Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުރިއަށް އޮތް 4 ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުހުގެ އަސަރުކުރާނެ

ކުރިއަށް އޮތް 4 ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުހުގެ އަސަރުކުރާނެ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
208 ދުވަސް ކުރިން - 9 ފެބްރުއަރީ 2026 15:37
މާލޭ ސަރައްހަދުގައި ނުރައްކާ މިންވަރަށް ވައިނުސާފުވެފައި--- ފޮޓޯ: ޚުލާސާ
މާލޭ ސަރައްހަދުގައި ނުރައްކާ މިންވަރަށް ވައިނުސާފުވެފައި--- ފޮޓޯ: ޚުލާސާ
ޚުލާސާ

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަކިން ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު އަންނަނީ ކުރަމުން

ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުހުގެ އަސަރުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ހާމަކޮށްފި އެވެ.

މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް، ވަކިން ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު އަންނަނީ ކުރަމުންނެވެ. އެގޮތުން ދުރު ފެންން މިންވަރު ތިން ކިލޯމީޓަރަށްވުރެ ދަށްވެފައިވާއިރު، ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ދުންފުހުގެ އަސަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުންނާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

Advertisement

Advertisement 1

މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ހަތަރު ދުވަހު ވެސް އިރު އުތުރުން އަންނަ ވަޔާއެކު، ދުންފުހުގެ އަސަރު ރާއްޖެ މަތީގައި ހުންނާނެ ކަމަށް ބެލެވޭތީ ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކާއި، ކަނޑުދަތުރުކުރާ ފަރާތްތަކުން ވެސް މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްމާސްކޮށްފަ އެވެ.

ވައި ނުސާފުވުމުގެ ސަބަބުން ފުއްޕާމެއާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ބަލި ބޮޑުވުމުގެ ނުރައްކާ އޮވެ އެވެ. އެހެންކަމުން މި ދުވަސްވަރު ބޭރުގައި އުޅޭއިރު ރައްކާތެރިވުމުގެ ގޮތުން މާސްކެއް ބޭނުންކުރުމަށާއި، ގޭތެރެއަށް ނުސާފު ވައި ނުވަންނާނެހެން ދޮރުތައް ލައްޕާފައި ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، ނޭވާލާ ނިޒާމުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތައް ހުންނަ ފަރާތްތަކުގެ އިތުރުން ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކުން މިދުވަސްވަރު ބޭރަށް ނުނިކުތުމަށް ސިއްހީ މާހިރުން ބާރުއަޅުއްވަ އެވެ.

މިދުވަސްވަރު ރާއްޖޭގެ ވައި މިހާ ބޮޑަށް ނުސާފުވަނީ އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާއާއި ހިމާލިޔާ ސަރަހައްދުން އަންނަ ދުންފުހުގެ ސަބަބުންނެވެ. މިއީ ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމުގައި ރާއްޖެއަށް ކުރިމަތިވާ މައްސަލައެއްކަން ފާހަގަކުރެވެ އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)މޫސުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދުނިޔެ ހޫނުވާ މިންވަރު، ކަނޑައަޅާފައިވާ އިމަށްވުރެ މައްޗަށް ދާނެކަމަށް އދ. އިން ބުނެފި

ދުނިޔެ ހޫނުވާ މިންވަރު، ކަނޑައަޅާފައިވާ އިމަށްވުރެ މައްޗަށް ދާނެކަމަށް އދ. އިން

4 ދުވަސް ކުރިން - 12:47

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

6 ދުވަސް ކުރިން - 08:59

އެލް-ނީނޯގެ ބާރު ގަދަވެ ރާއްޖޭގެ ހޫނުމިން މަތިވާނެތީ ދުރާލާ ތައްޔާރުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި

އެލް-ނީނޯގެ ބާރު ގަދަވެ ރާއްޖޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަނީ

9 ދުވަސް ކުރިން - 11:04

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފި

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

26 ދުވަސް ކުރިން - 08:47

ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ޔެލޯ އެލާޓް!

ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ޔެލޯ އެލާޓް!

37 ދުވަސް ކުރިން - 09:58

ކަނޑުތައް ގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރަށް ހުދު ސަމާލު ނެރެފި

ކަނޑުތައް ގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް އުތުރަށް ހުދު ސަމާލު ނެރެފި

64 ދުވަސް ކުރިން - 12:19