Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އަންނަ މަހު ރާއްޖޭގެ ހޫނުމިން އާންމު މިންވަރަށް ވުރެ މަތިވާނެ ކަމަށް ލަފާކޮށްފި

އަންނަ މަހު ރާއްޖޭގެ ހޫނުމިން އާންމު މިންވަރަށް ވުރެ މަތިވާނެ ކަމަށް ލަފާކޮށްފި

މުހައްމަދު ޖަމްޝަތު
103 ދުވަސް ކުރިން - 28 ފެބްރުއަރީ 2026 13:31
މާލެ. މާޗު މަހު  މުޅި ރާއްޖެއަށް އާންމުކޮށް އިހުސާސް ކުރެވޭ ފިނިހޫނުމިން ކުޑަކޮށް މަތިވާނެ ކަމަށް މެޓް އޮފީހުން ބުނޭ---
މާލެ. މާޗު މަހު މުޅި ރާއްޖެއަށް އާންމުކޮށް އިހުސާސް ކުރެވޭ ފިނިހޫނުމިން ކުޑަކޮށް މަތިވާނެ ކަމަށް މެޓް އޮފީހުން ބުނޭ---
ޚުލާސާ

ރާއްޖެއަށް އާންމުކޮށް އެންމެ ހޫނުގަދަ ވަނީ އޭޕްރީލް މަހު ނަމަވެސް، މިހާރު ވެސް އިހުސާސްކުރެވޭ ހޫނުމިން މައްޗަށް ދާން ފަށާފައިވާކަން އެ އިދާރާއިން ފާހަގަކުރޭ

އަންނަ މާޗު މަހުގައި މުޅި ރާއްޖެއަށް އާންމުކޮށް އިހުސާސް ކުރެވޭ ފިނިހޫނުމިން ކުޑަކޮށް މަތިވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން މިކަން ހާމަކޮށްފައިވަނީ ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާގެ ލީޑް ސެންޓަރުގެ މަލްޓި-މޮޑެލް އެންސެމްބަލް އާއި ބައިނަލްއަގުވާމީ މޫސުމީ މޮޑެލްތަކުން ލިބިފައިވާ އިރުޝާދުތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މޫސުމީ ރިޕޯޓެއްގައެވެ.

މެޓް އޮފީހުގެ ރިޕޯޓުގައިވާ ގޮތުން، މާޗު މަހު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އެންމެ މަތީ ހޫނުމިނާއި އެންމެ ދަށް ހޫނުމިން އާންމު މިންވަރަށްވުރެ ކުޑަކޮށް މަތިވާނެއެވެ. ނަމަވެސް، ށ. ތޮޅާއި ކ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކުގައި ހޫނުމިން އާންމު މިންވަރަށްވުރެ މަތިވުމުގެ ފުރުސަތު ނިސްބަތުން ކުޑަ ކަމަށްވެސް އެ އިދާރާއިން ފާހަގަކޮށްފައިވެ އެވެ.

Advertisement

Advertisement 1

ވާރޭވެހުމުގެ ފުރުސަތުތަކަށް ބަލާއިރު، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭނީ އާންމު މިންވަރަށްވުރެ މަދުން ކަމަށް ބެލެވޭ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އުތުރުގެ އަތޮޅުތަކަށް ވާރޭވެހޭނީ އާންމު މިންވަރާ ގާތްކުރާ މިންވަރަކަށް ނުވަތަ އާންމު މިންވަރަށްވުރެ މަދުން ކަމަށް މޫސުމީ މޮޑެލްތަކުން ދައްކައެވެ.

ޖުމްލަގޮތެއްގައި، އަންނަ އަހަރުގެ މާރޗް މަހަކީ ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭވެހޭ މިންވަރު މަދު، އަދި ހޫނުމިން އާންމު މިންވަރަށްވުރެ މަތި މަހަކަށް ވާނެ ކަމަށް ބެލެވެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

6 ދުވަސް ކުރިން - 12:25

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި

އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ: މެޓު

23 ދުވަސް ކުރިން - 14:36

ދެކުނާއި މެދުރާއްޖެތެރެއަށް އުދައެރުން އެކަށީގެންވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ދެކުނާއި މެދުރާއްޖެތެރެއަށް އުދައެރުން އެކަށީގެންވޭ: މެޓް

29 ދުވަސް ކުރިން - 22:50

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރުނު ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފި

ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފި

29 ދުވަސް ކުރިން - 22:30

ރާއްޖެއަށް ހުޅަނގު މޫސުން ލައިގަނެފި

ރާއްޖެއަށް ހުޅަނގު މޫސުން ލައިގަނެފި

31 ދުވަސް ކުރިން - 18:09

މޫސުމަށް ރައްކާތެރިވެ ސަލާމަތީ ފިޔަވަޅު ކުރިއާލާ އެޅުމަށް އެންޑީއެމްއޭ އިން އިލްތިމާސްކޮށްފި

ސަލާމަތީ ފިޔަވަޅު ކުރިއާލާ އެޅުމަށްއެދި އެންޑީއެމްއޭގެ އިލްތިމާސްއެއް

32 ދުވަސް ކުރިން - 15:19