Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ޕްރައިވަސީ ޑިސްޕްލޭ އަދި އޭއައިގެ ވަރުގަދަ އަޕްގްރޭޑްތަކާއެކު އެސް26 އަލްޓްރާ ދައްކާލައިފި

އައިޝަތު ރުވާ ރިފްޢަތު
236 ދުވަސް ކުރިން - 26 ފެބްރުއަރީ 2026 19:40
ސެމްސަންގެ ފްލެގްޝިޕް ފޯނު އެސް 26 އަލްޓްރާ. / ފޮޓޯ: ސެމްސަންގް
ސެމްސަންގެ ފްލެގްޝިޕް ފޯނު އެސް 26 އަލްޓްރާ. / ފޮޓޯ: ސެމްސަންގް
ޚުލާސާ

އެމެރިކާގެ ބާޒާރުގައި މި ފޯނުގެ އަގު ފެށެނީ 1,299.99 ޑޮލަރަށް، ސްޓޯރޭޖް ބޮޑު މޮޑެލްތަކުގެ އަގު 1,499.99 ޑޮލަރާއި 1,799.99 ޑޮލަރާ ދެމެދު ހުންނާނެ.

ސެމްސަންގް ކުންފުނީގެ 2026 ވަނަ އަހަރުގެ ފްލެގްޝިޕް ފޯނު، "ގެލެކްސީ އެސް26 އަލްޓްރާ" ރަސްމީކޮށް ދައްކާލައިފި އެވެ. މި ފޯނު ދައްކާލާފައިވަނީ 25 ފެބްރުއަރީ 2026 ގައި ބޭއްވި ސެމްސަންގްގެ "ގެލެކްސީ އަންޕެކްޑް" އިވެންޓުގަ އެވެ.

މި އާ މޮޑެލް އަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި، އާޓިފިޝަލް އިންޓެލިޖެންސް އަދި ކެމެރާގެ ރަންގަޅު ފީޗާސްތަކަކާއެކު ނެރުނު ފޯނެކެވެ. މި ފޯނުގައި ހިމެނެނީ 6.9 އިންޗީގެ ޑައިނަމިކް އެލްޓީޕީއޯ އެމޯލެޑް 2އެކްސް ޑިސްޕްލޭއެކެވެ. މީގެ އިތުރުން، މި ފޯނުގައި ބޭނުންކޮށްފައިވަނީ ކުއަލްކޮމް ސްނެޕްޑްރަގަން 8 އެލީޓް ޖެން 5 ޕްރޮސެސަރެވެ. އަދި 16 ޖީބީގެ ރޭމްއާއެކު، 256 ޖީބީ، 512 ޖީބީ އަދި 1 ޓީބީގެ ސްޓޯރޭޖްގެ ފުރުސަތު ލިބިގެންދާނެ އެވެ.

ކެމެރާގެ ބަޔަށް ބަލާއިރު، މި ފޯނުގެ ފަހަތުގައި 200 މެގަޕިކްސެލްގެ މައި ސެންސަރަކާއެކު ހަތަރު ކެމެރާ ހިމެނެއެވެ. އަދި ކުރިމަތީގައި 12 މެގަޕިކްސެލްގެ ކެމެރާއެއް ހިމެނެއެވެ. މި ފޯނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފީޗާ އަކީ "ޕްރައިވަސީ ޑިސްޕްލޭ" އެވެ. މިއީ ފޯނުގެ އަރިމަތިން ބަލާއިރު ސްކްރީނުން ފެންނަ އެއްޗެހި ސިއްރުކޮށްދޭ ޓެކްނޮލޮޖީއެކެވެ.

Advertisement

Advertisement 1

ގެލެކްސީ އެސް26 އަލްޓްރާގައި ހިމެނެނީ 5000 އެމްއޭއެޗްގެ ބޮޑު ބެޓެރީއެކެވެ. މި ފޯނު ހިނގާނީ އެންޑްރޮއިޑް 16 އާއި ސެމްސަންގްގެ ވަން ޔޫއައި 8.5 ގައެވެ. މީގެ އިތުރުން ފޯނާއެކު އެސް ޕެން ވެސް ލިބިގެންދާނެ އެވެ.

އަގުތަކަށް ބަލާއިރު، އެމެރިކާގެ ބާޒާރުގައި މި ފޯނުގެ އަގު ފެށެނީ 1,299.99 ޑޮލަރަށެވެ. އަދި އިންޑިއާގައި މި ފޯނުގެ 256 ޖީބީގެ މޮޑެލްގެ އަގު ފެށެނީ ގާތްގަނޑަކަށް 1,39,999 ރުޕީސް އަށެވެ. ސްޓޯރޭޖް ބޮޑު މޮޑެލްތަކުގެ އަގު 1,499.99 ޑޮލަރާއި 1,799.99 ޑޮލަރާ ދެމެދު ހުންނާނެ ކަމަށް ބެލެވެ އެވެ.

މި ފޯނު ގަންނަން ލިބޭނީ 11 މާޗު 2026 އިން ފެށިގެންނެވެ. ނަމަވެސް މިހާރުވެސް ގިނަ ގައުމުތަކުގައި ޕްރީ-އޯޑަރަށް ވަނީ ހުޅުވާލާފަ އެވެ.

ސެމްސަންގް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ސެމްސަންގް S26 ފެބްރުއަރީ 25ގައި ބާޒާރަށް ނެރެނީ

ސެމްސަންގް S26 ފެބްރުއަރީ 25ގައި ބާޒާރަށް ނެރެނީ

262 ދުވަސް ކުރިން - 17:37

"ގެލެކްސީ ޒީ ޓްރައިފޯލްޑް" ރަސްމީކޮށް ދައްކާލައިފި

"ގެލެކްސީ ޒީ ޓްރައިފޯލްޑް" ރަސްމީކޮށް ދައްކާލައިފި

319 ދުވަސް ކުރިން - 07:40

ސެމްސަންގްއިން ތިން ތަނުން ފަށްޖެހޭ ފޯނެއް ނެރެފި

ސެމްސަންގްއިން ތިން ތަނުން ފަށްޖެހޭ ފޯނެއް ނެރެފި

322 ދުވަސް ކުރިން - 17:32

ވާދަވެރި ދެ މޯބައިލް ބްރޭންޑުގެ އައު ރާޅެއް

ވާދަވެރި ދެ މޯބައިލް ބްރޭންޑުގެ އައު ރާޅެއް

695 ދުވަސް ކުރިން - 15:36

އިންޑިއާގެ ސެމްސަންގް ފެކްޓްރީގެ ހަޅުތާލާއި ގުޅިގެން 104 މުވައްޒަފުން ފުލުހުން ހައްޔަރުކޮށްފި

އިންޑިއާގެ ސެމްސަންގް ފެކްޓްރީގެ ހަޅުތާލާއި ގުޅިގެން 104 މުވައްޒަފުން ފުލުހުން ހައްޔަރުކޮށްފި

764 ދުވަސް ކުރިން - 09:41