"ސުންނީ އަދި ޝިޔައީ" އާއި ދެކޮޅަށް ނަތަންޔާހޫ އިއްތިޙާދެއް ހަދަނީ

ހުސައިން އިސްމާއިލް | 22 ގަޑިއިރު ކުރިން - 24 ފެބްރުއަރީ 2026 05:51
“ހަރުކަށި ފިކުރު” ނައްތާލުމަށް ނަތަންޔާހޫ ހަދާ ކޯލިޝަނުގައި ސައިޕްރަސް، ގްރީސް، އިންށިއާ އަދި ބައެއް ޢަރަބިން ބައިވެރިވާނެ: ނަތަންޔާހޫ
“ހަރުކަށި ފިކުރު” ނައްތާލުމަށް ނަތަންޔާހޫ ހަދާ ކޯލިޝަނުގައި ސައިޕްރަސް، ގްރީސް، އިންށިއާ އަދި ބައެއް ޢަރަބިން ބައިވެރިވާނެ: ނަތަންޔާހޫ
ޚުލާސާ

އިސްރާއީލަށް ސަލާމަތުން ހަމަޖެހިގެން އޮވެވޭނެ ގޮތް ހެދުމަށް ސުންނީ އަދި ޝީޢީ ޖަމާޢަތްތަކާއި ދެކޮޅަށް ހަދާ ކޯލިޝަނުގައި އިންޑިއާ އާއި ޢަރަބިން ބައިވެރިވާނެ ކަމަށް ނަތަންޔާހޫ ބުނި

"ސުންނީ އަދި ޝިޔައީ" އާއި ދެކޮޅަށް ސަރަޙައްދީ "އިއްތިހާދެއް" އުފެއްދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ހައްދުފަހަނަ އެޅި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ނަތަންޔާހޫ ބުނީ އެ ކޯލިޝަންގެ މެމްބަރުންގެ ތެރޭގައި އިންޑިއާ، ގްރީސް، އަދި ސައިޕްރަސް ވެސް ހިމެނޭނެ ކަމަށާއި މީގެ އިތުރުން ބައެއް ޢަރަބި ޤައުމުތަކާއި އެފްރިކާ އާއި އޭޝިއާގެ ޖަމާއަތްތައް ވެސް ހިމެނޭނެއެވެ. ނަމަވެސް އޭނާ އެ ބުނާ އިއްތިޙާދުގައި ބައިވެރިވާނެ ޢަރަބި ޤައުމު ތަކަކީ ކޮބައި ކަމެއް ހާމަ އެއް ނުކުރެއެވެ.

ނަތަންޔާހޫ ބުނީ އަމާޒަކީ “ހަރުކަށި” ފިކުރު ކަމަށް އެމީހުން ބުނާ ފިކުރާއި ދެކޮޅަށް މަސައްކަތް ކުރުމެވެ.

ބްލޫމްބާގުން ބުނި ގޮތުގައި ނަތަންޔާހޫ މިހެން ބުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި ހަފުތާގައި އިސްރާއީލަށް ކުރައްވާ ދަތުރުފުޅުގެ ކުރިން ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައެވެ.

އޭނާ ބުނީ މި ގައުމުތަކުގެ މެދުގައި އެއްބާރުލުން ދިނުމުން އިސްރާއީލަށް ސަލާމަތުން ހަމަޖެހިގެން އޮވެވޭނެ ކަމަށާއި މުސްތަޤްބަލް ޙާޞިލް ކުރެވޭނެ ކަމަށެވެ.

" (އޭރުން) ހަމަ ޔަޤީނުން ވެސް އަހަރެމެންގެ ބާރާއި މުސްތަޤްބަލު ކަށަވަރުވާނެ" ނަތަންޔާހޫ ބުންޏެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%