Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މޮރިޝަސްއަށް ވުރެ ފޯޅަވަހި ލިބުން ހައްގީ ރާއްޖެއަށް: ނައިޖަލް ފަރާޖް

މޮރިޝަސްއަށް ވުރެ ފޯޅަވަހި ލިބުން ހައްގީ ރާއްޖެއަށް: ނައިޖަލް ފަރާޖް

މުހައްމަދު ޖަމްޝަތު
195 ދުވަސް ކުރިން - 26 ފެބްރުއަރީ 2026 14:52
ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ރިފޯމް ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖް---
ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ރިފޯމް ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖް---
ޚުލާސާ

ފަރާޖު ވިދާޅުވީ ދިވެހި ސަރުކާރުން ދާދި އަވަހަށް ފޯޅަވަހީގެ ސިޔާދަތީ ބާރު އޮންނަންވާނީ ރާއްޖެއަށް އެކަނި ކަމަށް ބުނެ އައިސީޖޭއަށް މައްސަކަ ހުށަހަޅާނެ ކަމަށް

މޮރިޝަސްއަށް ވުރެ ފޯޅަވަހި ހައްގުވަނީ ރާއްޖެއަށް ކަމަށް އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ރިފޯމް ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖް ވިދާޅުވެއްޖެއެވެ.

މޮރިޝަސްއަށް ފޯޅަވަހީގެ ޖަޒީރާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ފަރާޖް ވަނީ އެ އެއްބަސްވުން މަޑުޖައްސާލުމަށް ގޮވާލައްވާފަ އެވެ.

ފަރާޖް ވިދާޅުވީ ފޯޅަވަހީގެ ރަށްތަކުގެ މައްޗަށް މޯރިޝަސްގެ އެއްވެސް ސިޔާދަތީ ހައްގެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެ ރަށްތަކަކީ ތާރީހީ ގޮތުންނާއި ސަގާފީ ގޮތުންވެސް މޮރިޝަސްއާ ގުޅުންހުރި ތަނެއް ނޫން ކަމަށާއި، އެ ރަށްތަކަށް ދިވެހިން ކިޔަމުން އައި ނަންތައް ބަދަލުކުރީ ފަރަންސޭސިން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ފޯޅަވައްސަކީ ތާރީހީ ގޮތުންނާއި ވިޔަފާރީގެ ގޮތުންވެސް ދިވެހިންނާ ގުޅިފައިވާ ތަނެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

މި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ފޯޅަވަހި ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށް ވިދާޅުވެފައެވެ. ސަރުކާރުން ވަނީ ކުރީ ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންގޮސް، އިނގިރޭސި ސަރުކާރާއެކު މިކަމުގައި މަޝްވަރާކުރާނެ ކަމަށް ހާމަކޮށްފައެވެ. އަދި ރާއްޖޭގެ ދެކުނުން ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް ޤާނޫނީ މާހިރުންގެ ލަފަޔާއެކު މަސައްކަތްތައް ފަށާފައިވާކަން ރައީސް ވަނީ އިއުލާން ކުރައްވާފައެވެ.

އިނގިރޭސި ނޫހެއް ކަމަށްވާ "އެކްސްޕްރެސް" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ފޯޅަވައްސާއި ރާއްޖެއާ ދެމެދު އޮތް ތާރީޚީ ގުޅުމަކީ ލިޔެކިޔުންތަކުން ސާބިތުވާން ހުރި ހެކިތަކެއް ކަމަށެވެ. އެހެންކަމުން އެހެން އެއްވެސް ޤައުމަކަށް ވުރެ ބޮޑަށް އެ ޖަޒީރާތަކުގެ މައްޗަށް ދައުވާ ކުރުމުގެ ހައްޤު ރާއްޖެއަށް އޮތް ކަމަށް ރައީސް ގަބޫލުކުރައްވައެވެ.

ޖިއޮގްރަފީ ގޮތުން ބަލާއިރު، މޮރީޝަސްގެ ވެރިރަށް ޕޯޓް ލުއީ އާއި ފޯޅަވައްސާ ދެމެދު 1،300 އަށްވުރެ ގިނަ މޭލު ހުރި ނަމަވެސް، ރާއްޖޭގެ ވެރިރަށް މާލެއާއި ފޯޅަވައްސާ ދެމެދު ހުރީ އެންމެ 310 މޭލެވެ. މިއީވެސް ފޯޅަވައްސަކީ ރާއްޖެއާ ގާތް ތަނެއްކަން ހާމަވާ މުހިންމު ހެއްކެކެވެ.

ފޯޅަވަހިއިނގިރޭސީވިލާތް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗާގޯސް މައްސަލައިގައި ރަސްމީ މަޝްވަރާތަކަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ރައީސް ޑރ. މުއިއްޒު ދައުވަތު އަރުވައިފި

ޗާގޯސް މައްސަލައިގައި ރަސްމީ މަޝްވަރާތަކަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ރައީސް ދައުވަތު އަރުވައިފި

1 ދުވަސް ކުރިން - 11:58

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

45 ދުވަސް ކުރިން - 13:11

އާޖެންޓީނާ ސަޕޯޓަރުން އިނގިރޭސި ދިދައަށް އިހާނެތިކޮށް ހިތި ވީޑިއޯތަކެއް އާންމުވެއްޖެ

އާޖެންޓީނާ ސަޕޯޓަރުން އިނގިރޭސި ދިދައަށް އިހާނެތިކޮށް ހިތި ވީޑިއޯތަކެއް އާންމުވެއްޖެ

54 ދުވަސް ކުރިން - 19:57

ފައުލް ގޯންޏެއްގެ ރެކޯޑާއި އެކު އާޖެންޓީނާ ފައިނަލަށް

ފައުލް ގޯންޏެއްގެ ރެކޯޑާއި އެކު އާޖެންޓީނާ ފައިނަލަށް

55 ދުވަސް ކުރިން - 02:25

ނޭޓޯ ބައްދަލުވުން: ހުރުމުޒް ކަނޑުއޮޅީގެ ސަލާމަތް ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ބޮޑު މިޝަނެއް ފަށަން ރާވައިފި

ނޭޓޯ ބައްދަލުވުން: ހުރުމުޒް ކަނޑުއޮޅީގެ ސަލާމަތް ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ބޮޑު މިޝަނެއް!

62 ދުވަސް ކުރިން - 18:47

މެކްސިކޯ ސިޓީގައި އިނގިރޭސި ޓީމަށް ގޮންޖެހުންތަކެއް: ސަޕޯޓަރުންގެ އުނދަގުލާއި މޫސުމީ ބިރުވެރިކަން

މެކްސިކޯ ސިޓީގައި އިނގިރޭސި ޓީމަށް ގޮންޖެހުންތަކެއް: ސަޕޯޓަރުންގެ އުނދަގުލާއި މޫސުމީ ބިރުވެރިކަން

66 ދުވަސް ކުރިން - 23:27