ސެމްސަންގްއިން ތިން ތަނުން ފަށްޖެހޭ ފޯނެއް ނެރެފި

މުހައްމަދު ޖަމްޝަތު | 3 ދުވަސް ކުރިން - 2 ޑިސެންބަރު 2025 17:32
ސެމްސަންގްގެ "ގެލެކްސީ ޒެޑް ޓްރައިފޯލްޑް" ދައްކާލުން---
ސެމްސަންގްގެ "ގެލެކްސީ ޒެޑް ޓްރައިފޯލްޑް" ދައްކާލުން---
ޚުލާސާ

މި ފޯނު ވިއްކަން ފަށަން ހަމަޖެހިފައިވަނީ 12 ޑިސެމްބަރުން ފެށިގެން. ފުރަތަމަ ނެރޭނީ ދެކުނު ކޮރެއާގެ ބާޒާރަށް

ޗައިނާ ކުންފުނިތަކުގެ ވާދަވެރިކަން އިތުރުވަމުންދާތީ ސެމްސަންގުން ތިން ތަނުން ފަށްޖަހާލެވޭ ފޯނެއް ބާޒާރަށް ނެރެން ނިންމާފައިވާކަން މިއަދު އިއުލާނުކޮށްފި އެވެ.

ސެމްސަންގް އިން "ގެލެކްސީ ޒެޑް ޓްރައިފޯލްޑް" ފޯނު 12 ޑިސެމްބަރުން ފެށިގެން ދެކުނު ކޮރެއާގައި ވިއްކަން ނިންމާފައިވާކަން އެކުންފުނިން ވަނީ ހާމަކޮށްފަ އެވެ. އޭގެ ފަހުން ޗައިނާ، ތައިވާން، ސިންގަޕޫރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް ފަދަ އެހެން މާކެޓްތަކަށް ވެސް ނެރެން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ. އަދި 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރު ތެރޭގައި އެެމެރިކާގެ ބާޒާރަށްވެސް ނެރެން ވަނީ ހަމަޖެހިފަ އެވެ.

ސެމްސަންގެ މި ފޯނަކީ ލިމިޓެޑް އެޑިޝަން ފޯނެކެވެ. ސެމްސަންގެ ކައުންޓަޕޮއިންޓް ރިސާޗްގެ އެސޯސިއޭޓް ޑިރެކްޓަރު ލިޒް ލީ، ސީއެންބީސީއާ ހިއްސާކުރި ބަޔާނެއްގައި ބުނީ ސެމްސަންގްގެ ފުރަތަމަ ތްރީ-ފޯލްޑް މޮޑެލް ޝިޕް ކުރާނީ ވަރަށް މަދު އަދަދަކަށް ކަމަށެވެ. އަދި ޝިޕްކުރާ އަދަދު ގިނަކުރުމުކީ މިހާރުގެ މަގުސަދެއް ނޫންކަމަަށް އޭނާ ބުންޏެވެ.

"ގެލެކްސީ ޒެޑް ޓްރައިފޯލްޑް" ގައި ބޭނުންކޮށްފައި ވާ އެތެރެއަށް ފަށްޖެހޭ ދެ އިންޖީނުގެ ސަބަބުން، އެ ޑިވައިސް ހުޅުވުމުން 10-އިންޗީގެ ޑިސްޕްލޭއަކަށް ބަދަލުވެއެވެ. މި ޑިސްޕްލޭގެ ރިޒޮލިއުޝަނަކީ 2160×1584 އެވެ. ފޯނުގެ ތިން ސްކީރުންގައި ތިން އެޕްލިކޭޝަން އެއްފަހަރާ ބޭނުންކުރެވޭނެއެވެ. މި ފޯނަކީ ސެމްސަންގްގެ ފަތްޖެހޭ މޮޑެލްތަކުގެ ތެރެއިން އެންމެ ބޮޑު ބެޓެރީ ކެޕޭސިޓީ ހިމެނޭނެ ފޯނެވެ. އަދި 30 މިނިޓް ތެރޭގައި 50 ޕަސެންޓަށް ފޯނު ޗާޖުކުރެވޭ ވަރަށް އަވަހަށް ޗާޖުކުރެވޭ ފޯނެކެވެ.

ސްކްރީން ޕެނަލްތައް ފަށްޖަހާފައި ހުންނައިރު، މި ޑިވައިސްގެ ބޯމިނަކީ 12.9 މިލިމީޓަރު (0.5 އިންޗި) އެވެ. މިއީ ގަލެކްސީ ޒެޑް ފޯލްޑް 6 އަދި އެންމެ ފަހުގެ ގަލެކްސީ ޒެޑް ފޯލްޑް 7 އަށްވުރެ ކޮންމެވެސް ވަރަކަށް ބޮޑު އަދަދެކެވެ.

އަންނަ އަހަރު ސްމާޓް ފޯނުތަކުގެ ވާދަވެރިކަމުގެ ހާލަތު މާ ބޮޑަށް ބަދަލުވާނެކަމަށް ލަފާކުރެވޭއިރު އެޕަލްއިންވެސް ފޯލްޑަބަލް ސެގްމެންޓަށް ވަނުމަށް ދަނީ ތައްޔާރުވަމުންނެވެ. އެހެންކަމުން ސެމްސަންގް މި ޑިވައިސް ބޭނުންކުރަނީ އެ ކުންފުނީގެ ޓެކްނޮލޮޖީގެ ލީޑަޝިޕް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި މަލްޓި-ފޯލްޑް ޕައިލެޓެއްގެ ގޮތުގައެވެ.

ގަލެކްސީ ޒެޑް ޓްރައިފޯލްޑް ވިއްކަން ހަމަޖެހިފައިވަނީ އެންމެ މޮޑެލްއެއްގެ ގޮތުގައި ކަޅު ކުލައިން 16ޖީބީ މެމޮރީއާއި 512ޖީބީ ސްޓޯރޭޖާއެކުގައެވެ. އަގަކީ 2،449 ޑޮލަރެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%