ދަންވަރު އެކެއް ޖަހަންދެން ރޯދަ މަހު ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ: މިނިސްޓްރީ

މަރްޔަމް މާޙީ | 16 ގަޑިއިރު ކުރިން - 10 ފެބްރުއަރީ 2026 10:25
ދަންވަރު އެކެއް ޖަހަންދެން ރޯދަ މަހު ފިހާރަތައް ހުޅުވާފައި ބެހެއްޓޭ--- ފޮޓޯ: އެސްޓީއޯ
ދަންވަރު އެކެއް ޖަހަންދެން ރޯދަ މަހު ފިހާރަތައް ހުޅުވާފައި ބެހެއްޓޭ--- ފޮޓޯ: އެސްޓީއޯ
ޚުލާސާ

ރޯދަ މަހުގައި ފިހާރަތައް ދަންވަރު އެކެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ ކަން އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ކުރިއަށް އޮތް ރަމަޟާން މަހު, ފިހާރަތައް ދަންވަރު 1:00 އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން މިއަދު ހާމަ ކޮށްފިއެވެ.

އެ މިނިސްޓްރީ އިން މިއަދު ކުރި އިއުލާނުގައި ބުނީ 10 ފެބްރުއަރީ 2026 އިން ފެށިގެން އަދި ރަމަޟާން މަހާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30 އިން މެންދަމު 1:00 އަށް ކަމަށެވެ.

"ރޯދަމަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދުއެވެ," އެކުންފުނީގެ އިއުލާނުގައި ވެއެވެ.

އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދުގައި ކަން ވެސް ވަނީ މިއަދު އިއުލާނުކޮސްފައެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް, މުދަލާއި ހިދުމަތްތައް ހޯދުމުގައި ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ވިޔަފާރިކުރާ ތަންތަން ހުޅުވާފައި ބަހައްޓާ ގަޑިތަކަށް ސަރުކާރުން މިފަދަ ބަދަލުތައް ގެނެއެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%