މަޝްހޫރު ރެޕާ ލިލް ޕޮޕާ އުމުރުން 25 އަހަރުގައި މަރުވެއްޖެ

އައިޝަތު ރުވާ ރިފްޢަތު | 13 ގަޑިއިރު ކުރިން - 27 ފެބްރުއަރީ 2026 14:15
ލަވަކިޔުންތެރިޔާ ލިލް ޕޮޕާ، އޭނާ މަރުވީ މިދިޔަ ބުދަ ދުވަހު ހެނދުނު---
ލަވަކިޔުންތެރިޔާ ލިލް ޕޮޕާ، އޭނާ މަރުވީ މިދިޔަ ބުދަ ދުވަހު ހެނދުނު---
ޚުލާސާ

އޭނާ މަޝްހޫރުވެފައިވަނީ "ބްލެސްޑް، އައި ގެސް" އާއި "އަންޑާ އިންވެސްޓިގޭޝަން" ފަދަ ސީރީޒްތަކުން.

އެމެރިކާގެ ފްލޮރިޑާއަށް ނިސްބަތްވާ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ލިލް ޕޮޕާ، އެޓްލާންޓާގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މިކަން ފުލްޓަން ކައުންޓީ މެޑިކަލް އެގްޒެމިނަރުގެ އޮފީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އަސްލު ނަމުން ނަމަ ޖަނޭރިއަސް މައިކަލް ވީލާ (ލިލް ޕޮޕާ) މަރުވެފައިވަނީ އުމުރުން އެންމެ 25 އަހަރުގަ އެވެ. ޖޯޖިއާގެ އެޓްލާންޓާގެ ބައެއް ކަމަށްވާ ފުލްޓަން ކައުންޓީން އޭނާ މަރުވެފައިވާކަން އިއުލާންކުރީ ބުދަ ދުވަހުގެ ހެނދުނު 11 ޖަހާކަންހާއިރު އެވެ.

މެޑިކަލް އެގްޒެމިނަރުގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އޭނާ މަރުވާން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށާއި، އެކަން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ލިލް ޕޮޕާއަކީ މަޝްހޫރު ރެޕާ ޔޯ ގޮޓީގެ "ކޮލެކްޓިވް މިއުޒިކް ގްރޫޕް" އާއެކު މަސައްކަތް ކުރަމުން އައި ފަންނާނެކެވެ. އޭނާ މަޝްހޫރުވެފައިވަނީ "ބްލެސްޑް، އައި ގެސް" އާއި "އަންޑާ އިންވެސްޓިގޭޝަން" ފަދަ ސީރީޒްތަކުންނެވެ. މީގެ އިތުރުން ޔޯ ގޮޓީއާއެކު "އެޗް ސްޕޮޓް" ކިޔާ ސިންގަލްއެއްގައި ވެސް އޭނާ ވަނީ މަސައްކަތް ކޮށްފަ އެވެ.

އެއް މިލިއަން ފޮލޯވަރުން ތިބި އޭނާގެ އިންސްޓަގްރާމް އެކައުންޓުން އެންމެ ފަހުން ކުރި ޕޯސްޓަކީ، އޭނާގެ އާ ލަވަ "އައުޓް އޮފް ޓައުން ބޭ" ގެ މިއުޒިކް ވީޑިއޯ ރިލީޒްކުރިކަމުގެ ހަބަރެވެ. މި ވީޑިއޯ ކްލިޕްގައި ވެސް އޭނާ ވަނީ އެޓްލާންޓާގެ ވާހަކަ ފާހަގަކޮށްފަ އެވެ.

ޒުވާން އުމުރުގައި ލިލް ޕޮޕާ ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން އޭނާގެ ސަޕޯޓަރުންނާއި މިއުޒިކީ ދާއިރާގެ ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކުރަމުންނެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%