މެކްސިކޯގެ ހަމަނުޖެހުން: މަރައިލި މީހުންގެ ޢަދަދު ފަސްދޮޅަހަށް

ހުސައިން އިސްމާއިލް | 5 ގަޑިއިރު ކުރިން - 23 ފެބްރުއަރީ 2026 22:06
މެކްސިކޯގެ ނެޝަނަލް ގާޑުން މަގުތަކަށް ނުކުމެ - ހަމަނުޖެހުންތަކުގައި އެ އެމީހުންގެ 25 މީހުން ވަނީ މަރުވެފަ ( ފޮޓޯ: ރޮއިޓާސް
މެކްސިކޯގެ ނެޝަނަލް ގާޑުން މަގުތަކަށް ނުކުމެ - ހަމަނުޖެހުންތަކުގައި އެ އެމީހުންގެ 25 މީހުން ވަނީ މަރުވެފަ ( ފޮޓޯ: ރޮއިޓާސް
ޚުލާސާ

ހެއްދެވިހާ ނުބައި ކަންކަން ކުރާ މުޖުރިމަކު މެކްސިކޯ އަސްކަރިއްޔާއިން މަރައިލުމާއި ގުޅިގެން އެ ޤައުމުގައި ހިނހަމުންދާ ހަމަނުޖެހުންތަކުގައި ފަސްދޮޅަހަކަށް މީހުން މަރުވެއްޖެ

ފައިސާ އަށް މީހުން މެރުމާއި، މަސްތުވާތަކެއްޗާއި އިންސާނުން ޓްރެފިކް ކުރުމުން ފެށިގެން ގޮސް ހައްދުފަހަނަ އަޅާފައިވާ މެކްސިކޯގެ ބާރުގަދަ ޖަލިސްކޯ ނިއު ޖެނެރޭޝަން ކާޓެލް (ސީޖޭއެންޖީ) ގެ ލީޑަރު އެލްމެންޗޯ (އަސްލު ނަން: ނެމެސިއޯ ރޫބެން އޮސެގުއެރާ ސެރްވަންޓެސް) މަރައިލުމާއި ގުޅިގެން އޭނާގެ ކޮންޓްރޯލްގެ ދަށުގައި ހުރި ގޭންގުތަކުން ހިންގަމުން ގެންދާ ހަމަނުޖެހުން ތަކުގައި މިހާތަނަށް ފަސްދޮޅަހަކަށް މީހުން މަރުވެއްޖެ ކަމަށް ޚަބަރުތައް ބުނެއެވެ.

މަރުވި މީހުންގެ ތެރޭގައި މެކްސިކޯގެ ނޭޝަނަލް ގާޑުގެ 25 މީހުން ވެސް ހިމެނޭއިރު، މާފިޔާ ގްރޫޕްތަކަށް ނިސްބަތްވާ ކުށްކުރާ މީހުން ދަނީ ސިފައިންގެ ޔުނީފޯމާއި ހަތިޔާރުވެސް ފޭރިގަންނަމުންނެވެ.

މެކްސިކޯގެ މަގުތަކުގައި ހުޅުޖަހައި ޢާންމުންގެ ތަކެއްޗާއި މުދަލަށް ވެސް ގެއްލުން ދެމުން ދާއިރު، 20 ސްޓޭޓެއްގައި ބަޑިޖެހުމުގެ ހާދިސާތައް ހިނގަމުންދާ ކަމަށް މަސްދަރުތަކުން ބުނެއެވެ.

Ad

މެކްސިކޯގެ ދަތުރުފަތުރު ހުއްޓި، ޙާލަތު އިތުރަށް ގޯސް ވިޔަ ނުދިނުމަށްޓަކައި މެކްސިކޯގެ ރައީސް ކްލޯޑިއާ ޝެއިންބަމްގެ އަމުރަށް އަސްކަރިއްޔާ އިން މަގުތަކަށް ނުކުމެފައިވާއިރު، ކޯޑިނޭޓް ކޮށްގެން ޖަރީމާތައް ހިންގާ އިސް މީހުންގެ ތެރެއިން 70 މީހަކު ވަނީ ހައްޔަރު ވެސް ކޮށްފައެވެ.

Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%