ޕާކިސްތާނުގެ ކަރާޗީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ޢިމާރާތަށް އެ ޤައުމުގެ ރައްޔިތުންގެ ތެރެއިން ބަޔަކު މިއަދު ޙަމަލާދީފިއެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި ޕާކިސްތާނުގެ ރައްޔިތުން އެތަނަށް ވަދެ، ލަކުޑިބުރި އާއި ދަގަނޑުބުރިން ޢިމާރާތުގެ ދޮރުތަކުގައި ތަޅައި، ފުލުހުންގެ ޗެކްޕޮއިންޓްތަކަށް ވެސް ވަނީ ގެއްލުން ދީފައެވެ.
މި ހަމަނުޖެހުން ހިންގި މީހުންނާއި ސަލާމަތީ ބާރުތަކާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި ކޮންސިއުލޭޓް ޢިމާރާތަށް ވަންނަން މަސައްކަތް ކުރި ޕާކިސްތާނުގެ ރައްޔިތުންގެ ތެރެއިން ހަމީހުން މަރުވިއެވެ.
އޮފިޝަލުން ބުނީ ހަމަނުޖެހުންތަކުގައި މަދުވެގެން ނުވަމީހުންގެ ޙާލު ސީރިއަސް ކަމަށެވެ،
ކޮންސިއުލޭޓް އޮފީހަށް ވަންނަން އުޅުނު މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ކައިރީގައި ހުރި ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާއިރު، މި ހާދިސާގެ ތަހުގީގެއް ފަށާފައި ކަމަށާއި ހަމަނުޖެހުން ހިންގުމުގެ ޒިންމާ އުފުލާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕާކިސްތާނުގެ ސަރުކާރުން ވަނީ ދީފައެވެ.










