Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޚުލާސާ ރަހަފަތް: ކުކުޅު ބިރިޔާނީ

ޚުލާސާ ރަހަފަތް: ކުކުޅު ބިރިޔާނީ

މަރްޔަމް މާޙީ
139 ދުވަސް ކުރިން - 25 ފެބްރުއަރީ 2026 15:27
ކުކުޅު ބިރިޔާނީ---
ކުކުޅު ބިރިޔާނީ---
ޚުލާސާ

އިންޑިއާ ބައްރުން އުފަންވި މި ކެއުމަކީ މިއަދު ދެކުނު އޭޝިއާގެ އިތުރުން މުޅި ދުނިޔޭގައި ވެސް ވަރަށް އާންމު ކެއުމެއް

ބިރިޔާނީއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ މަޤުބޫލު އެއް ކެއުމެވެ. މިއީ ބާސްމަތީ ހަނޑުލާއި، މަސް ނުވަތަ ތަރުކާރީގެ އިތުރުން ތަފާތު ހަވާދުގެ ބާވަތްތަކާއި، ފިޔާ ބޭނުންކޮށްގެން ތައްޔާރުކުރާ، އަނގަޔަށް މީރު މީރުވަސްދުވާ ކެއުމެކެވެ. އިންޑިއާ ބައްރުން އުފަންވި މި ކެއުމަކީ މިއަދު ދެކުނު އޭޝިއާގެ އިތުރުން މުޅި ދުނިޔޭގައި ވެސް ވަރަށް އާންމު ކެއުމެކެވެ.

ދިވެހިރާއްޖޭގައި ވެސް ބިރިޔާނީއަކީ ވަރަށް މަގުބޫލު ކެއުމެކެވެ. ހާއްސަކޮށް ރަމަޟާން މަހުގެ ރޯދަވީއްލުންތަކާއި، އާއިލީ ބައްދަލުވުންތަކާއި، އެކި މުނާސަބަތުތަކުގައި ބިރިޔާނީ ބޭނުންކުރެއެވެ. މިއީ މުޅި ދުވަހު ރޯދައަށް ހުރުމަށްފަހު ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދޭ، ބަނޑުފުރޭ، އަދި އެހާމެ މީރު ކެއުމެކެވެ.

މިއީ ރަމަޟާން މަހުގެ ރޯދަވީއްލުމަށް ގޭގައި ތައްޔާރުކޮށްލަން ވަރަށް ފުރިހަމަ ރެސިޕީއެކެވެ.

Advertisement

Advertisement 1

ބޭނުންވާ ތަކެތި:

  1. ބަތް ކެއްކުމަށް:

2 ޖޯޑު ބާސްމަތީ ހަނޑޫ

1 ޖޯޑު ފެން

2–3 ކަރަންފޫ

2 ފޮނިތޮށި ކުޑަ އެތިކޮޅެއް

1 ކާފޫރުތޮޅި

ލޮނު (ރަހަލާވަރަށް)

  1. ކުކުޅު މެރިނޭޓް ކުރުމަށް:

500 ގްރާމް ކުކުޅު

1 ޖޯޑު ކަނޑިކަނޑާފައި ހުރި ކަދުރު ނުވަތަ ޔޯގަޓް

1 ސައިސަމުސާ އިނގުރު-ލޮނުމެދު ޕޭސްޓް

1 ސައިސަމުސާ ރީނދޫ

1 ސައިސަމުސާ މިރުސް ފުށް

1 ސައިސަމުސާ ގަރަމް މަސާލާ

ކުޑަ ލޮނު ކޮޅެއް

1/4 ލުނބޯ ފަޅި

  1. މަސާލާ ތައްޔާރުކުރުމަށް:

2 ފިޔާ (ހިމަކޮށް ކޮށާފައި)

2 ޓޮމާޓޯ (ކޮށާފައި)

2 ހިކި މިރުސް ނުވަތަ ފެހި މިރުސް

1 ސައިސަމުސާ ދިރި

1 ބޭލީފް

ކޮރިއަންޑާ ފަތްކޮޅެއް

މިންޓު ފަތްކޮޅެއް

ބައި ޖޯޑު ތެޔޮ

ތައްޔާރުކުރާނެ ގޮތް:

1. ކުކުޅު މެރިނޭޓް ކުރުން

ކުކުޅުގެ ތެރެއަށް ޔޯގަޓް، އިނގުރު-ލޮނުމެދު ޕޭސްޓް، ރީނދޫ، ފުނޑި މިރުސް، ގަރަމް މަސާލާ، ލޮނު އަދި ލުނބޯހުތް އެޅުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. މަދުވެގެން 30 މިނެޓު ވަންދެން ބަހައްޓާށެވެ. (ގިނައިރު ބެހެއްޓިވަރަކަށް ރަހަ މީރުވާނެއެވެ.)

---

2. ބަތް ކެއްކުން

ބާސްމަތީ ހަނޑޫ ރަނގަޅަށް ދޮވެލާށެވެ.

ކައްކަން އުދާއިރު ފެންގަނޑުގެ ތެރެއަށް ކަރަންފޫ، ކާފޫރުތޮޅި، ފޮނިތޮށި އަދި ލޮނު އަޅާށެވެ.

އަދި ގާތްގަނޑަޖަށް ބަތްގަނޑު 85 އިންސައްތަ ކެއްކުމުން (ފުރިހަމައަށް މަޑުނުވަނީސް) ފެންފޮދު އުކާލާފައި ބަތްކޮޅު ވަކިން ބަހައްޓާށެވެ.

---

3. މަސާލާ ތައްޔާރުކުރުން

ތަވަޔަކަށް ނުވަތަ ތެއްޔަކަށް ތެޔޮ އަޅާ ހޫނުކުރުމަށްފަހު، ދިރި އަދި ބޭލީވްސް އަޅާލާށެވެ.

ފިޔާކޮޅު އަޅައި، ރަން މުށިކުލަ އަރަންދެން ތެލުލާށެވެ.

ޓޮމާޓޯ އަދި މިރުސް އަޅައި މަޑުވަންދެން ކައްކާށެވެ.

މެރިނޭޓް ކުރި ކުކުޅު އަޅައި، ކުކުޅު ރަނގަޅަށް މަޑުވަންދެން ކައްކާށެވެ.

---

4. ބިރިޔާނީ ފަށަލަކުރުން

ކުކުޅު ކެއްކި ތެލީގެ ތެރޭގައި ތިރީގައިވާ ތަރުތީބުން ފަށަލަ އަޅާށެވެ:

ފުރަތަމަ ކުކުޅު މަސާލާގަނޑު

ދެން ކެއްކި ބަތްކޮޅު

އެއަށްފަހު ކޮށާފައި ހުރި ކޮރިއަންޑާ އަދި މިންޓު ފަތް

(ބޭނުންނަމަ މިގޮތަށް އެއް ފަށަލައަށްވުރެ ގިނައިން ވެސް އެޅިދާނެއެވެ.)

---

5. ސްޓީމް ކުރުން:

ތެލީގެ މަތި ރަނގަޅަށް ބަންދުކޮށް، 15 އިން 20 މިނެޓު ވަންދެން މަޑު ގިނީގައި ބަހައްޓާށެވެ. (މީގެ ސަބަބުން ބަތާއި މަސާލާގެ ރަހަ ރަނގަޅަށް އެކުލެވިގެންދާނެއެވެ.)

---

ބިރިޔާނީއާ އެއްކޮށް ކެއުމަށް އަންނަނިވި ތަކެތި ބޭނުންކުރެވިދާނެއެވެ:

ރައިތާ

ތަރުކާރީ ސެލެޑް

ޚުލާސާ ރަހަފަތްރޯދަރޯދަމަސް 2026
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހާތަނަށް އެންމެ ގިނަ ފައިސާ ބެހި ފަހަރު: ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 6,000 ރުފިޔާ

ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 6,000 ރުފިޔާ

117 ދުވަސް ކުރިން - 14:39

ޚުލާސާ ރަހަފަތް: ބީފް ލަޒާނިއާ

ޚުލާސާ ރަހަފަތް: ބީފް ލަޒާނިއާ

119 ދުވަސް ކުރިން - 13:27

ޚުލާސާ ރަހަފަތް: ކާށި ކިރު ލާޓޭ

ޚުލާސާ ރަހަފަތް: ކާށި ކިރު ލާޓޭ

125 ދުވަސް ކުރިން - 14:18

ޚުލާސާ ރަހަފަތް: ޓާކޯސް އަދި ޓާކޯސް ޑިޕް

ޚުލާސާ ރަހަފަތް: ޓާކޯސް އަދި ޓާކޯސް ޑިޕް

126 ދުވަސް ކުރިން - 13:13

މިއަހަރު މާލެ ސިޓީގެ 35 މިސްކިތެއްގައި ދަމުނަމާދު ކުރާނެ

މާލެ ސިޓީގެ 35 މިސްކިތެއްގައި ދަމުނަމާދު ކުރާނެ

128 ދުވަސް ކުރިން - 14:06

މާލެސިޓީގައި ފަހު ދިހައިގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިއުލާނުކޮށްފި

މާލެސިޓީގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިއުލާނުކޮށްފި

128 ދުވަސް ކުރިން - 14:05