އެމެރިކާއާއި އީރާނާ ދެމެދު ނިއުކްލިއަރ މަޝްވަރާގެ ދެވަނަބުރު މިއަދު ފަށަނީ

ހުސައިން އިސްމާއިލް | 15 ގަޑިއިރު ކުރިން - 17 ފެބްރުއަރީ 2026 12:09
އީރާނުގެ ފޮރިން މިނިސްޓަރު ޢައްބާސް ޢަރާޤިޖީ (ކ) އާއި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ ވެރިޔާ ރަފައެލް ގްރޮސީ (16 ފެބުރުއަރީނ2026)
އީރާނުގެ ފޮރިން މިނިސްޓަރު ޢައްބާސް ޢަރާޤިޖީ (ކ) އާއި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ ވެރިޔާ ރަފައެލް ގްރޮސީ (16 ފެބުރުއަރީނ2026)
ޚުލާސާ

މިފަހަރު އީރާނުން އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ ވެރިޔާ ރަފައެލް ގްރޮސީ އާއި ވެސް ވަނީ ބައްދަލުކުރައްވާފަ.

އެމެރިކާ އާއި އީރާނާއި ދެމެދު ނިއުކްލިއާ މަޝްވަރާތަކުގެ ދެވަނަ ބުރު މިއަދު ސްވިޒަލޭންޑްގެ ޖެނީވާގައި ފެށުމަށް ތައްޔާރު ވެއްޖެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށް އީރާނުގެ ފޮރިން މިނިސްޓަރު ޢައްބާސް ޢަރާޤިޖީ ޖެނީވާއަށް ފުރުމުގެ ކުރިން ވިދާޅުވީ އިންސާފުވެރި އަދި ހަމަހަމަ އެއްބަސްވުމަކަށް ދިޔުމަށް ތައްޔާރު ކަމަށާއި، ތެހެރާންގެ އުސޫލަކީ މަޖުބޫރުކުރުމެއް ނޫން ކަމަށެވެ.

އީރާނުން އިއްޔެ ވަނީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ ވެރިޔާ ރަފައެލް ގްރޮސީ އާއި ވެސް ބައްދަލުކުރައްވާފައެވެ.

އެމެރިކާ އާއި އީރާނުގެ މަޝްވަރާތައް ކުރިއަށް ގެންދަނީ ނުސީދާ ގޮތެއްގައެވެ. މެދުވެރިޔަކީ އޮމާނެވެ.

އެމެރިކާގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވަނީ މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިޓްކޯފް އާއި ޓްރަމްޕުގެ ދަރި ޖޭރެޑް ކުޝްނާއެވެ.

ވޮޝިންޓަނުން މަސައްކަތް ކުރަމުންދަނީ އީރާނުގެ މިސައިލް ޕްރޮގްރާމް ވެސް އެޖެންޑާގައި ހިމެނުމަށެވެ. ނަމަވެސް ތެހެރާނުން މިކަމާއި ދެކޮޅު ހަދަމުން ބުނީ، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ބަދަލުގައި ނިއުކްލިއާއާ ގުޅުން ހުރި ކަންކަމުގައި އެކަނި މަޝްވަރާއަށް ހުޅުވާލާފައިވާ ކަމަށާއި، ޔޫރޭނިއަމް މުއްސަނދިކުރުން ވެސް ސުމަކަށް ހެދުމަށް އެއްބަސް ނުވާނެ ކަމަށެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%