ދުވާލަކު 800 ވައިގެ ހަމަލާ އީރާނަށް ދިނުމުގެ ގާބިލުކަން އެމެރިކާއިން ހޯދައިފި

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ | 14 ގަޑިއިރު ކުރިން - 17 ފެބްރުއަރީ 2026 13:01
އެމެރިކާ-އީރާނުގެ ކޯޅުން: އެމެރިކާއިން ދަނީ ހަނގުރާމައަށް ތައްޔާރުވަމުން
އެމެރިކާ-އީރާނުގެ ކޯޅުން: އެމެރިކާއިން ދަނީ ހަނގުރާމައަށް ތައްޔާރުވަމުން
ޚުލާސާ

ީބީސީން ބުނާ ގޮތުގައި އެމެރިކާގެ ޢަސްކަރީ ސާމާނު އީރާނު ސަރަހައްދުގައި އިތުރުވެފައިވާއިރު، އަބްރަހަމް ލިންކަން ފްލީޓް ވަނީ އީރާނާ ކުރިއަށްވުރެ ކައިރިއަށް ބަދަލުވެފައެވެ.

އީރާނަށް ދުވާލަކު 800 ވައިގެ ހަމަލާ ދިނުމުގެ ކުޅަދާނަކަން އެމެރިކާއިން ހޯދާފައި ވާކަމަށް ހުޅަނގުގެ މީޑިއާތަކުން ހަބަރު ދީފިއެވެ.

މީޑިއާތަކުން ބުނާ ގޮތުގައި މި ގާބިލުކަމުގެ ސަބަބުން އީރާނަށް ރައްދުގައި އެއްވެސް ހަމަލާއެއް ދިނުމަށް ވަރަށް ބޮޑަށް ދަތިވާނެ އެވެ.

ބީބީސީން ބުނާ ގޮތުގައި އެމެރިކާގެ އަސްކަރީ ސާމާނު އީރާނު ސަރަހައްދުގައި އިތުރުވެފައިވާއިރު، އަބްރަހަމް ލިންކަން ފްލީޓް ވަނީ އީރާނާ ކުރިއަށްވުރެ ކައިރިއަށް ބަދަލުވެފަ އެވެ.

ހަބަރު ލިބިފައިވާ ގޮތުގައި އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ކުރިން އީރާނާ 700 ކިލޯމީޓަރުގެ ދުރުގައި އޮތުމަށްފަހު މިހާރު ވަނީ އީރާނުގެ އައްސޭރިފަށާ 240 ކިލޯމީޓަރު ކައިރިއަށް ޖެހިފަ އެވެ.

އަނެއްކޮޅުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އީރާނާއި އެމެރިކާއިން އެއްބަސްވުމެއް ހަދަން، ކުރާ މަޝްވަރާތަކުގައި އޭނާ ނުސީދާ ގޮތެއްގައި ބައިވެރިވެވަޑައިގަންނަވާނޭ ކަމަށެވެ.

އީރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާގެ ދެވަނަ ބުރު މިއަދު ޖެނީވާގައި ބާއްވާނެއެވެ.

އެމެރިކާއާއި އީރާނާ ދެމެދު މަޝްވަރާތަކުގެ ފުރަތަމަ ބުރު ބާއްވާފައި ވަނީ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ޢައްމާންގެ ވެރިރަށުގައެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%