Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމެރިކާ-އީރާން މަޝްވަރާތަކުން ރަނގަޅު ކުރިއެރުމެއް ލިބުނު: އައްމާން

އެމެރިކާ-އީރާން މަޝްވަރާތަކުން ރަނގަޅު ކުރިއެރުމެއް ލިބުނު: އައްމާން

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
156 ދުވަސް ކުރިން - 19 ފެބްރުއަރީ 2026 15:11
ޢައްމާނާއި އީރާނުގެ ހާރިޖީ ވަޒީރުން ވިދާޅުވަނީ ބައްދަލުވުމުން ކުރިއެރުމެއް ލިބުނުކަމަށް--
ޢައްމާނާއި އީރާނުގެ ހާރިޖީ ވަޒީރުން ވިދާޅުވަނީ ބައްދަލުވުމުން ކުރިއެރުމެއް ލިބުނުކަމަށް--
ޚުލާސާ

މަޝްވަރާތައް ނިމުނީ އާންމު ލަނޑުދަނޑިތަކާއި ގުޅުންހުރި ފަންނީ މައްސަލަތައް ކަނޑައެޅުމަށް ރަނގަޅު ކުރިއެރުމަކާ އެކުގައި

ޖެނީވާގައި އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށް ގެންދިޔަ ނުސީދާ މަޝްވަރާތަކުގެ ދެވަނަ ބުރު ނިންމުމަށް ފަހު އައްމާނުގެ ހާރިޖީ ވަޒީރު ބަދުރު އަލް ބުސައިދީ ވަނީ އެ މަޝްވަރާތަކުން "ރަނގަޅު ކުރިއެރުމެއް" ލިބިފައިވާކަން އިއުލާން ކުރައްވާފަ އެވެ.

އީރާނާއި އެމެރިކާއާ ދެމެދު މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަމުން ގެންދަވާ އައްމާންގެ ހާރިޖީ ވަޒީރު އަލް ބުސައިދީ އަންގާރަ ދުވަހު، ބޭއްވި މަޝްވަރާ ބައްދަލުވުމާ ގުޅޭގޮތުން އޭނާގެ އެކްސް އެކައުންޓުގައި ލިޔުއްވާފައިވާފައި ވަނީ މަޝްވަރާތައް ނިމުނީ އާންމު ލަނޑުދަނޑިތަކާއި ގުޅުންހުރި ފަންނީ މައްސަލަތައް ކަނޑައެޅުމަށް ރަނގަޅު ކުރިއެރުމަކާ އެކުގައި ކަމަށެވެ.

"އަޅުގަނޑުމެންގެ ބައްދަލުވުންތަކުގެ މާހައުލަކީ ބިނާކުރަނިވި މާހައުލެއް. އެންމެ ފަހުގެ އެއްބަސްވުމަކަށް މަގުދައްކައިދޭ ބައެއް އުސޫލުތައް ގާއިމުކުރުމަށް އެކުގައި ސީރިއަސް މަސައްކަތްތަކެއް ކުރެވުނު." އޭނާ އިތުރަށް ވިދާޅުވި އެވެ.

Advertisement

Advertisement 1

ނަމަވެސް ކުރިއަށް އޮތްތާގައި ކުރަން އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރިކަންވެސް އޭނާ ސާފުކޮށްދެއްވިއެވެ. ދެން އޮންނަ ބައްދަލުވުމުގެ ކުރިން އިތުރަށް ދެފަރާތުން ވެސް އަޅަންޖެހޭ ފިޔަވަޅުތަކެއް އެބަހުއްޓެވެ. ތިންވަނަ ބައްދަލުވުމެއްގައި އިށީނުމުގެ ކުރިން ކުރިއަށް އަޅަން ޖެހޭ ފިޔަވަޅުތައް ދެ ފަރާތުން ވެސް ސާފުކޮށް ކަނޑައަޅާނެ އެވެ. ދެން އޮންނަ ބައްދަލުވުން ބާއްވާނެ ތާރީހެއް، ތަނެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.

އީރާނުގެ ވަފުދުގެ އިސްވެރިއަކަށް ހުންނެވި އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ ފުރަތަމަ ބުރާ އަޅާބަލާއިރު ދެވަނަ ބުރުގައި ހެޔޮ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

އީރާނުގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި އަރާގްޗީ ވިދާޅުވީ އޭނާގެ ވަފުދުން އެމެރިކާއާ އެކު އަސާސީ އުސޫލުތަކާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި އެމެރިކާއާ އެކު ކުރިއަށްދާ މަޝްވަރާތަކުގައި މިހާރު ކުރިއަށް ދާން ސާފު މަގެއް އޮތް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މީގެ މާނައަކީ އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަކަށް ނުވާނެ ކަމަށާއި، ނަމަވެސް މަގު ފެށުނީ ކަމަށެވެ. އަދި ދެ ފަރާތުން އެއްބަސްވުމެއް ހަދަން ޖެހިދާނެ ލިޔުމެއްގެ ދެ ދެލިކޮޕީއެއް ތައްޔާރުކޮށް އެ ދެލިކޮޕީ ދެ ގައުމުގެ ދެމެދު ބަދަލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ދެފަރާތުންވެސް އިތުރަށް މަސައްކަތް ކުރަންޖެހޭ ބައެއް ކަންކަން އެބަހުރިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އެމެރިކާއާއި އީރާނާ ދެމެދު މަޝްވަރާތަކެއް ކުރިއަށްދާއިރު އެމެރިކާގެ ރައީސް ޓްރަމްޕު ގެންދަވަނީ އީރާނަށް އިންޒާރުތަކެއް ދެއްވުމުގެ އިތުރަށް އީރާނު ސަރަހައްދަށް ހަތިޔާރާއި ސިފައިން ޖަމާކުރަމުންނެވެ.

އެމެރިކާއިން ތަކުރާރުކޮށް ޔޫރޭނިއަމް މުއްސަނދިކުރުން ހުއްޓުވުމަށް އީރާނަށް ފިއްތުންތައް ކުރިމަތި ކުރުމުގެ އިތުރަށް، އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާއި އެ ސަރަހައްދުގައި ހަތިޔާރު އެޅި ޖަމާއަތްތަކަށް އީރާނުން ތާއީދު ކުރަމުންދާތީ، އިޒުރޭލުން ދަނީ މިކަންކަން މަޝްވަރާތަކުގައި ހިމަނަން ބާރުއަޅަމުންނެވެ.

އަނެއްކޮޅުން އީރާނުގެ އޮފިޝަލުން ފަހަކަށް އައިސް ތަކުރާރުކޮށް ބުނެފައި ވަނީ ވޮޝިންޓަނާ އެކު ކުރެވޭ މަޝްވަރާތަކަކީ ހަމައެކަނި ނިއުކްލިއާ ޕްރޮގްރާމަށް ނިސްބަތްވާ މަޝްވަރާތަކެއް ކަމަށާއި މިސައިލް ޕްރޮގްރާމަކީ "ސިޔާސަތުގެ މައްސަލައެއް" ކަމަށް ސިފަކޮށްފައެވެ. އަދި ޔޫރޭނިއަމް މުއްސަނދި ކުރުމުގެ ހައްގަކީ މަޝްވަރާ ނުކުރެވޭނެ ހައްގެއް ކަމަށް އީރާނުން ވަނީ ތަކުރާރުކޮށް އެތައް ފަހަރަކު ބުނެފައެވެ.

ބޭރު ދުނިޔެއީރާންއީރާން - އެމެރިކާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

15 ގަޑިއިރު ކުރިން - 20:07

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

1 ދުވަސް ކުރިން - 16:04

ސައުދީއާއި އިރާގުގައި ހުރި އެމެރިކާގެ ސީއައިއޭ މަރުކަޒުތަކަށް އީރާނުން ހަމަލާ ދީފި

ސައުދީއާއި އިރާގުގައި ހުރި އެމެރިކާގެ ސީއައިއޭ މަރުކަޒުތަކަށް އީރާނުން ހަމަލާ ދީފި

2 ދުވަސް ކުރިން - 10:25

އީރާނުން އެމެރިކާގެ ދެސިފައިން މަރާލައިފި

އީރާނުން އެމެރިކާގެ ދެސިފައިން މަރާލައިފި

5 ދުވަސް ކުރިން - 22:44

އީރާނުން އަނެއްކާވެސް އެމެރިކާގެ ވައިގެ އުޅަނދެއް ވައްޓާލައިފި

އީރާނުން އަނެއްކާވެސް އެމެރިކާގެ ވައިގެ އުޅަނދެއް ވައްޓާލައިފި

6 ދުވަސް ކުރިން - 22:05

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

6 ދުވަސް ކުރިން - 13:25