މިއީ "ދިގު" ރޯދައަކަށްފަހު ހަށިގަނޑަށް ބޭނުންވާ ހަކަތަ އިތުރުކޮށްދީ، ތާޒާކަން ގެނެސްދޭނެ ގުދުރަތީ ފޮނިކަމެއް އެކުލެވޭ މީރު ބުއިމެކެވެ.

މި ބުއިމުގައި ބޭނުންކުރާ ކަދުރުން ހަށިގަނޑަށް ބޭނުންވާ ގުދުރަތީ ހަކަތަ އަވަހަށް ފޯރުކޮށްދޭއިރު، އެވޮކާޑޯގައި ހިމެނޭ ފައިދާހުރި ފެޓްގެ ސަބަބުން ގިނަ ވަގުތު ހަކަތަ ހިފަހައްޓައިދެއެވެ. އަދި ކިރުގެ ސަބަބުން ހަށިގަނޑުން މަދުވި ފެނުގެ ބައި އިޔާދަކޮށްދެއެވެ.

ބޭނުންވާ ތަކެތި:

1 ދޮން އެވޮކާޑޯ

3 ނުވަތަ 4 މަޑު ކަދުރު (އޮށް ނެގުމަށްފަހު)

1 ތަށި ފިނި ކިރު (އާދައިގެ ކިރު ނުވަތަ އަލްމަންޑް މިލްކް)

½ ތަށި ފިނި ފެން

1 ސައިސަމުސާ މާމުއި (ބޭނުންނަމަ)

4 ވަރަކަށް އައިސް ކިއުބް

ކުޑަ ފޮނިތޮށި އަދި ކާފޫރުތޮޅި ކޮޅެއް (ރަހަ ޖެއްސުމަށް)

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ އެވޮކާޑޯގެ ކެއުމަށް ބޭނުންކުރާ ބައި ތޮށިގަނޑާ ވަކިކުރުމަށްފަހު މިކްސަރަށް އަޅާށެވެ.

އެއަށްފަހު ކަދުރު، ކިރު، ފެން، މާމުއި އަދި އައިސް ކިއުބްތައް އޭގެ ތެރެއަށް އެއްކޮށްލާށެވެ.

އަދި ރަނގަޅަށް އޮމާންވަންދެން މިކްސަރުން ގިރާލާށެވެ.

އިތުރަށް މީރުކޮށްލުމަށް ކުޑަ ފޮނިތޮށި ކާފޫރުތޮޅި ކޮޅެއް މައްޗަށް ބުރުވާލާށެވެ.