Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އީރާނުން ނިއުކްލިއާ މަޝްރޫއުގައި ލުއި ދިނުމަށް ތައްޔާރު

އީރާނުން ނިއުކްލިއާ މަޝްރޫއުގައި ލުއި ދިނުމަށް ތައްޔާރު

ހުސައިން އިސްމާއިލް
115 ދުވަސް ކުރިން - 16 ފެބްރުއަރީ 2026 10:43
އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ތަޚްތު-ރަވާންޖީ:  އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމަކީ މަޝްވަރާގެ ތެރޭގައި ހިމެނޭނެ ކަމެއް ނޫން.
އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ތަޚްތު-ރަވާންޖީ: އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމަކީ މަޝްވަރާގެ ތެރޭގައި ހިމެނޭނެ ކަމެއް ނޫން.
ޚުލާސާ

އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދީނަމަ ނިއުކްލިއާ މަޝްރޫއުގައި އީރާނުން ލިމިޓެޑް ލުއިތަކެއް ދޭނެ.

އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމަށްޓަކައި އަދި ދަތިކުރުމުގެ ފިޔަވަޅުތަކަށް ވީހާވެސް އަވަހަށް ލުއިތަކެއް ހޯދުމަށްޓަކައި ނިއުކްލިއާ ޕްރޮގްރާމްގެ ބައެއް ކަންކަމުގައި ލިމިޓެޑް ލުއިތަކެއް ދިނުމަށް ވިސްނަން ތައްޔާރަށް ތިބި ކަމަށް އީރާނުން އިޝާރާތްކޮށްފިއެވެ.

އާ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ކުރިން ވާހަކަ ދައްކަވަމުން ޑެޕިއުޓީ ފޮރިން މިނިސްޓަރު ތަޚްތު-ރަވާންޖީ ވިދާޅުވީ އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމަކީ މަޝްވަރާގެ ތެރޭގައި ހިމެނޭނެ ކަމެއް ނޫން ކަމަށާއި އެއްވެސް ހާލަތެއްގައި އެކަމުގައި މަޝްވަރާ އަށް ފުރުސަތެއް ނުދޭނެ ކަމަށެވެ.

އީރާނާއި އެމެރިކާ މިހާރު ތައްޔާރުވަމުން ދަނީ މި މަހުގެ ކުރީކޮޅު އޮމާންގައި މީގެ ކުރިން ބޭއްވި ބައްދަލުވުމަކާއި ގުޅިގެން އަންގާރަ ދުވަހު ޖެނީވާގައި ނުސީދާ މަޝްވަރާތަކުގެ އާ ބުރަކަށެވެ.

Advertisement

Advertisement 1

ބީބީސީގައި ދެއްވި އިންޓަވިއުއެއްގައި ތަޚްތު-ރަވަންޖީ ވިދާޅުވީ ފުރަތަމަ ބުރުގެ މަޝްވަރާތަކަކީ ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށާއި ނަމަވެސް ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާކުރަން އަދި މާ އަވަސް ކަމަށެވެ.

ޖެނީވާގެ މަޝްވަރާތަކުގައި އެމެރިކާގެ މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިޓްކޯފް އާއި ޖޭރެޑް ކުޝްނަރ ބައިވެރިވާއިރު، މިފަހަރު ވެސް މެދުވެރިއެއްގެ ގޮތުގައި އޮމާން ޙަރަކާތްތެރިވާނެއެވެ.

އީރާން - އެމެރިކާނިއުކްލިއާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނުގެ ބޯޓަކަށް އެމެރިކާ އިން ހަމަލާ ދިނުމުން އޭގަތިބި އެންމެން އީރާނުން ސަލާމަތްކޮށްފި

އީރާނުގެ ބޯޓަކަށް އެމެރިކާ އިން ހަމަލާ ދިނުމުން އޭގަތިބި އެންމެން ސަލާމަތްކޮށްފި

9 ގަޑިއިރު ކުރިން - 14:09

އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭން ފަށައިފި

އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭން ފަށައިފި

1 ދުވަސް ކުރިން - 13:13

އީރާނު ކައިރިން އެމެރިކާގެ ހެލިކޮޕަޓެރެއް ވެއްޓިއްޖެ

އީރާނު ކައިރިން އެމެރިކާގެ ހެލިކޮޕަޓެރެއް ވެއްޓިއްޖެ

1 ދުވަސް ކުރިން - 11:26

އިސްރާއީލުން އީރާނަށް ހަމަލާދޭން ކެރުނީ 8 ގަޑިއިރު ފަހުން

އިސްރާއީލުން އީރާނަށް ހަމަލާދޭން ކެރުނީ 8 ގަޑިއިރު ފަހުން

3 ދުވަސް ކުރިން - 12:57

އެމެރިކާއިން އީރާނަށް ވިސާ ދިނީ މެކްސިކޯގައި ބޭސް ވެގެން ތިބުމަށް މަޖުބޫރުކޮށްފަ

ވިސާ ދިނީ އީރާން ޓީމް މެކްސިކޯގައި ބޭސްވެގެން ތިބުމަށް މަޖުބޫރުކޮށްފަ

4 ދުވަސް ކުރިން - 09:14

ޓްރަމްޕްގެ ބާރުތައް ހަނިކުރުމަށް އެމެރިކާ އިން ގަރާރެއް ފާސްކޮށްފި

ޓްރަމްޕްގެ ބާރުތައް ހަނިކުރުމަށް އެމެރިކާ އިން ގަރާރެއް ފާސްކޮށްފި

7 ދުވަސް ކުރިން - 08:53