Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ގެލެކްސީ ޒީ ޓްރައިފޯލްޑް އާއެކު ސެމްސަންގުން ފޯނު މާކެޓަށް އައު އީޖާދެއް!

ގެލެކްސީ ޒީ ޓްރައިފޯލްޑް އާއެކު ސެމްސަންގުން ފޯނު މާކެޓަށް އައު އީޖާދެއް!

އައިޝަތު ރުވާ ރިފްޢަތު
222 ދުވަސް ކުރިން - 6 ޑިސެންބަރު 2025 07:40
ސެމްސަންގު "ގެލެކްސީ ޒީ ޓްރައިފޯލްޑް".
ސެމްސަންގު "ގެލެކްސީ ޒީ ޓްރައިފޯލްޑް".
ޚުލާސާ

އެންމެ ފުރަތަމަ މި ފޯނު ވިއްކަން ހަމަޖެހިފައި ވަނީ ދެކުނު ކޮރެއާ، ޗައިނާ، ސިންގަޕޫރު، ޓައިވާން، ޔޫއޭއީ އަދި އެމެރިކާގައި.

ފޯނު މާކެޓުގައި ވާދަވެރިކަން އިތުރުވަމުންދާ މި ޒަމާނުގައި ދެކުނު ކޮރެއާގެ ދުނިޔިއިން މަޝްހޫރުކަން ހޯދާފައިވާ ސެމްސަންގް އިން އެ ކުންފުނީގެ ފުރަތަމަ ތިންފަށްކޮށްލެވޭ ފޯނު "ގެލެކްސީ ޒީ ޓްރައިފޯލްޑް" ރަސްމީކޮށް ދައްކާލައިފި އެވެ. މި ފޯނަކީ ފޯނު ބޭނުންކުރާ މީހުންނަށް އައު ތަޖުރިބާއެއް ކޮށްލުމުގެ މަގުސަދުގައި ނެރެފައިވާ ފަހުގެ ޓެކްނޮލޮޖީގެ ފޯނެކެވެ.

ސްމާޓް ފޯނު އުފައްދާ ކުންފުނިތަކުގެ މެދުގައި ފަށްޖެހޭ ފޯނުގެ ވާދަވެރިކަން މިހާރު ބޮޑުވެފައިވާއިރު، ސެމްސަންގުން މީގެ ކުރިން ވަނީ ދެ ޑިސްޕްލޭ އެކުލެވޭ ފޯނެއް ނެރެފަ އެވެ.

އަލަށް ތައާރަފްކުރި "ގެލެކްސީ ޒީ ޓްރައިފޯލްޑް" އާއެކު ސެމްސަންގް އަކީ މިފަދަ ފޯނެއް އުފައްދާ މާކެޓަށް ނެރުނު ފުރަތަމަ ކުންފުންޏެވެ. އެހެން ކަމުން މިއީ ސްމާޓް ފޯނު މާކެޓަށް ސެމްސަންގުން ނެރުނު އާ އީޖާދެކެވެ.

Advertisement

Advertisement 1

މުޅި ފޯނު އެއްކޮށް ހުޅުވައިލުމުން، ޑިސްޕްލޭގެ ބޮޑުމިނުގައި 10 އިންޗި (253.1 މިލިމީޓަރު) ހުންނާނެ އެވެ. މިއީ ސެމްސަންގުގެ އެންމެ ފަހުގެ ފޯލްޑަބަލް ފޯނު "ގެލެކްސީ ޒީ ފޯލްޑް 7" އަށް ވުރެ 25 ޕަސެންޓު ބޮޑު ޑިސްޕްލޭއެކެވެ. ނަމަވެސް، ފޯނު އެއްކޮށް ފަށްޖަހާލުމުން، ޖީބަށް އެންމެ ހެޔޮވަރު ސައިޒަކަށް ބަދަލުވެ އެވެ. މި ފޯނުގެ ބޯމިނަކީ 3.9 މިލިމީޓަރެވެ. މިއީ ސެމްސަންގުން ކުރިން ނެރެފައިވާ ފޯނުތަކާ އަޅާބަލާއިރު، އެ ކުންފުނީގެ އެންމެ ތުނި ފޯނެވެ. ބަރުދަނުގައި 309 ގްރާމް ހުންނަ މި ފޯނަކީ، އެ ކުންފުނީގެ އެންމެ ވަރުގަދަ ބެޓެރި ވެސް އެކުލެވޭ ފޯނެކެވެ. 30 މިނިޓު ތެރޭގައި ސުޕަ ފާސްޓް ޗާޖިންއާއެކު ބެޓެރީގެ 50 ޕަސެންޓު ޗާޖު ކޮށްލެވޭނެ އެވެ. މި ފޯނުގެ ކުލަ އަކީ "ކްރާފްޓެޑް ބްލެކް" އެވެ.

މިއީ އެ ކުންފުނިން މިހާތަނަށް ނެރޭ އެންމެ ތުނި ފޯނު.

މި ފޯނުގައި 16 ޖީބީ ރެމް އެއް އެކުލެވޭ އިރު ސްޓޯރޭޖުގައި 512 ޖީބީ އަދި 1 ޓީބީގެ ފޯނު ހުންނާނެ އެވެ. ތިން ކެމެރާ އެކުލެވޭ މި ފޯނުގައި 200 މެގަ ޕިކްސަލްގެ މެއިން ކެމެރާއެއްގެ އިތުރުން 10 މެގަ ޕިކްސަލްގެ ޓެލެފޮޓޯ ކެމެރާއަކާއި، 12 މެގަ ޕިކްސަލްގެ އަލްޓްރާ ވައިޑް ކެމެރާއެއް އެކުލެވެ އެވެ. އަދި ފްރަންޓުގައި 10 މެގަ ޕިކްސަލްގެ ކެމެރާއެއް ހުންނާނެ އެވެ.

ސެމްސަންގުން ބުނި ގޮތުގައި މި ފޯނު ހާއްސަކޮށްފައިވަނީ މިފަދަ ފޯނުތަކަށް ޝައުގުވެރިވާ ކަސްޓަމަރުންނަށެވެ. ސްމާޓްފޯނު މާކެޓުގައި ޗައިނާގެ ވާވޭ އާއި އެޕަލް ފަދަ ބޮޑެތި ކުންފުނިތަކުން ވެސް މިފަދަ ފަށްޖެހޭ ފޯނުތަކެއް ނެރެން ތައްޔާރުވަމުން އަންނައިރު، ސެމްސަންގުން މި ފޯނު ނެރުމުގެ މަގުސަދަކީ، މި ވާދަވެރި މާކެޓުގައި އެ ކުންފުނި ކުރިއެރުވުމަށެވެ. ނަމަވެސް އެނަލިސްޓުން ބުނާ ގޮތުގައި މިފަދަ ފޯނުތަކުގެ އަގު ބޮޑުވުމާއި އުފެއްދުމުގެ ގޮންޖެހުންތަކާ ހެދި، ފަށްޖެހޭ ފޯނުތަކަށް މިވަގުތު ޑިމާންޑު ދަށެވެ.

މި މަހުގެ 12 އިން ފެށިގެން މި ފޯނު ބައެއް މާކެޓްތަކުގައި ވިއްކަން ފަށާނެ އެވެ. އެގޮތުން އެންމެ ފުރަތަމަ ވިއްކަން ހަމަޖެހިފައި ވަނީ ދެކުނު ކޮރެއާ، ޗައިނާ، ސިންގަޕޫރު، ޓައިވާން، ޔޫއޭއީ އަދި އެމެރިކާގައެވެ. "ގެލެކްސީ ޒީ ޓްރައިފޯލްޑް" ގެ އަގުތައް އުޅޭނީ ގާތްގަނޑަކަށް 2،500 އެމެރިކާ ޑޮލަރަށެވެ.

ސެމްސަންގް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕްރައިވަސީ ޑިސްޕްލޭ އަދި އޭއައިގެ ވަރުގަދަ އަޕްގްރޭޑްތަކާއެކު އެސް26 އަލްޓްރާ ދައްކާލައިފި

ސެމްސަންގުން އެސް26 އަލްޓްރާ ދައްކާލައިފި

140 ދުވަސް ކުރިން - 19:40

ސެމްސަންގް ގެލެކްސީ S26 ފެބްރުއަރީ 25 ގައި ބާޒާރަށް ނެރެނީ

ސެމްސަންގް S26 ފެބްރުއަރީ 25ގައި ބާޒާރަށް ނެރެނީ

166 ދުވަސް ކުރިން - 17:37

ސެމްސަންގްއިން ތިން ތަނުން ފަށްޖެހޭ ފޯނެއް ނެރެފި

ސެމްސަންގްއިން ތިން ތަނުން ފަށްޖެހޭ ފޯނެއް ނެރެފި

226 ދުވަސް ކުރިން - 17:32

އައިފޯން 17 އެއާ އަދި ގެލެކްސީ އެސް25 ސްމާޓްފޯނުތަކުގެ އާ ރާޅެއް

ވާދަވެރި ދެ މޯބައިލް ބްރޭންޑުގެ އައު ރާޅެއް

599 ދުވަސް ކުރިން - 15:36

އިންޑިއާގެ ސެމްސަންގް ފެކްޓްރީގެ ހަޅުތާލާއި ގުޅިގެން 104 މުވައްޒަފުން ފުލުހުން ހައްޔަރުކޮށްފި

އިންޑިއާގެ ސެމްސަންގް ފެކްޓްރީގެ ހަޅުތާލާއި ގުޅިގެން 104 މުވައްޒަފުން ފުލުހުން ހައްޔަރުކޮށްފި

667 ދުވަސް ކުރިން - 09:41