Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މެކްސިކޯގެ އެންމެ ނުރައްކާތެރި ކާޓެލްގެ ލީޑަރު މަރާލުމާ ގުޅިގެން މުޅި ގައުމުގައި ހަމަނުޖެހުން އުފެދިއްޖެ

މެކްސިކޯގެ އެންމެ ނުރައްކާތެރި ކާޓެލްގެ ލީޑަރު މަރާލުމާ ގުޅިގެން މުޅި ގައުމުގައި ހަމަނުޖެހުން އުފެދިއްޖެ

މުހައްމަދު ޖަމްޝަތު
152 ދުވަސް ކުރިން - 23 ފެބްރުއަރީ 2026 15:49
މެކްސިކޯގެ މަގުތަކުގައި ހަމަނުޖެހުން ހިންގާތީ ސަލާމަތީ ބާރުތަކުން ދަނީ ފޯރިމަރަމުން---ފޮޓޯ:އޭއެފްޕީ
މެކްސިކޯގެ މަގުތަކުގައި ހަމަނުޖެހުން ހިންގާތީ ސަލާމަތީ ބާރުތަކުން ދަނީ ފޯރިމަރަމުން---ފޮޓޯ:އޭއެފްޕީ
ޚުލާސާ

އެލް މެންޗޯ އަކީ ފެންޓަނީލް އާއި ކޮކެއިން ފަދަ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ އިތުރުން، ސަރުކާރުގެ އޮފިޝަލުންނަށް ދޭ ނުރައްކާތެރި ހަމަލާތަކުގެ އިސް މޭސްތިރިޔާ

މެކްސިކޯގެ އެންމެ ނުފޫޒުގަދަ އަދި ނުރައްކާތެރި އެއް ކާޓެލް ކަމަށްވާ 'ޖަލިސްކޯ ނިއު ޖެނެރޭޝަން ކާޓެލް' (CJNG) ގެ ލީޑަރު، ނެމެސިއޯ ރޫބެން އޮސެގުއޭރާ ސާވަންޓެސް (އެލް މެންޗޯ) މަރުވުމާ ގުޅިގެން، އެ ކާޓެލް އިން ސަރުކާރާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް މުޅި ގައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ފަށައިފި އެވެ.

އުމުރުން 59 އަހަރުގެ 'އެލް މެންޗޯ' މަރުވީ ޖަލިސްކޯ ސްޓޭޓްގެ ޓަޕަލްޕާގައި މެކްސިކޯގެ އަސްކަރިއްޔާއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް މެކްސިކޯ ސިޓީއަށް ވައިގެ މަގުން ގެންދަނިކޮށް މިދިޔަ އާދީއްތަ ދުވަހު އެވެ. އެމެރިކާގެ އިންޓެލިޖެންސްގެ އެހީތެރިކަމާއެކު ހިންގި މި ރޭޑުގައި އެ ކާޓެލްގެ އިތުރު ބައެއް މެންބަރުން ވެސް ވަނީ މަރުވެފައެވެ.

އެލް މެންޗޯ އަކީ ފެންޓަނީލް އާއި ކޮކެއިން ފަދަ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ އިތުރުން، ސަރުކާރުގެ އޮފިޝަލުންނަށް ދޭ ނުރައްކާތެރި ހަމަލާތަކުގެ އިސް މޭސްތިރިޔާއެވެ.

Advertisement

Advertisement 1

އޭނާ މަރުވި ހަބަރާއެކު، ބަދަލުހިފުމުގެ ގޮތުން ޖަލިސްކޯ، ކޮލިމާ، އަދި މިޗޯއަކާން ހިމެނޭހެން މަދުވެގެން 12 ސްޓޭޓެއްގައި ހަމަނުޖެހުންތައް ވަނީ ފެށިފަ އެވެ. ކާޓެލްގެ މެންބަރުން ވަނީ އުޅަނދުފަހަރާއި ވިޔަފާރިތަކުގައި ރޯކޮށް، ގައުމުގެ އެކި ސަރަހައްދުތަކުން 250 އަށްވުރެ ގިނަ މަގު ބަންދުކޮށްފަ އެވެ. މި ހަމަލާތަކުގެ ސަބަބުން ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް އެޅި، ރައްޔިތުންގެ ސަލާމަތަށް ނުރައްކާވެފައިވާކަމަށް މެކްސިކޯގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން ޖަލިސްކޯގެ ވެރިރަށް ގުއަޑަލަހާރާގެ މަގުތައް ފަޅުވެ، ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ. އަދި އެއާޕޯޓްތަކުގެ ފްލައިޓްތައް ކެންސަލްވުމާ ގުޅިގެން ޕުއެރްޓޯ ވަޔާޓާ ފަދަ ފަތުރުވެރި ސަރަހައްދުތަކުގައި ތިބި އެމެރިކާ އާއި ކެނެޑާގެ ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ތާށިވެފައެވެ. ސަރުކާރުން ވަނީ ހުރިހާ ރައްޔިތުންވެސް ގޭގައި ތިބުމަށް އިލްތިމާސްކޮށްފަ އެވެ.

އެލް މެންޗޯގެ މަރާއެކު ސީޖީއެންޖީ ބައިބައިވުމަށް ނުވަތަ ސިނަލޯއާ ކާޓެލް ފަދަ ވާދަވެރި ގްރޫޕްތަކާއެކު ބޮޑެތި ކުރިމަތިލުންތަކެއް ހިނގައި، ގައުމުގެ މަސްރަހު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ.

މަސްތުވާތަކެތިމެކްސިކޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްތުވާތަކެއްޗާއި އެކު މާލެއިން ލަންކާ އަށް ދިޔަ ދިވެއްސަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާއި އެކު މާލެއިން ލަންކާ އަށް ދިޔަ ދިވެއްސަކު ހައްޔަރު ކޮށްފި

1 ދުވަސް ކުރިން - 01:09

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

7 ދުވަސް ކުރިން - 18:42

ދެ މަސްތެރޭ މާލެއިން މަސްތުވާތަކެތީގެ 5 "އައްޑާ" ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފ

ދެ މަސްތެރޭ މާލެއިން މަސްތުވާތަކެތީގެ 5 "އައްޑާ" ބަންދު ކޮށްފި

10 ދުވަސް ކުރިން - 14:14

މެކްސިކޯ ސިޓީގައި އިނގިރޭސި ޓީމަށް ގޮންޖެހުންތަކެއް: ސަޕޯޓަރުންގެ އުނދަގުލާއި މޫސުމީ ބިރުވެރިކަން

މެކްސިކޯ ސިޓީގައި އިނގިރޭސި ޓީމަށް ގޮންޖެހުންތަކެއް: ސަޕޯޓަރުންގެ އުނދަގުލާއި މޫސުމީ ބިރުވެރިކަން

21 ދުވަސް ކުރިން - 23:27

ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން: ރައީސް

ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން: ރައީސް

22 ދުވަސް ކުރިން - 14:50

މެކްސިކޯގެ ކާމިޔާބީ ފާހަގަކުރުމުގެ ތެރޭގައި ނޭވާ ހާސްވެގެން ތިން މީހަކު މަރުވެއްޖެ

މެކްސިކޯގެ ކާމިޔާބީ ފާހަގަކުރުމުގެ ތެރޭގައި ނޭވާ ހާސްވެގެން ތިން މީހަކު މަރުވެއްޖެ

24 ދުވަސް ކުރިން - 21:29