ރޯދައަށް ކާބޯތަކެތި އިމްޕޯޓްކުރާ ފަރާތްތަކަށް ޑޮލަރު ދޫކުރާ މިންވަރު އެމްއެމްއޭއިން އިތުރުކޮށްފި

މުހައްމަދު ޖަމްޝަތު | 13 ގަޑިއިރު ކުރިން - 18 ފެބްރުއަރީ 2026 14:35
އެމްއެމްއޭ އިން ވަނީ ކާބޯތަކެތި އިމްޕޯޓްކުރުމަށް އެހީތެރިވުމުގެ ގޮތުން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކޮށްފަ---
އެމްއެމްއޭ އިން ވަނީ ކާބޯތަކެތި އިމްޕޯޓްކުރުމަށް އެހީތެރިވުމުގެ ގޮތުން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކޮށްފަ---
ޚުލާސާ

ކުރިއަށް އޮތް ތިން ހަފުތާގެ މުއްދަތަށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު 32 އިންސައްތަ ވަނީ އިތުރުކޮށްފަ

މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ރާއްޖެއަށް ކާބޯތަކެތި އިމްޕޯޓްކުރުމަށް އެހީތެރިވުމުގެ ގޮތުން، ވިޔަފާރި ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން އިތުރުކޮށްފި އެވެ.

މަރުކަޒީ ބޭންކުން ނިންމާފައިވަނީ އިއްޔެއިން ފެށިގެން ކުރިއަށް އޮތް ތިން ހަފުތާގެ މުއްދަތަށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު 32 އިންސައްތަ އިތުރުކުރުމަށެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި މި ހާއްސަ ނިންމުމަކީ ރޯދަމަހާ ދިމާކޮށް ބާޒާރުގައި ކާބޯތަކެތި ފަސޭހައިން ލިބޭނެ ގޮތް ވިޔަފާރިވެރިންނަށް ހޯދައިދިނުމަށްޓަކައި ނިންމި ނިންމުމެކެވެ. އިއްޔެއިން ފެށިގެން ތިން ހަފުތާގެ މުއްދަތަށް އަމަލުކުރާ މި އުސޫލުގެ ދަށުން، އާންމުކޮށް ބޭންކުތަކަށް ވިއްކާ މިންވަރަށްވުރެ އިތުރަށް ޑޮލަރު ދޫކުރާނެ އެވެ. މިއީ ރަމަޟާން މަހުގެ ތެރޭގައި އަސާސީ ކާބޯތަކެތި އެތެރެކުރުމަށް ބޭންކުތަކުން ބޭރު ފައިސާ ހޯދުމަށް ކުރާ ޑިމާންޑް ބޮޑުވާތީ، އެކަމަށް ލުޔެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މި ބަދަލާއެކު މުދާ އެތެރެކުރާ ފަރާތްތަކަށް ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްއެމްއޭއިން ލަފާކުރެ އެވެ. އަދި އާންމުކޮށް ކާބޯތަކެތި ބޭނުންކުރާ މިންވަރު އިތުރުވާ މި ދަނޑިވަޅުގައި، މުދާ އެތެރެކުރުމުގެ ނިޒާމަށް ކުރިމަތިވާ ތާށިކަން ކުޑަވެ، ރާއްޖޭގެ ބާޒާރުގައި އަސާސީ މުދާ މެދުނުކެނޑި ލިބެން ހުރުމަށް މިކަމުން މަގުފަހިވާނެ އެވެ.

މަރުކަޒީ ބޭންކުން ބުނީ މިއީ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކުރުމަށާއި ބޭންކިންގ ނިޒާމަށް އެހީތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މުހިންމު މަސައްކަތެއް ކަމަށެވެ. މިއީ ރަމަޟާން މަހާ ދިމާކޮށް ބޭރު ފައިސާއަށް އަންނަ މޫސުމީ ޑިމާންޑް މެނޭޖްކުރުމަށް އެމްއެމްއޭއިން ގެންގުޅޭ ހާއްސަ ސިޔާސަތެކެވެ.

މީގެ އިތުރުން، ރަމަޟާން މަހު އާންމުންނަށް ދަތިނުވެ އަސާސީ ކާބޯތަކެތި ލިބޭނެ އިންތިޒާމްތައް ސަރުކާރުންވެސް ދަނީ ހަމަޖައްސަމުންނެވެ. ސަރުކާރުން ބުނި ގޮތުގައި މި ރަމަޟާން މަހަކީ ތަކެތީގެ އަގުތައް ނުއުފުލި، ހެޔޮ އަގެއްގައި މުދާ ލިބޭނެ މަހަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.



Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%