މި ފަސް ދުވަހު ވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.
މެޓު އޮފީހުން ބުނީ ދުންފުހުގެ އަސަރު މިއަދު މުޅި ރާއްޖެއަށް ކުރާ ކަމަށާއި, ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ބޮޑަށް ކުރަމުންދާ ކަމަށެވެ.
އެގޮތުން މޫސުމާ ބެހޭ ރިޕޯޓުތަކުގައި ދުރުފެންނަ މިންވަރު 3 ކިލޯމީޓަރަށްވުރެ ދަށުން ރިޕޯޓުކޯށްފައިވާކަމަށް ވެސް މެޓުން ބުންޏެވެ.
"ކުރިއަށް އޮތް ފަސް ދުވަހު ވެސް އިރުއުތުރުން އަންނަ ވަޔާއެކު ދުންފުހުގެއަސަރު ރާއްޖެމަތީގައި ހުންނާނެ ކަމަށް ބެލެވޭ," މެޓުން ކުރި ޕޯސްޓުގައި ވެއެވެ.
މެޓު އޮފީހުން ވަނީ ބޭރުގައި އެކިއެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކާއި, ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ވެސް މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ވައި ނުސާފުވާ ދުވަސްވަރު ގިނަ ވަގުތު ބޭރުގައި ހޭދަ ނުކުރުމަށާއި ސިއްހީ އެކި ބަލިތައް ހުންނަ މީހުންނާއި މާބަނޑު މީހުންނާއި ކުޑަކުދިން ބޭރަށް ނުދިއުމަށް އެޗްޕީއޭ އިން ވެސް އިލްތިމާސްކުރެއެވެ. އަދި ކޮންމެހެން ބޭރަށް ދާންޖެހޭނަމަ މާސްކް އަޅައިގެން އުޅުމަށް އެޗްޕީއޭ އިން ވަނީ ނަސޭހަތްތެރިވެފަ އެވެ.










