Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރޮބޮޓިކް ސިސްޓަމް ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް އޮޕަރޭޝަންތަކެއް ކާމިޔާބުކޮށްފި

ރޮބޮޓިކް ސިސްޓަމް ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް އޮޕަރޭޝަންތަކެއް ކާމިޔާބުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
202 ދުވަސް ކުރިން - 11 ފެބްރުއަރީ 2026 14:14
ރޮބޮޓެއް ބޭނުންކޮށްގެން އޮޕަރޭޝަން ކުރި ލީ، އޭނާގެ ޑޮކްޓަރުންނާއި އެކު---
ރޮބޮޓެއް ބޭނުންކޮށްގެން އޮޕަރޭޝަން ކުރި ލީ، އޭނާގެ ޑޮކްޓަރުންނާއި އެކު---
ޚުލާސާ

މިއީ އީސްޓް ކެންޓް ސަރަހައްދުގެ ބަލިމީހުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މި އޮޕަރޭޝަންތައް ކުރިއަށް ގެންދިޔަ ކޮލޮރެކްޓަލް އެންޑް ޖެނެރަލް ސާޖަން ސުދާކަރް މަންގަމް ފާހަގަކުރި.

އިނގިރޭސިވިލާތުގެ ކެންޓްގެ މާގޭޓްގައި ހުންނަ ކުއީން އެލިޒަބަތު ދަ ކްއީން މަދާ ހޮސްޕިޓަލުގައި، އެންމެ ފަހުގެ ޒަމާނީ ރޮބޮޓިކް ސިސްޓަމް ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް އޮޕަރޭޝަންތަކެއް ކޮށްފި އެވެ. "ހިއުގޯ" ގެ ނަމުން ނަންދެވިފައިވާ މި ރޮބޮޓިކް ނިޒާމު ބޭނުންކޮށްގެން އެންމެ ފުރަތަމަ އޮޕަރޭޝަން ކުރީ ގޮހޮރުގެ ކެންސަރަށް ފަރުވާ ހޯދަމުންދާ މެންޑީ ލީ ނަމަކަށް ކިޔާ މީހެކެވެ.

އޮޕަރޭޝަނަށްފަހު ވާހަކަދައްކަމުން ލީ ބުނީ، ރޮބޮޓެއް ބޭނުންކޮށްގެން އޮޕަރޭޝަން ކުރުމަކީ ފުރަތަމަ ކުޑަކޮށް ބިރުގަތް ކަމެއް ނަމަވެސް، އޭނާގެ އެންމެ ބޮޑު ބޭނުމަކީ ވީހާވެސް އަވަހަށް ކެންސަރުގެ ބަލިން ސަލާމަތްވުން ކަމަށެވެ. ގޮހޮރުގެ ބައެއް ނެގުމަށް އޮޕަރޭޝަން ކުރި ލީ އިތުރަށް ބުނިގޮތުގައި، މި ރޮބޮޓަކީ ޔޫރަޕްގެ އެކި ހިސާބުތަކުގައި ބޭނުންކޮށް، ކާމިޔާބު ނަތީޖާތަކެއް ހޯދާފައިވާ އެއްޗެއްކަމުގެ ޔަގީންކަން ޑޮކްޓަރުން ވަނީ އޭނާއަށް ދީފައެވެ.

މި އޮޕަރޭޝަންތައް ކުރިއަށް ގެންދިޔަ ކޮލޮރެކްޓަލް އެންޑް ޖެނެރަލް ސާޖަން ސުދާކަރް މަންގަމް ބުނީ، މިއީ އީސްޓް ކެންޓް ސަރަހައްދުގެ ބަލިމީހުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި އައު ޓެކްނޮލޮޖީގެ ސަބަބުން އިތުރު ފުރިހަމަކަމާއެކު އޮޕަރޭޝަންތައް ކުރެވި، ބަލިމީހުން އަވަހަށް ފަސޭހަވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަރި އެވެ.

Advertisement

Advertisement 1

މި ރޮބޮޓުގެ ހާއްސަ ސިފަތަކަށް ބަލާއިރު، މީގައި ހަތަރު އަތް ހިމެނޭއިރު، މިއީ ޑޮކްޓަރުން ދުރުގައި ތިބެގެން ކޮންޓްރޯލްކުރާ ނިޒާމެކެވެ. މި ނިޒާމުގެ އެހީގައި ބަލިމީހާގެ ހަށިގަނޑުގެ އެތެރެ 3D މަންޒަރުތަކުން ވަރަށް ސާފުކޮށް ޑޮކްޓަރުންނަށް ފެންނަން ހުރެ އެވެ. އިނގިރޭސިވިލާތުގެ އެންއެޗްއެސްއިން މި ރޮބޮޓް އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ 2023 ވަނަ އަހަރު ލަންޑަނުގަ އެވެ.

ކުއީން އެލިޒަބަތު ދަ ކްއީން މަދާ ހޮސްޕިޓަލުގައި މި ރޮބޮޓް ބޭނުންކޮށްގެން ދެވަނައަށް އޮޕަރޭޝަން ކުރީ ހާން ބޭ އަށް ނިސްބަތްވާ އުމުރުން 68 އަހަރުގެ ސްޓެންލީ ރަސަލް އެވެ. އޭނާގެ ގޮހޮރުން ފެނުނު ކެންސަރުގެ މުލިއްސެއް ނެގުމަށް ކުރި މި އޮޕަރޭޝަނާ ގުޅޭގޮތުން ރަސަލް ބުނީ، އާދައިގެ އޮޕަރޭޝަންތަކަށްވުރެ މި ގޮތް މާ ތަދުކުޑަވާނެކަން ޑޮކްޓަރުން ވަރަށް ރަނގަޅަށް ކިޔައިދިން ކަމަށެވެ. "އަހަރެން އޮޕަރޭޝަން ކުރީ ބުރާސްފަތި ދުވަހު، އަދި އާދީއްތަ ދުވަހު ގެއަށް ދެވުނު. މިހާރު ދުވަހެއް ދުވަހަކަށް ހާލު ރަނގަޅުވަމުން އަންނަނީ،" އޭނާ ބުންޏެވެ.

އެންއެޗްއެސް ގެ އަމާޒަކީ 2035 ވަނަ އަހަރު އަންނަންވާއިރު، ކެންސަރު ބަލިމީހުންނަށް ކުރާ ރޮބޮޓިކް އޮޕަރޭޝަންތަކުގެ އަދަދު އަހަރަކު 70,000 އިން 500,000 އަށް އިތުރުކުރުމެވެ. މިއީ ސިއްހީ ދާއިރާއަށް އަންނަ އިންގިލާބީ ބަދަލެއްގެ ގޮތުގައި މާހިރުން ސިފަކުރެ އެވެ.

ސިއްހަތު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

10 ދުވަސް ކުރިން - 15:57

ލަންކާގެ ޑޮކްޓަރެއް، ފިރިހެނެއްގެ މަސާނާއިން 3.1 ކިލޯގެ ހިލައެއް ނަގައި ދުނިޔޭގެ ރެކޯޑެއް ހަދައިފި

ފިރިހެނެއްގެ މަސާނާއިން 3.1 ކިލޯގެ ހިލައެއް ނަގައި ދުނިޔޭގެ ރެކޯޑެއް ހަދައިފި

14 ދުވަސް ކުރިން - 17:37

މާލެއަށް ބަރޯސާވުން ކުޑަކުރަން އަތޮޅުތެރޭގެ 10 ރަށެއްގެ ހޮސްޕިޓަލްތައް ތަރައްގީކުރަނީ

މާލެއަށް ބަރޯސާވުން ކުޑަކުރަން އަތޮޅުތެރޭގެ 10 ރަށެއްގެ ހޮސްޕިޓަލްތައް ތަރައްގީކުރަނީ

22 ދުވަސް ކުރިން - 10:22

އިތުރު 15 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ދެނީ

އިތުރު 15 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ދެނީ

99 ދުވަސް ކުރިން - 10:58

އޭޑީއެޗްޑީގެ ފަރުވާއަށް މިތައިލްފެނިޑޭޓް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިފި

އޭޑީއެޗްޑީގެ ފަރުވާއަށް މިތައިލްފެނިޑޭޓް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިފި

112 ދުވަސް ކުރިން - 20:27

ބާލީހަށް ކުޅުދިޔުމަކީ ސިއްހީ ނުރައްކާތެރި ބައްޔެއްގެ ނިޝާނަކަށް ވެދާނެ

ބާލީހަށް ކުޅުދިޔުމަކީ ނުރައްކާތެރި ބައްޔެއްގެ ނިޝާނަކަށް ވެދާނެ

129 ދުވަސް ކުރިން - 20:58