ޕާކިސްތާނާއި އަފްޢާނިސްތާނު ތަޅަނީ، 84 މީހުން މަރާލައިފި

ހުސައިން އިސްމާއިލް | 22 ގަޑިއިރު ކުރިން - 27 ފެބްރުއަރީ 2026 05:03
ކުއްލި ޚަބަރު: ޕާކިސްތާނާއި އަފްޢާނިސްތާނު ތަޅަނީ، 84 މީހުން މަރާލައިފި
ކުއްލި ޚަބަރު: ޕާކިސްތާނާއި އަފްޢާނިސްތާނު ތަޅަނީ، 84 މީހުން މަރާލައިފި
ޚުލާސާ

ޕާކިސްތާނާއި އަފްޣާނިސްތާނުގެ ބޯޑަރުގައި މިރޭ ހިނގި ހަމަނުޖެހުންތަކުގައި 84 މީހުން މަރުވެއްޖެ

ޕާކިސްތާނާއި އަފްޣާނިސްތާނުގެ ބޯޑަރުގައި މިވަގުތު ބޮޑެތި ހަމަނުޖެހުންތައް ހިނގަމުން އެބަ ދެއެވެ، މިއީ ފަހަކަށް އައިސް މި ދެޤައުމުން އެންމެ ވަރުގަދަޔަށް އެއްގަމާއި ވައިގެ މަގުން ޙަމަލާދެމުންދާ ރެޔެވެ.

ބައެއް މަސްދަރުތަކުން ބުނަނީ ފުރަތަމަ ޙަމަލާ ދިނީ އަފްޣާނިސްތާނުގެ ސިފައިންނެވެ. އެއާއި އެކު ޕާކިސްތާނުން އެއްގަމާއި ވައިގެ މަގުން ޙަމަލާތައް ދޭން ފެށީއެވެ. މިހާތަނަށް މި ޙަމަލާތަކުގައި 72 އާއި 84 އާއި ދެމެދުގެ ޢަދަދަކަށް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ޕާކިސްތާނުން ބުނަނީ އެމީހުން ވަނީ ތާލިބާނުންގެ ހަނގުރާމަވެރިންނަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ދައުލަތުގެ ބްރޯޑްކާސްޓަރުންނާއި ސަލާމަތީ މަސްދަރުތަކުން ރިޕޯޓްކުރާ ގޮތުގައި ތާލިބާނުންގެ 58 މީހުން ވަނީ މަރުވެފައެވެ.

ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ވެސް ވަނީ ހަނގުރާމައިގެ ތެރޭގައި *އެމީހުންގެ 2 މީހަކު މަރުވެފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ.

މީގެ އިތުރުން އަފްޣާނިސްތާނާއި ތާލިބާނުންގެ ބައެއް މަސްދަރުތަކުން ބުނީ ބޯޑަރު ކައިރިން ޕާކިސްތާނުގެ ދިހަވަރަކަށް ސިފައިން މަރާލައިވާ ކަމަށެވެ. ނަމަވެސް މި ޢަދަދުތައް އަދި ކަށަވަރެއް ނުވެއެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%