Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދުންފުހުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބޭރު ގައުމުތަކާއެކު މަސައްކަތް ކުރަނީ

ދުންފުހުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބޭރު ގައުމުތަކާއެކު މަސައްކަތް ކުރަނީ

މުހައްމަދު ޖަމްޝަތު
100 ދުވަސް ކުރިން - 25 ފެބްރުއަރީ 2026 16:11
މާލޭ ސަރައްހަދުގައި ނުރައްކާ މިންވަރަށް ވައިނުސާފުވެފައި--- ފޮޓޯ: ޚުލާސާ
މާލޭ ސަރައްހަދުގައި ނުރައްކާ މިންވަރަށް ވައިނުސާފުވެފައި--- ފޮޓޯ: ޚުލާސާ
ޚުލާސާ

މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގައި ދުންފުހުގެ އަސަރު ދެމިއޮންނާނެ

ރާއްޖެއަށް މިހާރު ދިމާވެފައިވާ ދުންފުހުގެ މައްސަލައިގައި ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށާއި، މިކަމަށް ދިގު މުއްދަތުގެ ހައްލެއް ހޯދުމަށް ބޭރު ގައުމުތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ކުރަމުންދާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހު ވެސް މި ހާލަތު ދެމިއޮންނާނެއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުންފުހުގެ މައްސަލައަކީ އާންމު ސިއްހަތާއި ތިމާވެށީގެ ދެމެހެއްޓެނިވި ކަމަށް ނޭދެވޭ އަސަރުތައް ކުރާ ކަމެއް ކަމަށް ވުމުން، މިއީ ސަރުކާރުން ގައުމީ ފެންވަރުގައި އިސްކަންދީގެން ބަލަމުންދާ މައްސަލައެއް ކަމަށެވެ. އަދި ބޭރު ގައުމުތަކުން އަންނަ ތަޣައްޔަރުވެފައިވާ ވަޔަށް ދިގު މުއްދަތަކަށް ހުށަހެޅުމަކީ ރައްޔިތުންގެ ސިއްހަތުގެ އިތުރުން، ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގުތިސާދަށް ވެސް އޮތް ނުރައްކަލެއްކަން މިނިސްޓްރީން ފާހަގަކުރިއެވެ.

Advertisement

Advertisement 1

މި ބަޔާނުގައިވާ ގޮތުން ދުންފުހުގެ މައްސަލައަކީ މުޅި ދެކުނު އޭޝިއާއަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. މޫސުމާއި ވަޔަށް އަންނަ ބަދަލުތަކާއެކު، އެކި ގައުމުތަކުން ޖައްވަށް ދޫކުރާ ވިހަ މާއްދާތައް އެއް ގައުމުން އަނެއް ގައުމަށް ފޯރަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ. ހާއްސަކޮށް ރާއްޖެ އުފެދިފައިވާ ގޮތުންނާއި، އާބާދީގެ ބޮޑު ބައެއް ކުޑަ ސަރަހައްދަކަށް ޖަމާވެފައި އޮތުމުން މިފަދަ ބަދަލުތަކުގެ އަސަރު ރައްޔިތުންނަށް ކުރާ މިންވަރު އިތުރުވެގެންދެއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ބައިނަލްއަގުވާމީ ފިޔަވަޅުތައް ވަރުގަދަކުރަން މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެގޮތުން ކަމާ ގުޅޭ މަޝްވަރާތައް ކުރުމާއި، މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ސައިންޓިފިކް ދިރާސާތައް ކުރުމުގައި ވެސް ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސަރުކާރުން ބުނީ ރާއްޖެއަށް ދިމާވެފައިވާ މި މައްސަލައިން ލިބޭ ގެއްލުން ކުޑަކޮށް، ވައިގެ ސާފުކަން ދެމެހެއްޓުމަށް ސަރަހައްދީ ފެންވަރުގައާއި ބައިނަލްއަގުވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. ތަރައްގީވަމުން އަންނަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ތިމާވެށީގެ ރައްކާތެރިކަމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ވައި ނުސާފުވުމާ ގުޅިގެން ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްشن އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި ނާޒުކު ހާލަތްތަކުގައި ތިބޭ މީހުން މިދުވަސްވަރު އިތުރަށް ސަމާލުވުމަށް ސިއްހީ އިދާރާތަކުން އިރުޝާދުދެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

1 ދުވަސް ކުރިން - 12:25

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި

އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ: މެޓު

19 ދުވަސް ކުރިން - 14:36

ޔޫއޭއީ އާއި ގަތަރަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

23 ދުވަސް ކުރިން - 12:11

ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފި

ރާއްޖެ-އިންޑިއާ މިނިވަން ވިޔަފާރީގެ މަޝްވަރާތައް އަވަސްކުރަނީ

23 ދުވަސް ކުރިން - 12:09

ދެކުނާއި މެދުރާއްޖެތެރެއަށް އުދައެރުން އެކަށީގެންވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ދެކުނާއި މެދުރާއްޖެތެރެއަށް އުދައެރުން އެކަށީގެންވޭ: މެޓް

24 ދުވަސް ކުރިން - 22:50

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރުނު ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފި

ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފި

24 ދުވަސް ކުރިން - 22:30