ހެލްތު މިނިސްޓްރީ އިން 40 ތެރަޕިސްޓުން ހޯދަން އިއުލާނުކޮށްފި އެވެ.
މިނިސްޓްރީން މުވައްޒަފުން ހޯދަން އިއުލާނުކޮށްފައިވަނީ ހަތަރު މަގާމަކަށެވެ. އެގޮތުން, ސްޕީޗް ތެރަޕިސްޓް, ބިހޭވިއަރަލް ތެރަޕިސްޓް, އޮކިއުޕޭޝަނަލް ތެރަޕިސްޓް, އަދި ސައިކޯތެރަޕިސްޓްއަކަށް ވެސް އިއުލާނުކޮށްފައިވެއެވެ.
މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، އިޢުލާނުގައި ބަޔާންކޮށްފައިވާ ލިންކު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.
އަސާސީ ޝަރުޠުތަކާއި ފެންވަރު:
ސްޕީޗް ތެރަޕިސްޓް:
ސްޕީޗް ތެރަޕީގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއެއްގައި 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ބިހޭވިއަރަލް ތެރަޕިސްޓް:
ބިހޭވިއަރަލް ސައިކޮލޮޖީ ނުވަތަ އެޕްލައިޑް ބިހޭވިއަރ އެނަލިސިސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ (ކްލިނިކަލް ސްޕަވައިޒަރީ ޕްރެކްޓިކަމް ހިމެނޭގޮތަށް) ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއެއްގައި 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
އޮކިއުޕޭޝަނަލް ތެރަޕިސްޓް:
އޮކިއުޕޭޝަނަލް ތެރަޕީގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއެއްގައި 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ސައިކޯތެރަޕިސްޓް:
ކައުންސެލިންގ ނުވަތަ ސައިކޯތެރަޕީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 07 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
އަދި މީގެ އިތުރުން ކޮންމެ މަގާމަކަށް ވެސް ކުރިމަތިލެވޭނީ އައި.އީ.އެލް.ޓީ.އެސް (ޖެނެރަލް: އޯވަރޯލް ސްކޯރ 5.5 ނުވަތަ އެއަށްވުރެ މަތި) ނުވަތަ އޯ.އީ.ޓީ (ސީ ނުވަތަ އެއަށްވުރެ މަތި) އިމްތިޙާނުން ފާސްވެފައިވާނަމައެވެ. (މުއްދަތު ހަމަނުވާ 2 އަހަރުގެ ސެޓްފިކެޓެއް އޮތުން).
މިނިސްޓްރީ އިން ބުނީ މި ވަޒީފާއަށް ހޮވޭ ފަރާތްތަކުން ފެކަލްޓީ އޮފް ހެލްތު ސައިންސަސްއިން ބާއްވާ ޤާބިލުކަން ދެނެގަތުމުގެ އިމްތިޙާނުން ފާސްވާންޖެހޭނެ ކަމަށެވެ. އަދި މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ އިންޓަވިއުއިން ފާސްވުމުން ނޫނީ ވަޒީފާގެ ލިޔުން ހަވާލު ނުކުރެވޭނެކަމަށް ވެސް ބުންޏެވެ.
މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން 28 އޭޕްރީލް (އަންގާރަ ދުވަސް) މެންދުރު 13:00ގެ ނިޔަލަން ގޫގަލް ފޯމް ހުށައެޅުމަށް އެ މިނިސްޓްރީ އިން ވަނީ އެދިފައެވެ.










