Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މިދިޔަ އަހަރު ރޮނާލްޑޯ ދެ ރޯދަ ހިފި

މިދިޔަ އަހަރު ރޮނާލްޑޯ ދެ ރޯދަ ހިފި

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
105 ދުވަސް ކުރިން - 25 ފެބްރުއަރީ 2026 16:19
ޝާޔޭ އާއި ރޮނާލްޑޯ: ރޯދަ ހިފީ ތަޖުރިބާ ކުރަން
ޝާޔޭ އާއި ރޮނާލްޑޯ: ރޯދަ ހިފީ ތަޖުރިބާ ކުރަން
ޚުލާސާ

ރޮނާލްޑޯ ބުނިގޮތުގައި އޭނާ ރޯދައަށް ހުރީ ރޯދަހިފުމުން މުސްލިމުންނަށް އިހްސާސް ކުރެވޭ ގޮތް އޭނާއަށް ވެސް އިހްސާސް ކުރެވޭތޯ ބެލުމަށް ކަމަށް

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ މިދިޔަ އަހަރު ރޯދަ މަހުގެ ފުރަތަމަ ދެދުވަހު ރޯދައަށް ހުރިކަމަށް އޭނާއާއެކު ކުޅުނު ކުޅުންތެރިއަކު ބުނެފިއެވެ.

ބޯޅަ ކުޅެން ސަޢުދީ ޢަރަބިޔާގައި ދިރިއުޅެމުންދާ ޣައިރު މުސްލިމެއްކަމުގައިވާ ޕޯޗުގަލްގެ ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ރޯދައަށް ހުންނަ ކަމަށް ބުނެ ވަރަށް ގިނަ އަޑުއަޑު ވަނީ ފެތުރިފައެވެ.

ރޮނާލްޑޯ ބޯޅަ ކުޅެމުން ދަނީ ސަޢުދީ ޢަރަބިއްޔާގެ ކްލަބް އަލް ނަޞްރަށެވެ. ދާދިފަހުން ވަނީ އޭނާ އެކުލަބަށް ކުޅޭ އެއްބަސްވުން އައުކޮށް ކުޅޭ މުއްދަތު އިތުރުކޮށްފައެވެ.

Advertisement

Advertisement 1

އަލްނަސްރުގެ ކުރީގެ ކުޅުންތެރިޔާ ޝާޔޭ ޝަރަހިލީ، ބުނިގޮތުގައި މިދިޔަ އަހަރު ރޯދަމަހުގެ ފުރަތަމަ ދެ ދުވަހު ރޮނާލްޑޯ ވަނީ މުސްލިމް ކުޅުންތެރިންނާއެކު ރޯދައަށް ހުރެފައެވެ. ރޮނާލްޑޯ ބުނިގޮތުގައި އޭނާ ރޯދައަށް ހުރީ ރޯދަހިފުމުން މުސްލިމުންނަށް އިޙްސާސް ކުރެވޭ ގޮތް އޭނާއަށް ވެސް އިޙްސާސް ކުރެވޭތޯ ބެލުމަށެވެ.

ޝާޔޭ ޝަރަހިލީ ބުނީ، ދުވަހުން ދުވަހަށް އަންނަ ބަދަލުތަކަށް ހޭނިފައި ނުވާތީ، ބިދޭސީ ކުޅުންތެރިންނަށް ރޯދައަށް ހުންނަން ފުރަތަމަ ކޮޅު އުނދަގޫ ވާނެކަމަށެވެ. ޝާޔޭ ބުނި ގޮތުގައި ރޮނާލްޑޯގެ ރޯދައަކީ ދީނީ އަޅުކަމެއް އަދާކުރަން ކުރިކަމެއް ނޫނެވެ. އަދި ދީނީ މުނާސަބަތަކާ ގުޅިގެން ކުރި ކަމެއްވެސް ނޫނެވެ.

"އެއީ ކުރިން އަންގައި އިއުލާނު ކުރުމެއްނެތި ކުރިކަމެއް. އެއީ ރޯދައަށް ހުރުން އަމިއްލައަށް ތަޖުރިބާކުރުމުގެ ގޮތުން ކުރިކަމެއް." ޝާޔޭ ބުންޏެވެ.

ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރޮނާލްޑޯ އަލް ނަސްރާ ގުޅުނުފަހުން އޭނާ ދަނޑުމަތީގައި ދުއާކޮށް އިސްލާމް ދީނާ ރައްޓެހި އަމަލުތައް ކުރަމުން ދެއެވެ.

ރޮނާލްޑޯ މި ރޯދަ މަހު ރޯދައެއް ހިފިކަން އެނގިފައެއް ނުވެއެވެ.

ބޭރު ދުނިޔެ
Ad
Ad

ގުޅޭ ޚަބަރުތައް

އެމެރިކާ އާއި އިޒުރޭލުން ޖެހޭނީ ކުޑަކަކޫ މައްޗަށް ތިރިވާން: އީރާން

‘އެމެރިކާއާއި އިޒުރޭލުން ޖެހޭނީ ކުޑަކަކޫ މައްޗަށް ތިރިވާން”

84 ދުވަސް ކުރިން - 18:27

ލަންކާގައި ކޮންޓްރޯލް ކޮށްގެން ތެޔޮ ވިއްކަން ފަށައިފި

ލަންކާގައި ކޮންޓްރޯލް ކޮށްގެން ތެޔޮ ވިއްކަން ފަށައިފި

86 ދުވަސް ކުރިން - 14:55

އީރާނަށް ފަހު އެމެރިކާއިން ދެން ފުނޑާލާނީ ކޮން ގައުމެއް؟

އެމެރިކާއިން ދެން ފުނޑާލާނީ ކޮން ގައުމެއް؟

96 ދުވަސް ކުރިން - 11:54

އެމެރިކާ-އީރާން މަޝްވަރާތަކުން ރަނގަޅު ކުރިއެރުމެއް ލިބުނު: އައްމާން

އެމެރިކާ-އީރާން ރަނގަޅު ކުރިއެރުމެއް ލިބުނު

111 ދުވަސް ކުރިން - 15:11

އިނގިރޭސިވިލާތުގައި ރަމަޟާން މަސް ފެށީ ތަފާތު ދެ ދުވަހެއްގައި

އިނގިރޭސިވިލާތުގައި ރަމަޟާން މަސް ފެށީ 2 ދުވަހެއްގައި

111 ދުވަސް ކުރިން - 12:58

އީރާން، އެމެރިކާ އަދި އަދުގެ ހާލަތު!

އީރާނާއި އެމެރިކާގެ ހާލަތު!

138 ދުވަސް ކުރިން - 18:33

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%