Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޚުލާސާ ރަހަފަތް: ޗިއާ އެންޑް ކޮކޮނަޓް ޑޭޓް ޕުޑިންގް

ޚުލާސާ ރަހަފަތް: ޗިއާ އެންޑް ކޮކޮނަޓް ޑޭޓް ޕުޑިންގް

މަރްޔަމް މާޙީ
190 ދުވަސް ކުރިން - 20 ފެބްރުއަރީ 2026 10:38
ޗިއާ އެންޑް ކޮކޮނަޓް ޑޭޓް ޕުޑިންގް---
ޗިއާ އެންޑް ކޮކޮނަޓް ޑޭޓް ޕުޑިންގް---
ޚުލާސާ

މި ޕުޑިންގައި ހިމެނޭ ކޮންމެ އެއްޗަކީ ވެސް ސިއްހަތަށް އެތައް ފައިދާތަކެއް ލިއްބައިދޭ ބާވަތްތަކެއް

ރޯދަވީއްލާ ވަގުތަކީ ހަށިގަނޑަށް ބޭނުންވާ ހަކަތަ މަޑުމަޑުން އަލުން ލިއްބައިދޭންޖެހޭ ވަގުތެކެވެ. މާގިނައިން ހަކުރު އެކުލެވޭ ތަކެތި ބޭނުންކުރުމުން ކުޑަވަގުތުކޮޅަކަށް ހަކަތަ ލިބުނު ކަމުގައި ވިޔަސް، އިރުކޮޅަކުން ވަރުބަލިކަން އިހުސާސްވާން ފަށާނެއެވެ. ޗިއާ ސީޑްސް އާއި ކާށިކިރު އަދި ކަދުރު ބޭނުންކޮށްގެން ތައްޔާރުކުރާ މި ޕުޑިންގް އަކީ ރޯދަވީއްލުމަށް ފަހު ހަށިގަނޑަށް ބޭނުންވާ ހަކަތަ ހަމަހަމަކޮށްދީ، ފެންމަދުވުމުން ދުރުކޮށްދޭ، ބަނޑަށް ލުއި ފޮނި ކެއުމެކެވެ.

މި އަހަރު ވެސް ހޫނު މޫސުމުގައި ރޯދައަށް ހުންނައިރު, ހަށިގަނޑުން ވަރުބަލިކަން ފިލުވައިދީ، ތަރާވީސް ނަމާދަށް ދާއިރު ކަންނެތްވުމުގެ ބަދަލުގައި ހަށިގަނޑަށް ތާޒާކަން ގެނެސްދިނުމަށް މި ޕުޑިންގް އެހީތެރިވެދޭނެއެވެ.

ބޭނުންވާ ތަކެތި:

Advertisement

Advertisement 1
  1. 2 ސައިސަމުސާ ޗިއާ ސީޑްސް
  2. 1 ތަށި ކާށިކިރު
  3. 3 މަޑު ކަދުރު (އޮށް ނެގުމަށްފަހު)
  4. 1 ސައިސަމުސާ މާމުއި (ބޭނުންނަމަ)
  5. ¼ ސައިސަމުސާ ފޮނިތޮށި/ ކާފޫރުތޮޅި (ކުނޑި)
  6. މަތީގައި އެތުރުމަށް ކޮށާފައި ހުރި މޭވާ (ކަދުރު ނުވަތަ ދޮންކެޔޮ)
  7. ގާނާފައި ހުރި ހިކި ކާށި (ބޭނުންނަމަ)

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ކާށިކިރާއި ކަދުރު ރަނގަޅަށް މިކްސަރުކޮށްލާށެވެ.

ރަނގަޅަށް އެއްވުމުން ތައްޓަކަށް އެޅުމަށްފަހު އޭގެ ތެރެއަށް ޗިއާ ސީޑްސް އަޅާފައި އެއްކޮށްލާށެވެ.

ދެން މާމުޔާއި ފޮނިތޮށި/ކާފޫރުތޮޅި ކުނޑި ކޮޅު އެއްކޮށްލާށެވެ.

ރަނގަޅަށް އެއްކުރުމަށްފަހު 1 ނުވަތަ 2 ގަޑިއިރު ވަންދެން (ނުވަތަ މުޅި ރޭ) ފިނިކުރަން ބަހައްޓާށެވެ.

ކެއުމުގެ ކުރިން ކޮށާފައިހުރި ތާޒާ މޭވާ އާއި ގޭނި ކާށިކޮޅު މައްޗަށް އަތުރާލާށެވެ.

މި ކެއުމުގައި ހިމެނޭ ކޮންމެ އެއްޗަކީ ވެސް ސިއްހަތަށް އެތައް ފައިދާތަކެއް ލިއްބައިދޭ ކާނާތަކެކެވެ. އެގޮތުން ޗިއާ ސީޑްސްގެ ސަބަބުން ހަށިގަނޑުގައި ފެން ހިފަހައްޓައިދީ، ފެންމަދުވުމުން ދުރުކޮށްދެއެވެ. އަދި ކަދުރުން ހަށިގަނޑަށް އަވަސް އަދި ސިއްހަތަށް ފައިދާހުރި ހަކަތައެއް ލިއްބައިދެއެވެ. މީގެ އިތުރުން ކާށިކިރުގައި ހުންނަ ފައިދާހުރި ފެޓްސްގެ ސަބަބުން ގިނައިރު ބަނޑުފުރިފައި ހުންނަ ކަމުގެ އިހުސާސް ކޮށްދޭއިރު, ހަޖަމުކުރުމުގެ ނިޒާމަށް އެހީތެރިވެދީ، ރޭގަނޑުގެ ވަގުތުތަކުގައި މާ ގިނައިން ކެއުމުން ވެސް ދުރުކޮށްދެއެވެ.

ލުއި، މީރު އަދި ސިއްހަތަށް ފައިދާހުރި މި ފޮނިކެއުމަކީ ރޯދަ މަހުގެ ދުވަސްތަކަށް އެންމެ އެކަށޭނަ އެއް ފޮނި ކެއުމެވެ.

ރޯދަރޯދަމަސް 2026ޚުލާސާ ރަހަފަތް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހާތަނަށް އެންމެ ގިނަ ފައިސާ ބެހި ފަހަރު: ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 6,000 ރުފިޔާ

ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 6,000 ރުފިޔާ

162 ދުވަސް ކުރިން - 14:39

ޚުލާސާ ރަހަފަތް: ބީފް ލަޒާނިއާ

ޚުލާސާ ރަހަފަތް: ބީފް ލަޒާނިއާ

164 ދުވަސް ކުރިން - 13:27

ޚުލާސާ ރަހަފަތް: ކާށި ކިރު ލާޓޭ

ޚުލާސާ ރަހަފަތް: ކާށި ކިރު ލާޓޭ

170 ދުވަސް ކުރިން - 14:18

ޚުލާސާ ރަހަފަތް: ޓާކޯސް އަދި ޓާކޯސް ޑިޕް

ޚުލާސާ ރަހަފަތް: ޓާކޯސް އަދި ޓާކޯސް ޑިޕް

171 ދުވަސް ކުރިން - 13:13

މިއަހަރު މާލެ ސިޓީގެ 35 މިސްކިތެއްގައި ދަމުނަމާދު ކުރާނެ

މާލެ ސިޓީގެ 35 މިސްކިތެއްގައި ދަމުނަމާދު ކުރާނެ

173 ދުވަސް ކުރިން - 14:06

މާލެސިޓީގައި ފަހު ދިހައިގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިއުލާނުކޮށްފި

މާލެސިޓީގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިއުލާނުކޮށްފި

173 ދުވަސް ކުރިން - 14:05