Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެލް މެންޗޯ، ދެވަނަ އެލް ޗަޕޯތަ؟

އެލް މެންޗޯ، ދެވަނަ އެލް ޗަޕޯތަ؟

އައިޝަތު ރުވާ ރިފްޢަތު
102 ދުވަސް ކުރިން - 24 ފެބްރުއަރީ 2026 02:42
އެލް މެންޗޯ (ކ) މަރާލާފައިވާއިރު، އެލް ޗާޕޯ ހުރީ އެމެރިކާގެ ޖަލުގައި---
އެލް މެންޗޯ (ކ) މަރާލާފައިވާއިރު، އެލް ޗާޕޯ ހުރީ އެމެރިކާގެ ޖަލުގައި---
ޚުލާސާ

އެލް މެންޗޯ އާއި ބެހޭ މަޢުލޫމާތު ދިން ބަޔަކަށް އެމެރިކާ އިން 15 މިލިއަން ޑޮލަރު ހުށަހެޅި.

އެމެރިކާގެ ޑްރަގް އެންފޯސްމެންޓުން ވޯންޓެޑް ލިސްޓުގައި ޖަހާފައިވާ އެންމެ ބޮޑު އެއް ކުށްވެރިޔާ ކަމަށްވާ އެލް މެންޗޯ ހުރި ތަނަކާއި ބެހޭ މައުލޫމާތު ދިން ފަރާތަކަށް 10 މިލިއަން ޑޮލަރު ހުށަހެޅީ 2018 ވަނަ އަހަރުގެ އެޕްރީލް މަހުގަ އެވެ.

އެލް މެންޗޯ އަކީ މެކްސިކޯގެ އެންމެ ނުރައްކާތެރި އެއް ޑްރަގް ކާޓެލް ކަމަށްވާ 'ޖަލިސްކޯ ނިއު ޖެނެރޭޝަން ކާޓެލް' (CJNG) ގެ ލީޑަރެވެ. ފުރިހަމަ ނަމަކީ ނެމެސިއޯ އޮސެގުއޭރާ ސަރްވާންޓެސް އެވެ.

Advertisement

Advertisement 1

މެކްސިކޯގެ ގޭންގު ލީޑަރު ނެމެސިއޯ އޮސެގުއޭރާ ސަރްވާންޓެސް (އެލް މެންޗޯ)---

އެމެރިކާ ސިފައިން ވަރަށް ދުރާލާ އޭނާގެ ގޭންގަށް ނިސްބަތްވާ ބައެއް ލީޑަރުންނާއި އޭނާގެ ކޮންޓްރޯލްގެ ދަށުގައިވާ މީހުންނާއި އެކު ޖުމްލަ 55 މީހުން ހައްޔަރުކޮށްގެން ގެންގޮސް އެމެރިކާގެ ޖަލަކަށް ލާފައިވާކަން ފާހަަގަ ކުރެވެ އެވެ. މިކަން އެމެރިކާ އިން ކުރީ މެކްސިކޯގެ ސަރުކާރަށް ޕްރެޝަރު ކޮށްގެންނެވެ. ހަވާލު ނުކޮށްފި ނަމަ މެކްސިކޯގެ ވެރިކަމަށް ނުރައްކާ ކުރާނެ ކަމަށް ބުނެ އެވެ.

އެ ފަހަރު މެކްސިކޯ އިން އެމެރިކާ އަށް ސިއްރިޔާތުގައި ގެންގޮސް، އެ މީހުންގެ ފަރާތުން އޭނާ އާއި ބެހޭ އިތުރު މައުލޫމާތުތައް އެއްކުރަން މަސައްކަތް ކުރި އެވެ. ނަމަވެސް، އިތުރު ކުރިއެރުމެއް ނުލިބުމުން ދެން އެމެރިކާއިން ހުށަހެޅީ 15 މިލިއަން ޑޮލަރު ކަމަށް ނުރަސްމީ މަސްދަރުތައް ބުނެ އެވެ.

އެމެރިކާ އިން އެލް މެންޗޯ ހުރި ތަން ބުނެދިން މީހަކަށް ފައިސާގެ އިނާމު (އެންމެ ފުރަތަމަ ހުށަހެޅިތާ) 7 އަހަރާއި 10 މަސް ފަހުން މި އިވުނު އަޑަކީ މި ހަފްތާގެ އާދީއްތަ ދުވަހު މެކްސިކޯ އަށް އިރު އޮއްސުނުތާ 15 ވަރަކަށް މިނެޓް ނުވަނީސް އޭނާ މަރައިލި ވާހަކަ އެވެ.

އެމެރިކާ އަށް ކޮކެއިން ސްމަގުލް ކުރާ އަދި އެމެރިކާގެ ވެސް އެތައް ބައެއްގެ ކޮންޓްރޯލް ނަގާފައިވާ އެލް މެންޗޯ މަރައިލީ މެކްސިކޯގެ ހުޅަނގު ސަރަހައްދުގައި ހިންގި އޮޕަރޭޝަނުގަ އެވެ. މި އޮޕަރޭޝަން ހިންގި އިރު އެމެރިކާއިން "ގްރައުންޑަކަށް" ނުފައިބަ އެވެ. މިކަމުގައި އުޅުނީ އެމެރިކާގެ އިންޓެލިޖެންސުން ދިން މައުލޫމާތާއި އެކު މެކްސިކޯގެ އަސްކަރިއްޔާ އެވެ. މާފިޔާ ލީޑަރު މަރާލީ އާދީއްތަ ދުވަހުގެރޭ 7:00 ހާއިރު ދިން ހަމަލާގަ އެވެ.

އޭނާ މަރާލާފައިވާކަން އެގައުމުގެ ސަރުކާރުން އިއުލާން ކުރުމާއި އެކު، މެކްސިކޯގައި ހިނގަން ފެށި ހަމަނުޖެހުންތައް އެކި ހިސާބުތަކަށް ފެތުރިއްޖެ އެވެ. ތަންތަނުގައި ހުޅު ޖަހަނީ އެވެ. ތެލާއި ގޭސް ސްޓޭޝަން ތަކުގައި ވެސް ހުޅު ޖަހަނީ އެވެ. ދައުލަތުގެ ހަރުމުދާތައް ފެންނައިރަށް ރޯކޮށްލަނީ އެވެ. އޭގެތެރޭގައި ރޭލާއި މެޓްރޯ ބަހާއި އިމާރާތްތައް ވެސް ހިމެނެ އެވެ. މިހާރު ގޭންގުތަކުން ބައެއް ކުށްވެރިން ވަނީ ހަތިޔާރާއި އެކު މަގުތަކަށް ނުކުމެ އާންމުންނަށް ވެސް ހަމަލާ ދޭން ފަށާފަ އެވެ.

މެކްސިކޯގައި ހުންނަ ވޯލްޑް ކަޕް ކުޅުނު ސްޓޭޑިއަމެއްގެ ކައިރީގައި އޮތް ބަހެއްގައި ހަމަނުޖެހުން ހިންގާ ފަރާތްތަކުން ރޯކޮށްލާފައިވާ މަންޒަރު---

މެކްސިކޯއަކީ ދުނިޔޭގެ ނިސްބަތުން މަސްތުވާތަކެތީގެ ނުރައްކާތެރި ނެޓްވޯކްތަކާއި، އެފަދަ ޖަމާއަތްތަކުގެ އިސްވެރިން އެންމެ ގިނަ އެއް ގައުމެވެ. ފަހުގެ ތާރީހުގައި މަސްތުވާތަކެތީގެ ވަގުފާރީގައި އެންމެ ނަން މަޝްހޫރުވެގެން ދިޔައީ ކޮލަމްބިއާގެ ޕަބްލޯ އެސްކޮބާ އާއި މެކްސިކޯގެ "އެލް ޗަޕޯ" އެވެ. މީގެ ތެރެއިން އެލް ޗަޕޯ އަކީ މެކްސިކޯގެ ޖަލުތަކުން ދެފަހަރެއްގެ މަތިން ފިލާފައިވާ މީހެކެވެ. މިހާރު އޭނާގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދަނީ އެމެރިކާގަ އެވެ.

އެލް މެންޗޯ އަކީ "ދެވަނަ އެލްޗާޕޯ" ގެ ގޮތުގައި މެކްސިކޯ މީހުން ސިފަކުރެ އެވެ. ސިނަލޯއާ ކާޓޭލްގެ ޖޯކިން ގުޒްމަން (ޗަޕޯ) ފަދައިން އެލް މެންޗޯ ވަނީ އެމެރިކާގެ މަސްތުވާތަކެތީގެ އެތައް ނެޓްވޯކުތައް ކޮންޓުރޯލް ކޮށް މެކްސިކޯގެ ވެސް 20 ސްޓޭޓެއްގެ ކޮންޓްރޯލް ދަމައިގެންފަ އެވެ.

އެލް ޗަޕޯގެ ބާރު މަޝްހޫރުވީ ދެފަހަރަށް ޖަލުން ފިލުމުންނެވެ. އެއާއި ހިލާފަށް އެލް މެންޗޯ އުޅުނީ އޭނާގެ ބާރުތައް ފުޅާކުރުމާއި ޖަރީމާ ތައް ހިންގުމުގަ އެވެ.

މެކްސިކޯމަސްތުވާތަކެތިކުށްކުރުން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވޯލްޑް ކަޕް ބާއްވާ ސްޓޭޑިއަމްތަކުގެ ތަފްސީލް ހާމަކޮށްފި

ވޯލްޑް ކަޕް ބާއްވާ ސްޓޭޑިއަމްތަކުގެ ތަފްސީލް ހާމަކޮށްފި

2 ދުވަސް ކުރިން - 21:03

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސ. މީދޫއިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

12 ދުވަސް ކުރިން - 20:42

ވޯލްޑް ކަޕްގައި އީރާން ޓީމު ކޭމްޕްކުރާ ތަން އެމެރިކާއިން މެކްސިކޯއަށް ބަދަލުކޮށްފި

އީރާން ޓީމު ކޭމްޕްކުރާތަން އެމެރިކާއިން މެކްސިކޯއަށް ބަދަލުކޮށްފި

13 ދުވަސް ކުރިން - 18:52

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

24 ދުވަސް ކުރިން - 16:32

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެ މީހަކު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގައ ދެމީހަކު 25އަހަރަށް ޖަލަށް!

24 ދުވަސް ކުރިން - 16:23

އޭޑީއެޗްޑީގެ ފަރުވާއަށް މިތައިލްފެނިޑޭޓް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިފި

އޭޑީއެޗްޑީގެ ފަރުވާއަށް މިތައިލްފެނިޑޭޓް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިފި

24 ދުވަސް ކުރިން - 20:27