ޙާލަތު ގޯސް ވެއްޖެ ނަމަ ތުރްކިޔޭ ސިފައިން އީރާނަށް ވަންނަން ވިސްނަނީ

ހުސައިން އިސްމާއިލް | 16 ގަޑިއިރު ކުރިން - 25 ފެބްރުއަރީ 2026 10:51
ތުރްކިޔޭގެ އަސްކަރިއްޔާ އިން ޓޭންކަރުތަކުގައި - އީރާނަށް ޙަމަލާ ދިނުމާއި މެދު ތުރްކިޔޭ ދެކޮޅު
ތުރްކިޔޭގެ އަސްކަރިއްޔާ އިން ޓޭންކަރުތަކުގައި - އީރާނަށް ޙަމަލާ ދިނުމާއި މެދު ތުރްކިޔޭ ދެކޮޅު
ޚުލާސާ

އެމެރިކާ އިން އީރާނަށް ބޮން އަޅައި ޙާލަތު ގޯސްވެ، ރެފިއުޖީންތައް ބޯޑަރު ހުރަސްކުރާ ނަމަ ތުރުކިޔޭގެ ސަލާމަތަށް އަސްކަރިއްޔާ އިން އީރާނުގެ ތެރެއަށް ވަންނަން ވިސްނަނީ

އެމެރިކާ އިސްވެ އޮވެ އީރާނަށް ޙަމަލާ ދީ، އީރާނުގެ ބާރު ކެނޑި، ބޯޑަރު ހުރަސް ކޮށް ރައްޔިތުން އީރާނު ދޫކޮށް ފިލަން އުޅޭ ނަމަ، އެ ޤައުމުގެ ތެރެއަށް ތުރްކިޔޭގެ ސިފައިން ވަނުމާއި މެދު އަންކާރާ އިން ވިސްނަން ފަށައިފިއެވެ.

ނޭޓޯގެ އެންމެ ބޮޑު އިސްލާމީ އަސްކަރިއްޔާ އިން ދަނީ އީރާނަށް ޙަމަލާ ދިނުމާއި މެދު ދެކޮޅު ހަދަމުންނެވެ.

އީރާނުގެ ވަށައިގެން ސަރަޙައްދީ ފިތުނަތައް ބޮޑުވަމުންދާ މި ދަނޑިވަޅުގައި އަންކާރާ އިން އީރާނަށް ވަންނާނީ ކުއްލި ޙާލަތުގައެވެ.

އީރާނަށް ބޮން އަޅަން ފަށައިފި ނަމަ އެ ޤައުމުގައި ތިބި ގިނަ ޢަދަދެއްގެ އަފްޣާނިސްތާނާއި ޕާކިސްތާން އަދި އެހެނިހެން ޤައުމުތަކުގެ ރެފިއުޖީން ދިމާކުރާނީ ތުރުކިޔޭގެ ތެރެއަށް ވަންނާށެވެ.

ތުރްކިޔޭގައި މިހާރު ވެސް ގާތްގަނޑަކަށް 3 މިލިއަން ރެފިއުޖީން ތިބިއިރު، އީރާނުން ރެފިއުޖީންތައް ތުރްކިޔޭގެ ތެރެއަށް ވަންނަން ދިމާކޮށްފި ނަމަ އެއީ ތުރްކިޔޭގެ ދައުލަތަށް ވެސް ކުރިމަތި ވާނެ ބޮޑު މައްސަލައެކެވެ.

އެހެން ކަމުން، ތުރްކިޔޭގެ ޕްލޭންތަކުގެ ތެރޭގައި ބޯޑަރުގައި އިތުރު ކޭމްޕްތަކާއި އަސާސީ ވަޞީލަތްތަކުން ފެށިގެން ބަފަރ ޒޯންތައް އުފެއްދުމަށް ވަނީ ހިމަނާފައެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%