Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އީރާނަށް ފަހު އެމެރިކާއިން ދެން ފުނޑާލާނީ ކޮން ގައުމެއް؟

އީރާނަށް ފަހު އެމެރިކާއިން ދެން ފުނޑާލާނީ ކޮން ގައުމެއް؟

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
96 ދުވަސް ކުރިން - 6 މާޗް 2026 11:54
ރައީސް ޓްރަމްޕް: ދެން އަމާޒަކަށް ވާނީ ކިއުބާ
ރައީސް ޓްރަމްޕް: ދެން އަމާޒަކަށް ވާނީ ކިއުބާ
ޚުލާސާ

ފިކުރީ ތަފާތުތަކާއި ކޮމިއުނިސްޓް ނިޒާމުގެ ސަބަބުން ކިއުބާއާއި އެމެރިކާގެ ގުޅުން އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާއަށް ބަދުބަސް ބުނެ ގަދަދައްކަވަމުން ގެންދެވި ވެނެޒުއެލާގެ ރައީސް ގަދަބާރުން ވަގަށް ނަގައި އެ ގައުމުގެ ވެރިކަން ބަދަލުކުރައްވައި ގައުމުގެ މުއްސަނދި ތެޔޮ ބިންތަކަށް ވެރިވެވަޑައިގެންފައެވެ. 

ރަޢީސް ޓްރަމްޕް މިހާރު ކުރައްވަމުން ގެންދަވާ ހަޑިމުޑުދާރު ހަމައެއްލަމައެއް ނެތް މަސައްކަތްޕުޅަކީ އީރާނުގެ ސްޕްރީމް ލީޑަރާއި ގައުމުގެ އިސް އެތައްބޭފުޅުން ބޮމާއި ރޮކެޓުން ޝަހީދު ކުރައްވައި އީރާނުގެ މުސްލިމް ޖުމްހޫރިއްޔާ ނައްތަވާލެއްވުމުގެ މަސައްޕުޅެވެ. އެ ގައުމުގައި އޮތް އިސްލާމީ ވެރިކަން ގަޑުބަޑު ކުރައްވައި އެ ގައުމު ފަނާކުރެއްވުމެވެ.

ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ހިތުގައި މިހާރު އުފެދިފައިވާ ސުއާލަކީ އީރާނަށްފަހު ރައީސް ޓްރަމްޕް ވެރިވެގަންނަވާނީ ކޮން ގައުމަކަށް ހެއްޔެވެ؟

Advertisement

Advertisement 1

އެމެރިކާގެ މީޑިއާތަކާ ވާހަކަ ދައްކަވަމުން ރިޕަބްލިކަން ޕާޓީގެ ސެނެޓަރު ލިންޑްސީ ގްރެހަމް ވަނީ ފަހުގެ ހަނގުރާމަތަކުގެ ތެރެއިން ރައީސް ޓްރަމްޕްގެ އަމާޒުތައް ވަރަށް ސާފު ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ އީރާނަށް ފަހު، ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ލެޓިން އެމެރިކާއާ ގުޅޭ ހަރުކަށި ސިޔާސަތެއް ގެންގުޅުއްވުމަށް ވިސްނަވަމުން ގެންދަވާ ކަމަށާއި ދެން ރައީސް ޓްރަމްޕްގެ އަމާޒަކަށް ވާނީ ކިއުބާ ކަމަށެވެ.

އެމެރިކާގެ ސެނެޓަރު އިތުރަށް ވިދާޅުވީ މިހާރު ކިއުބާގެ ކޮމިއުނިސްޓް ޚުދުމުހުތާރު ވެރިކަމުގެ ދުވަސްތައް ގުނާލެވިފައިވާ ކަމަށާއި އެމެރިކާގެ ގައުމީ މަސްލަހަތު ހިމާޔަތް ކުރުމަށް އެމެރިކާއިން ކޮންމެ ފަދަ ކަމެއް ވެސް ކުރާނެ ކަމަށެވެ.

ކިއުބާގެ ވާހަކަ ދައްކަނީ ކީއްވެގެން؟

  1. ފިކުރީ ތަފާތުތަކާއި ކޮމިއުނިސްޓް ނިޒާމުގެ ސަބަބުން ކިއުބާއާއި އެމެރިކާގެ ގުޅުން އޮތީ ނުރައްކާތެރި ހާލަތެއްގައެވެ.

ކިއުބާއަކީ 1959 ވަނަ އަހަރުގެ އިންގިލާބުން ފެށިގެން ސޯޝަލިސްޓް ދައުލަތެކެވެ. ފިނި ހަނގުރާމައިގެ ފަހުން އެމެރިކާއާއި ކިއުބާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ކިއުބާގެ ކޮމިއުނިސްޓް ސަރުކާރަކީ އިންސާނީ ހައްގުތަކާ ހިލާފުވެ، ސިޔާސީ މިނިވަންކަމަށް ހުރަސް އަޅާފައިވާ ސަރުކާރެއް ކަމަށް އެމެރިކާއިން އަބަދުވެސް ތުހުމަތު ކުރެއެވެ.

ދެގައުމުގެ ގުޅުން އަލުން އާލާކުރުމަށް 2015 ވަނަ އަހަރު މަސައްކަތް ކުރި ނަމަވެސް ފަހުން ކިއުބާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަނެއްކާވެސް އެމެރިކާއިން ވަނީ ހަރުކަށިކޮށްފައެވެ.

2. ވެނެޒުއެލާއާ ގާތް ގުޅުން

ކިއުބާއާއި ވެނެޒުއެލާގެ ނިކޮލަސް މަޑޫރޯ ސަރުކާރާ ވަރަށް ގާތް ގުޅުމެއް އަބަދުވެސް އޮތެވެ.

އެމެރިކާއިން ވަނީ ނިކޮލަސް މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށް ނިއުޔޯކުގެ ކޯޓަކަށް ހާޒިރުކޮށްފައެވެ.

ވެނެޒުއެލާއާއި ކިއުބާއިން ކޮމިއުނިސްޓް ގައުމުތަކާ ބާއްވާ ގާތް ގުޅުމަކީ އެމެރިކާއަށް ކުރިމަތިވެފައިވާ ބޮޑު ވޭނެކެވެ. އެކަން ބަދަލުކުރަން އެމެރިކާ ކޮންމެހެން ވެސް ބޭނުމެވެ.

3. ރަޝިޔާއާއި ޗައިނާއާ އޮންނަ ގުޅުން

އެމެރިކާގެ އޮފިޝަލުން ވަނީ ރަޝިޔާ އާއި ޗައިނާއާ އެކު ކިއުބާގެ ގުޅުން ބޮޑުވަމުންދާތީ އެ ސަރަހައްދުގައި އެމެރިކާގެ ނުފޫޒަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

4. އެމެރިކާގެ އެތެރޭގެ ސިޔާސަތު

ފްލޮރިޑާ ހިމެނޭ ގޮތަށް ބައެއް ސްޓޭޓްތަކުގައި ގިނަ އަދަދެއްގެ ކިއުބާ-އެމެރިކާ ވޯޓަރުން ތިބޭއިރު، އެމީހުންނަކީ މިހާރު ކިއުބާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ ބައެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. ހަރުކަށި ގޮތެއް ނެގުމަކީ ބައެއް ފަހަރު ދާޚިލީ ސިޔާސީ ސްޓްރެޓެޖީއެއްގެ ބައެއްގެ ގޮތުގައި ބެލެވެއެވެ.

ޑިޕްލޮމެޓިކް މަސްދަރުތަކުން ބުނާ ގޮތުގައި ކިއުބާއަށް ބިރުދެއްކުމުގެ ބަޔާންތައް ގިނައިން ދައްކަނީ ސިޔާސީ ޕްރެޝަރު އިތުރުކުރުމަށެވެ. ބިރުވެރި މެސެޖުތަކުން ހިތް ބަދަލު ކުރުވުމުގެ ބޭނުމުގައެވެ.

އަނެއްކޮޅުން ލެޓިން އެމެރިކާގެ ގައުމުތަކާއި ޔޫރަޕްގެ ބައެއް ގައުމުތަކުން ވަނީ މި ސަރަޙައްދުގައި އިތުރަށް ގޯސްވަމުންދާ ފިތުނަތަކުން ދުރުހެލިވުމުގެ މުހިންމުކަމަށް އަލިއަޅުވާލާފައެވެ. އަދި އެއްފަރާތުން ފިޔަވަޅު އެޅުމުގެ ސަބަބުން ކުރިމަތިވެދާނެ އަސަރުތަކާ މެދު ވެސް އދ. ގައި ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ ކިއުބާއާ ދެކޮޅަށް ސީދާ ޢަސްކަރީ ފިޔަވަޅެއް ނުވަތަ ޕްލޭނެއް ވައިޓް ހައުސްއިން އަދި އެކުލަވައި، އެކަން ރަސްމީކޮށް ކަށަވަރުކޮށްދީފައި ނުވާކަމެވެ. ނަމަވެސް އީރާނަށްފަހު އެމެރިކާގެ އަމާޒަކަށް ވާނީ ކިއުކަމާމެދު ޝައްކު ކުރާ ގިނަބަޔަކު ނެތެވެ.

ބޭރު ދުނިޔެ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާ އާއި އިޒުރޭލުން ޖެހޭނީ ކުޑަކަކޫ މައްޗަށް ތިރިވާން: އީރާން

‘އެމެރިކާއާއި އިޒުރޭލުން ޖެހޭނީ ކުޑަކަކޫ މައްޗަށް ތިރިވާން”

84 ދުވަސް ކުރިން - 18:27

ލަންކާގައި ކޮންޓްރޯލް ކޮށްގެން ތެޔޮ ވިއްކަން ފަށައިފި

ލަންކާގައި ކޮންޓްރޯލް ކޮށްގެން ތެޔޮ ވިއްކަން ފަށައިފި

86 ދުވަސް ކުރިން - 14:55

މިދިޔަ އަހަރު ރޮނާލްޑޯ ދެ ރޯދަ ހިފި

މިދިޔަ އަހަރު ރޮނާލްޑޯ ދެ ރޯދަ ހިފި

105 ދުވަސް ކުރިން - 16:19

އެމެރިކާ-އީރާން މަޝްވަރާތަކުން ރަނގަޅު ކުރިއެރުމެއް ލިބުނު: އައްމާން

އެމެރިކާ-އީރާން ރަނގަޅު ކުރިއެރުމެއް ލިބުނު

111 ދުވަސް ކުރިން - 15:11

އިނގިރޭސިވިލާތުގައި ރަމަޟާން މަސް ފެށީ ތަފާތު ދެ ދުވަހެއްގައި

އިނގިރޭސިވިލާތުގައި ރަމަޟާން މަސް ފެށީ 2 ދުވަހެއްގައި

111 ދުވަސް ކުރިން - 12:58

އީރާން، އެމެރިކާ އަދި އަދުގެ ހާލަތު!

އީރާނާއި އެމެރިކާގެ ހާލަތު!

138 ދުވަސް ކުރިން - 18:33