އެމެރިކާގެ މަނަވަރު އެކްސިޑެންޓް ވެއްޖެ

ހުސައިން އިސްމާއިލް | 12 ގަޑިއިރު ކުރިން - 14 ފެބްރުއަރީ 2026 14:43
އެމެރިކާގެ މަނަވަރު އެކްސިޑެންޓް ވެ ދެމީހަކަށް އަނިޔާވެއްޖެ.
އެމެރިކާގެ މަނަވަރު އެކްސިޑެންޓް ވެ ދެމީހަކަށް އަނިޔާވެއްޖެ.
ޚުލާސާ

އީރާނަށް ބިރުދައްކަން އުޅުނު އެމެރިކާގެ މަނަވަރާއި ސަޕޯޓް އުޅަނދު ޖެހި އެކްސިޑެންޓް ވެއްޖެ.

އީރާނަށް ޙަމަލާ ދޭނެ ކަމަށް ބުނެ ބިރުދައްކައި މަނަވަރުތައް ފޮނުވާފައިވާއިރު، އެ މީހުންގެ މިސައިލް ޑިސްޓްރޯޔަރ، ޔޫއެސްއެސް ޓްރަކްސްޓަން އާއި ފަސްޓް ކޮމްބަޓް ސަޕޯޓް ޝިޕް ޔޫއެސްއެންއެސް ސަޕްލައި ކޮންޓްރޯލުން ނެއްޓި އެކަތި އަނެކައްޗާއި މުޑިއަރައި ބޮށެތި ގެއްލުންތަކެއް ވެއްޖެއެވެ.

ކެރީބިއަން ކަނޑުގައި ހިނގި މި ހާދިސާގައި ދެމީހުންނަށް އަނިޔާވެސް ވެފައި ވެއެވެ.

މިދިޔަ އަހަރު ވެސް އެމެރިކާގެ މަތިންދާބޯޓު އުފުލާ ބޯޓު ޔޫއެސްއެސް ހެރީ އެސް ޓްރޫމަން ވަނީ ސުއޭޒް ކެނަލް ކައިރީގައި އެކްސިޑެންޓް ވެފައެވެ.

އެމެރިކާ އިން އީރާނާއި ކުރިމަތިލާން މަސައްކަތް ކުރަމުންދާއިރު، ދެޤައުމުގެ ދެމެދުގައި ނުސީދާ މަޝްވަރާތައް ވެސް ދަނީ ކުރިޔަށެވެ.

އީރާނުން ބުނީ އެ ޤައުމަށް އެމެރިކާ އިން ޙަމަލާ ދީފި ނަމަ އެމެރިކާގެ ހަނގުރާމަމަތީ ބިޔަ މަނަވަރާއި އޭގައި ތިބިހާ ބަޔަކާއި އާލާތްތައް ނައްތާލާނެ ކަމަށާއި، މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަން ވެސް ފައްތާލާނެ ކަމަށެވެ.

އީރާނުން ވަނީ އެ ޤައުމުގެ ޑްރޯން އުފުލާ ބިޔަ މަނަވަރު ކަމަށްވާ އައްޝަހީދު ބަހްމާން ބާޤިރީ ވެސް ތައްޔާރީ ޙާލަތަށް ނެރެފައެވެ. މިއީ ޒަމާނީ އެންމެ ވަރުގަދަ 60 ޖެޓް އެއްފަހަރާ އުފުލޭ ވަރުގެ ބިޔަ މަނަވަރެކެވެ.

ޑްރޯން ތަކާއި އެކު ޝަހީދު ބާޤޭރީ - މިއީ އެންމެ ބޮޑެތި ހަނގުރާމަމަތީ 60 ޖެޓް އެއްފަހަރާ އުފުލޭ ވަރުގެ މަނަވަރެއް

ޝަހީދު ބާޤޭރީ އަކީ ދެވަނަފަހަރަށް ތެޔޮ ނާޅައި 22000 ނޯޓިކަލް މޭލަށް ދަތުރުކުރާ މަނަވަރެކެވެ. އެހެންކަމުން މިއީ އީރާނުން އެމެރިކާ އަށް، އަދި އެނބުރި އީރާނަށް އާދެވޭ ވަރުގެ މަނަވަރެކެވެ. އެމެރިކާ އާއި އީރާނާއި ދެމެދުގައި ވަނީ ގާތްގަނޑަކަށް 7260 ވަރަކަށް މޭލެވެ. މި މަނަވަރަކީ އީރާނުގެ އެންމެ ޚާއްސަ ޑްރޯން ކެރިއާ ހަނގުރާމަ މަނަވަރެވެ. އައިއާރްޖީސީގެ ބިޔަ ލަޝްކަރާއި މި މަނަވަރު ގުޅުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ޢައްބާސް ބަނދަރުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

3 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%