އިނގިރޭސި ވިލާތުގައި ކަލަންޑަރަށް އަމަލުކުރާ ފަރާތްތަކުން ރޯދަމަސް ފެށީ ފެބްރުއަރީ 18 ވީ ބުދަ ދުވަހުން ފެށިގެންނެވެ.
ނަމަވެސް އަނެއްކޮޅުން މަރުކަޒީ ސުންނީ ޖަމާއަތްތަކުން ރަމަޟާން މަސް ފެށީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ސުންނީ ޖަމާޢަތްތަކުން ރޯދަމަސް ފަށާނީ ބުރާސްފަތި ދުވަހުގައި ކަމަށް އެމީހުން ވަނީ ކުރިން އަންގައި އިއުލާންކޮށްފައެވެ.
އިނގިރޭސިވިލާތުގެ ބައެއް ސަރަހައްދުތަކުގައި ރަމަޟާންމަސް ފެށޭނީ ފެބުރުއަރީ މަހުގެގެ 18 ގައި ކަމަށް ބުނެ ކުރީ ދުވަހުގެރޭ ތަރާވީޙު ނަމާދު ކުރަން ވަނީ ފަށާފައެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ ރަމަޟާން މަހުގެ ހަނދު އަންގާރަ ދުވަހު، ސަޢޫދީ ޢަރަބިއްޔާ އާއި ގަލްފުގެ އެހެން ގައުމުތަކުން ފެނިފައިވާތީ އެ ގައުމުތަކުން މުލަ ރޯދަ ހިފަން ފެށީ މި މަހުގެ 18 ވީ ބުދަ ދުވަހުއެވެ.
އަނެއްކޮޅުން ދެކުނު އޭޝިއާގެ ގައުމުތައް ކަމަށްވާ މެލޭޝިއާ، އިންޑޮނޭޝިއާ، ބްރޫނާއީއަށް ވެސް 18 ވަނަ ދުވަހު ރޯދަމަހުގެ ހަނދު ފެނިފައެއް ނުވެއެވެ. އެ ގައުމުތަކުގެ މީހުން ރޯދަ ހިފަން ފަށަނީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.










