Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މި ރަމަޟާން މަހު އިމިގްރޭޝަނުން މާލެއާއި ރަށްރަށުގައި ހިދުމަތްދޭނެ ގަޑިތައް ހާމަކޮށްފި

މި ރަމަޟާން މަހު އިމިގްރޭޝަނުން މާލެއާއި ރަށްރަށުގައި ހިދުމަތްދޭނެ ގަޑިތައް ހާމަކޮށްފި

އައިޝަތު ރުވާ ރިފްޢަތު
106 ދުވަސް ކުރިން - 19 ފެބްރުއަރީ 2026 20:13
ފޮޓޯ: އިމިގްރޭޝަން
ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

އާންމު ދުވަސްތަކެކޭ އެފަދައިން ރަމަޟާން މަހުގެ ކޮންމެ ވަގުތެއްގައިވެސް "އިމުގާ" ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެކަމަށް އިމިގްރޭޝަނުން ހާމަކުރި.

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހު މޯލްޑިވްސް އިމިގްރޭޝަނުން މާލެއާއި އަތޮޅުތެރޭގެ އޮފީސްތަކުން ހިދުމަތް ދޭނެ ގަޑިތައް އެ އިދާރާއިން މިއަދު ހާމަކޮށްފި އެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި، އާންމު ދުވަސްތަކެކޭ އެފަދައިން ރަމަޟާން މަހުގެ ކޮންމެ ވަގުތެއްގައިވެސް "އިމުގާ" ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ އެވެ. މާލެ ސަރަހައްދުގައި ޕާސްޕޯޓާ ހަވާލުވުމަށްޓަކައި، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް "ކިއުބީ" އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ދޫކުރާނީ ކޮންމެ ދުވަހެއްގެ ހެނދުނު 09:15 އިން މެންދުރު 13:00 އަށެވެ. އަދި ހުކުރު ދުވަސްތަކުގައި ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:15 އިން 11:00 އަށެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ހުންނަ އިމިގްރޭޝަންގެ އޮފީސްތަކުން ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 09:15 އިން މެންދުރު 12:00 އަށެވެ. މީގެ އިތުރުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި (މެޑިކަލް އިމަރޖެންސީ) ޕާސްޕޯޓުގެ ޚިދުމަތް ބޭނުންވާ ފަރާތްތަކުން އެ އިދާރާގެ ހޮޓްލައިން ނަންބަރު 9555333 އަށް ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

Advertisement

Advertisement 1

ވިސާގެ ހިދުމަތްތަކަށް ބަލާއިރު، އީ-ވިސާއަށް އެދި "އިމުގާ" ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ހުށަހެޅޭނެއެވެ. ނަމަވެސް، އޮފީހަށް ހާޒިރުވެގެން ހޯދަންޖެހޭ ވިސާގެ ޚިދުމަތްތައް ސްޓަރ ކްލައުޑްސް ބިލްޑިންގުގެ 8 ވަނަ ފަންގިފިލާއިން ލިބޭނީ ހެނދުނު 09:00 އިން މެންދުރު 13:00 އަށެވެ. އަދި އެންފޯސްމަންޓު އެންޑް ކޮމްޕްލަޔަންސް ޑިވިޜަނުން ފޯރުކޯށްދޭ ރިޕެޓްރިއޭޝަންއާ ގުޅުންހުރި ޚިދުމަތްތައް ހެނދުނު 09:00 އިން މެންދުރުފަހު 14:00 އާ ހަމައަށް ލިބޭނެ އެވެ.

ސީޕޯޓުގެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައި ވަނީ ތަފާތު ގަޑިތަކެއްގަ އެވެ. އެގޮތުން ހުކުރު ދުވަސް ނޫން އެހެން ދުވަސްތަކުގައި:

  1. ފަތިހު 05:20 އިން މެންދުރު 12:00 އަށް
  2. މެންދުރު 13:00 އިން ހަވީރު 17:30 އަށް
  3. ރޭނގަނޑު 20:00 އިން ފަތިހު 04:00 އަށް

ހުކުރު ދުވަހު ސީޕޯޓުގެ ޚިދުމަތް ދޭނީ:

  1. ފަތިހު 05:30 އިން ހެނދުނު 08:00 އަށް
  2. މެންދުރުފަހު 14:30 އިން ހަވީރު 17:30 އަށް
  3. ރޭނގަނޑު 20:00 އިން ފަތިހު 04:00 އަށް

މީގެ އިތުރުން، ކުޅުދުއްފުށި، އުލިގަމު އަދި ހިތަދޫ ސީޕޯޓު އޮފީސްތައް ރަމަޟާން މަހު ހުޅުވިފައި ހުންނާނީ ހެނދުނު 09:00 އިން މެންދުރު 13:00 އަށް ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކަސްޓަމަރުންގެ ޒާތީ އެއްވެސް މައުލޫމާތެއް އިމިގްރޭޝަނާ ބީއެމްއެލްއާ ދެމެދު ބަދަލެއް ނުކުރެވޭ: ބީއެމްއެލް

ކަސްޓަމަރުންގެ ޒާތީ މައުލޫމާތެއް އިމިގްރޭޝަނުން ނުލިބޭ: ބީއެމްއެލް

31 ދުވަސް ކުރިން - 22:22

"އަދަދު" ނޫހުގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި

"އަދަދު"ގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި

39 ދުވަސް ކުރިން - 13:57

މިހާތަނަށް 9 ކްރޫޒްލައިނާއަކުން 14،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

9 ކްރޫޒްލައިނާއަކުން 14،000 އަށްވުރެ ގިނަ ފަތުރުވެރިން

83 ދުވަސް ކުރިން - 17:30

ރަމަޟާން މަހުގެ ފަހު ދިހައިގެ ބަންދުގައި އިމިގްރޭޝަނުން ހިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

ފަހު ދިހައިގައި އިމިގްރޭޝަނުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި

88 ދުވަސް ކުރިން - 15:07

ވޭޕް ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު އަތުލައިގަނެ އިމިގްރޭޝަނާ ހަވާލުކޮށްފި

ވޭޕް ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު އަތުލައިގަނެ އިމިގްރޭޝަނާ ހަވާލުކޮށްފި

109 ދުވަސް ކުރިން - 20:36

ކުޅުދުއްފުށިގައި އިމިގްރޭޝަންގެ އާ އޮފީސް ރަސްމީކޮށް ހުޅުވައިފި

ކުޅުދުއްފުށިގައި އިމިގްރޭޝަންގެ އާ އޮފީސް ރަސްމީކޮށް ހުޅުވައިފި

110 ދުވަސް ކުރިން - 09:39