ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓުތައް ރޯދަމަހު ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ކަނޑައަޅައިފި

މުހައްމަދު ޖަމްޝަތު | 8 ގަޑިއިރު ކުރިން - 9 ފެބްރުއަރީ 2026 19:15
މާލޭގެ ފުޑް ކޯޓުތައް. ރޯދަމަހު މިފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް މިހާރު ވަނީ އާއްމުކޮށްފަ---ފޮޓޯ:ޚުލާސާ
މާލޭގެ ފުޑް ކޯޓުތައް. ރޯދަމަހު މިފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް މިހާރު ވަނީ އާއްމުކޮށްފަ---ފޮޓޯ:ޚުލާސާ
ޚުލާސާ

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަސް ދިމާވަނީ މިމަހުގެ 18 ވަނަ ދުވަހަށް

ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނާއި މުދާ ވިއްކާ ތަންތަން ކުރިއަށް އޮތް ރޯދަމަހު ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އާންމުންނަށް ފަސޭހައިން ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެފަދަ ތަންތަނުން ހިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ރޯދަމަހު ހުޅުވާފައި ބެހެއްޓޭނީ ކޮންމެ ދުވަހެއްގެ ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 އާ ހަމައަށް ކަމަށެވެ. އަދި ހަ ރޯދައިގެ ދުވަސްތަކުގައި ވެސް އެ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު އެވެ.

މިނިސްޓްރީން ބުނިގޮތުގައި، ފިހާރަތައް ނުވަތަ މުދާ ވިއްކާ ތަންތަން މާދަމާ އިން ފެށިގެން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށެވެ. ރޯދަމަހާއި ހަ ރޯދަ ނިމެންދެން ވެސް އެ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ އެއީ އެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި 24 ގަޑިއިރު ހިދުމަތް ދިނުމުގެ ހުއްދަ ދޫކޮށްފައިވާ ތަންތަން ހިމެނޭ ގޮތަށް، ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ވެސް އެ ގަޑިތަކުގަ އެވެ.



Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%