މަޤްޞަދެއް ޙާޞިލެއް ނުވެއެވެ. އީރާނުގެ ރައްދުތައް ވެސް ވަރަށް ވަރުގަދައެވެ.

އީރާނުން އިސްރާއީލުގެ ވެރިރަށް ޓެލް އަވިވް އަށް ޙަމަލާތައް ދެމުންދާ މަންޒަރު / ފޮޓޯ: އަލްޖަޒީރާ

މެދުއިރުމަތީގައިވާ އެމެރިކާގެ ބޭސްތަަކަޢް ގެއްލުން ދީ، އެމެރިކާގެ ސިފައިން މަރައި، އަދި އެ ބަޔަކަށް ޓަކައި އެމެރިކާ އިން ޤުރުބާން ވަމުންދާ ޒައެނިސްޓުން ހިފާފައިވާ ބިންތަކަށް އީރާނުން އެ ގެންދަނީ ވަރުގަދަ ޙަމަލާތައް ދެމުންނެވެ. އީރާނުގައި އަދިވެސް ބޭނުން ނުކުރާ ހަތިޔާރު ސްޓޮކުތައް އެބަހުރި ކަމަށް ވެއެވެ.

މީގެ އިތުރުން އީރާނުން ވާގިވެރިވާ ސަރަޙައްދީ މިލިޝިއާ ތަކުގައި ވެސް ހަތިޔާރު އެބަހުއްޓެވެ. އެހެންވެ، އެމެރިކާގެ ޖާސޫސުން އެހެރަ ގެންދަނީ ދުރާލައި ސަރަޙައްދީ މިލިޝިއާތަކަށް ޙަމަލާދިނުމުގެ ޕްލޭންތައް ރާވައި އަދި ޙަމަލާތައް ވެސް ދެމުންނެވެ. އެއީ އެ މިލިޝިއާ ތަކުން އީރާނާއި ގުޅިގެން އެމެރިކާ އަށް ޙަމަލާ ދިނުމުގެ ފުރުޞަތު ކުޑަ ކުރުމަށެވެ. ނަމަވެސް، ފެންނަ މަންޒަރަކީ ޙިޛްބުالله އިން އިޒުރޭލުގެ ސިފައިންނާއި ވަރަށް ވަރުގަދަޔަށް ކުރިމަތިލައި އެމީހުން ލުބުނާނުން މިވަގުތު ފަހަތަށް ޖައްސަމުންދާ މަންޒަރެވެ. ދެން އޮތީ ޔަމަނެވެ. ހޫޘީން ވެސް އެ ތިބީ ދަނޑިވަޅކަށް ބަލަބަލައެވެ. އީރާނާއި ގުޅެން ތައްޔާރަށެވެ. އެކަން އެ ޖަމާޢަތުން ވަނީ އިޢުލާން ކޮށްފައެވެ.

މި ހުރިހާ ކަމެއް މިގޮތަށް ހުރުމާއި އެކު މި ހަނގުރާމައިގައި އެމެރިކާ އަކަށް ފަސޭހަ ރަޙްމަތަކުން އީރާން ބައްޔެއް ނުކުރެވޭނެއެވެ. އަދި ކާމިޔާބެއް ވެސް ނުލިބޭނެއެވެ. މި ހަނގުރާމަ ނިމޭނީ އެއްވެސް ބަޔަކަށް ކާމިޔާބެއް ނުލިބިއެވެ. ޚުދު ޓްރަމްޕް ވެސް ޤަބޫލު ކުރަނީ އޭނާގެ މަޤްޞަދުތައް ޙާޞިލުކުރަން ވެސް އަދި ހައެއްކަ ހަފްތާ ނަގާނެ ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕުނަތަންޔާހޫއީރާން ކްރައިސިސް 2026
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

1 ދުވަސް ކުރިން - 16:04

ސައުދީއާއި އިރާގުގައި ހުރި އެމެރިކާގެ ސީއައިއޭ މަރުކަޒުތަކަށް އީރާނުން ހަމަލާ ދީފި

ސައުދީއާއި އިރާގުގައި ހުރި އެމެރިކާގެ ސީއައިއޭ މަރުކަޒުތަކަށް އީރާނުން ހަމަލާ ދީފި

1 ދުވަސް ކުރިން - 10:25

އެމެރިކާ އިން ޔަމަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފި

އެމެރިކާ އިން ޔަމަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފި

2 ދުވަސް ކުރިން - 20:16

އީރާނުން އެމެރިކާގެ ދެސިފައިން މަރާލައިފި

އީރާނުން އެމެރިކާގެ ދެސިފައިން މަރާލައިފި

5 ދުވަސް ކުރިން - 22:44

އީރާނުން އަނެއްކާވެސް އެމެރިކާގެ ވައިގެ އުޅަނދެއް ވައްޓާލައިފި

އީރާނުން އަނެއްކާވެސް އެމެރިކާގެ ވައިގެ އުޅަނދެއް ވައްޓާލައިފި

6 ދުވަސް ކުރިން - 22:05

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

6 ދުވަސް ކުރިން - 13:25