Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކުޅުދުއްފުށިގައި އިމިގްރޭޝަންގެ އާ އޮފީސް ރަސްމީކޮށް ހުޅުވައިފި

ކުޅުދުއްފުށިގައި އިމިގްރޭޝަންގެ އާ އޮފީސް ރަސްމީކޮށް ހުޅުވައިފި

އައިޝަތު ރުވާ ރިފްޢަތު
110 ދުވަސް ކުރިން - 16 ފެބްރުއަރީ 2026 09:39
ކުޅުދުއްފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވުން/ ފޮޓޯ: އިމިގްރޭޝަން
ކުޅުދުއްފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވުން/ ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

މި އޮފީހާއެކު އެ އިދާރާގެ އޮފިސަރުންނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ.

އަތޮޅުތެރޭގައި ހިދުމަތްތައް ފުޅާކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުޅުދުއްފުށީގައި އިމިގްރޭޝަންގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި ގާއިމުކުރި އާ އޮފީސް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

ކުޅުދުއްފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އޮފީސް ހުޅުއްވައިދެއްވީ ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަހްމަދު އަޝްފާން އެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވްސް އިމިގްރޭޝަނުން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި އޮފީހާއެކު އެ އިދާރާގެ އޮފިސަރުންނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން، މިފަދަ އޮފީހެއް ހުޅުވުމުގެ އެންމެ ބޮޑު މަގްސަދަކީ މުވައްޒަފުންނަށް މަސައްކަތް ކުރުމަށް އެކަށީގެންވާ ރަނގަޅު މާހައުލެއް ގާއިމުކޮށްދިނުމާއި، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އިމިގްރޭޝަންގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ބޮޑު ލުއިފަސޭހަތަކެއް މަގުފަހިކޮށްދިނުން ކަމަށްވެސް އެ އިދާރާއިން ފާހަަގަކުރި އެވެ.

Advertisement

Advertisement 1

މި އޮފީހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ އިތުރުން މުޅި ތިލަދުންމަތީގެ ރައްޔިތުންނަށް އިމިގްރޭޝަންގެ ހިދުމަތްތައް ހޯދުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ އެވެ.

އިމިގްރޭޝަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކަސްޓަމަރުންގެ ޒާތީ އެއްވެސް މައުލޫމާތެއް އިމިގްރޭޝަނާ ބީއެމްއެލްއާ ދެމެދު ބަދަލެއް ނުކުރެވޭ: ބީއެމްއެލް

ކަސްޓަމަރުންގެ ޒާތީ މައުލޫމާތެއް އިމިގްރޭޝަނުން ނުލިބޭ: ބީއެމްއެލް

31 ދުވަސް ކުރިން - 22:22

"އަދަދު" ނޫހުގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި

"އަދަދު"ގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި

39 ދުވަސް ކުރިން - 13:57

މިހާތަނަށް 9 ކްރޫޒްލައިނާއަކުން 14،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

9 ކްރޫޒްލައިނާއަކުން 14،000 އަށްވުރެ ގިނަ ފަތުރުވެރިން

83 ދުވަސް ކުރިން - 17:30

ރަމަޟާން މަހުގެ ފަހު ދިހައިގެ ބަންދުގައި އިމިގްރޭޝަނުން ހިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

ފަހު ދިހައިގައި އިމިގްރޭޝަނުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި

87 ދުވަސް ކުރިން - 15:07

މި ރަމަޟާން މަހު އިމިގްރޭޝަނުން މާލެއާއި ރަށްރަށުގައި ހިދުމަތްދޭނެ ގަޑިތައް ހާމަކޮށްފި

ރަމަޟާން މަހު އިމިގްރޭޝަނުން ހިދުމަތްދޭނެ ގަޑިތައް ހާމަކޮށްފި

106 ދުވަސް ކުރިން - 20:13

ވޭޕް ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު އަތުލައިގަނެ އިމިގްރޭޝަނާ ހަވާލުކޮށްފި

ވޭޕް ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު އަތުލައިގަނެ އިމިގްރޭޝަނާ ހަވާލުކޮށްފި

109 ދުވަސް ކުރިން - 20:36