Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތ. ވިލުފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ 98 އިންސައްތަ ނިންމާލައިފި

ތ. ވިލުފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ 98 އިންސައްތަ ނިންމާލައިފި

އައިޝަތު ރުވާ ރިފްޢަތު
143 ދުވަސް ކުރިން - 28 ފެބްރުއަރީ 2026 14:13
ވިލުފުށީގައި މިހާރު ހިއްކާފައިވާ ސަރަހައްދު. / ފޮޓޯ: އެމްއޭސީއެލް
ވިލުފުށީގައި މިހާރު ހިއްކާފައިވާ ސަރަހައްދު. / ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

ޖުމްލަ 81 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 79 ހެކްޓަރުގެ ބިން ވަނީ އެއްކޮށް ހިއްކާ ނިންމާފައި.

ތ. ވިލުފުށީގެ ބިން ހިއްކުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ބޮޑު ބައެއް ނިމި، މުޅި މަޝްރޫއުގެ 98 އިންސައްތަ މަސައްކަތް މިހާރު ނިންމާލައިފި އެވެ.

މި މަޝްރޫއުގެ ދަށުން ވިލުފުށީގައި ޖުމްލަ 81 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 79 ހެކްޓަރުގެ ބިން ވަނީ އެއްކޮށް ހިއްކާ ނިންމާފަ އެވެ. މިއީ އެ ރަށުގެ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދީ، އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް މަގުފަހިކުރުމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއުކެވެ.

Advertisement

Advertisement 1

ވިލުފުށީގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ 11,300 ކިއުބިކް މީޓަރުގެ ބޮޑު ކެޕޭސިޓީއެއް ހުރި "ފިލިޕޯ ބުރުނެލެސްކީ" ބޭނުންކޮށްގެން. / ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދަނީ 11,300 ކިއުބިކް މީޓަރުގެ ބޮޑު ކެޕޭސިޓީއެއް ހުރި "ފިލިޕޯ ބުރުނެލެސްކީ" ކޮންނަ ބޯޓު ބޭނުންކޮށްގެންނެވެ. ވިލުފުށީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 14 ނޮވެމްބަރު 2025 ގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރަށްރަށުގެ ބިން އިތުރުކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މި މަޝްރޫއު ނިމުމަކާ ގާތްވެފައިވާއިރު، ބާކީ އޮތް 2 އިންސައްތަ މަސައްކަތް ނިމުމާއެކު މި ބޮޑު މަޝްރޫއު އެއްކޮށް ނިމިގެންދާނެ އެވެ.

މި މަޝްރޫއު ނިމުމުން ވިލުފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބި، ރަށުގެ ތަރައްގީއަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ އެވެ.

އެމްއޭސީއެލްބިން ހިއްކުންތ. ވިލުފުށި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗައިނާގެ އެއަރ ކާގޯ މައުރަޒުގައި ވެލާނާ އެއަރޕޯޓުގެ ކާގޯ ހިދުމަތްތައް އެމް.އޭ.ސީ.އެލް އިން ދައްކާލައިފި

ވެލާނާ އެއަރޕޯޓުގެ ކާގޯ ޚިދުމަތްތައް ޗައިނާގެ އެއަރ ކާގޯ މައުރަޒުގައި ދައްކާލައިފި

16 ގަޑިއިރު ކުރިން - 18:05

ސްޓާފުންނަށް އިންޒާރުދިން ކަމަށް ދެކެވޭ ވާހަކަތައް އެމްއޭސީއެލްއިން ދޮގުކޮށްފި

ސްޓާފުންނަށް އިންޒާރުދިން ކަމަށް ދެކެވޭ ވާހަކަތައް އެމްއޭސީއެލްއިން ދޮގުކޮށްފި

16 ދުވަސް ކުރިން - 14:19

އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

23 ދުވަސް ކުރިން - 14:05

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް "ހާބަރ ޕޯޓަލް" ތައާރަފުކޮށްފި

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް "ހާބަރ ޕޯޓަލް" ތައާރަފުކޮށްފި

25 ދުވަސް ކުރިން - 19:47

އެމްއޭސީއެލްގެ ބޯޑަށް ނާޞިފް އަދި އޭއައިއޭގެ ބޯޑަށް ޝެރީނާ

އެމްއޭސީއެލްގެ ބޯޑަށް ނާޞިފް އަދި އޭއައިއޭގެ ބޯޑަށް ޝެރީނާ

27 ދުވަސް ކުރިން - 23:43

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފި

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް

31 ދުވަސް ކުރިން - 19:53