Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސުޕާ ބޯލް ހާފް-ޓައިމް ޝޯގައި ބޭޑް ބަނީ ސިޔާސީ ހޫނުގަނޑެއް އުފައްދާފާނެތަ؟

ސުޕާ ބޯލް ހާފް-ޓައިމް ޝޯގައި ބޭޑް ބަނީ ސިޔާސީ ހޫނުގަނޑެއް އުފައްދާފާނެތަ؟

އައިޝަތު ރުވާ ރިފްޢަތު
157 ދުވަސް ކުރިން - 7 ފެބްރުއަރީ 2026 20:19
އެރްޓޯ ރިކޯގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބޭޑް ބަނީ
އެރްޓޯ ރިކޯގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބޭޑް ބަނީ
ޚުލާސާ

އެމެރިކާގެ އިމިގްރޭޝަން ސިޔާސަތުތަކާ ދެކޮޅަށް ބޭޑްބަނީ ފާޅުކުރާ ހަރުކަށި ހިޔާލުތަކުގެ ސަބަބުން، އޭނާއަކީ އެމެރިކާގެ ރައްޔިތަކަށް ވީނަމަވެސް، ބައެއް ފަރާތްތަކުން ދަނީ އޭނާ ގައުމުން ބޭރުކޮށްލުމަށްވެސް ގޮވާލަމުން.

މިއަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 60 ވަނަ "ސުޕާ ބޯލް" މުބާރާތުގެ ފައިނަލްގައި ސިއެޓްލް ސީހޯކްސް އާއި ނިއު އިންގްލަންޑް ޕެޓްރިއަޓްސް ތަށި ހޯދުމަށް ކުރިމަތިލާއިރު، މުޅި ދުނިޔޭގެ ސަމާލުކަން މިވަނީ މެޗުގެ މެދުތެރެއިން ފެނިގެންދާ ހާފް-ޓައިމް ޝޯއަށް ހުއްޓިފަ އެވެ. މިފަހަރުގެ ޝޯއަކީ ހަމައެކަނި މިއުޒިކީ ހުށަހެޅުމެއްގެ ބަދަލުގައި، ފޯރިގަދަ ސަގާފީ އަދި ފިކުރީ ހަނގުރާމައަކަށް ވެގެންދާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ޝޯގެ މައިގަނޑު ފަންނާނެއްގެ ގޮތުގައި ހަމަޖައްސާފައިވާ ޕުއެރްޓޯ ރިކޯގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބޭޑް ބަނީ އަށް މިވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އެމެރިކާގެ އިމިގްރޭޝަން ސިޔާސަތުތަކާ ދެކޮޅަށް އޭނާ ފާޅުކުރާ ހަރުކަށި ހިޔާލުތަކުގެ ސަބަބުން، އޭނާއަކީ އެމެރިކާގެ ރައްޔިތަކަށް ވީނަމަވެސް، ބައެއް ފަރާތްތަކުން ދަނީ އޭނާ ގައުމުން ބޭރުކޮށްލުމަށްވެސް ގޮވާލަމުންނެވެ.

ހާފް-ޓައިމް ޝޯތަކަކީ އަބަދުވެސް ބަހުސްތައް އުފެދޭ ކަންކަމެވެ. އެގޮތުން 2004 ވަނަ އަހަރު ޖެނެޓް ޖެކްސަންގެ ހާދިސާއާއި، 2016 ވަނަ އަހަރު ބިޔޯންސޭގެ "ބްލެކް ލައިވްސް މެޓަރ" އާ ގުޅޭ ލަވަ ހުށަހެޅުން ފާހަގަކޮށްލެވެ އެވެ. ނަމަވެސް، ދުނިޔޭގައި އެންމެ ގިނަ މީހުން އަޑުއަހާ އަދި މައިގަނޑު ގޮތެއްގައި ސްޕެނިޝް ބަހުން ލަވަކިޔާ ބޭޑް ބަނީ ސްޓޭޖަށް އެރުމުގެ ކުރިންވެސް މިއަހަރުގެ ޝޯއާ މެދު ވަނީ ބޮޑެތި ބަހުސްތަކެއް ފެށިފަ އެވެ.

Advertisement

Advertisement 1

ރިޕަބްލިކަން ޕާޓީގެ އިސް ބޭފުޅުން ވަނީ އޭނާގެ ސިޔާސީ ފިކުރަށް ނުރުހުން ފާޅުކުރައްވާފަ އެވެ. އެލަބާމާގެ ސެނެޓަރަކު މި ޝޯ ސިފަކުރެއްވީ "ވޯކް ބޯލް" އެއްގެ ގޮތުގައެވެ. މިގެއިތުރުން ރައީސް ޑޮނަލްޑް ޓްރަމްޕް، ބޭޑް ބަނީ ސުޕާ ބޯލްގައި ޕާފޯމްކުރުމަށް ހޮވުމަކީ "މުޅިން މޮޔަ" ކަމެއްގެ ގޮތުގައި ވިދާޅުވިއިރު، ހައުސްގެ ސްޕީކަރުވެސް އެކަން ސިފަކުރެއްވީ "ވަރަށް ގޯސް ނިންމުމެއް" ގެ ގޮތުގަ އެވެ.

މިކަމާ ދެކޮޅަށް ކޮންޒަވޭޓިވް ޖަމްއިއްޔާއެއް ކަމަށްވާ "ޓާނިންގް ޕޮއިންޓް ޔޫއެސްއޭ" އިން ވަނީ ބޭޑް ބަނީގެ ޝޯއާ ދިމާކޮށް "އޯލް އެމެރިކަން" ގެ ނަމުގައި އިދިކޮޅު ޕްރޮގްރާމެއް ދެއްކުމަށް ނިންމާފަ އެވެ. މި ޝޯގައި މައިގަނޑުކޮށް ފެނިގެންދާނީ ޓްރަމްޕްގެ ވަފާތެރިއެއް ކަމަށްވާ ކިޑް ރޮކް އެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އުމުރުން 31 އަހަރުގެ ބޭޑް ބަނީ އިޝާރާތްކުރި ގޮތުގައި، އޭނާގެ ހުށަހެޅުމަކީ ބައިބައިވުން އުފެއްދުމުގެ ބަދަލުގައި އެއްބައިވަންތަކަމާއި ހިތްހަމަޖެހުން ގެނެސްދޭނެ ހުސަހެޅުންތަކަމަށް ވާނެކަމަށެވެ.

"އަހަރެންއަށް ޔަގީން މި އާދީއްތަ ދުވަހު މުޅި ދުނިޔެ އުފާވާނެކަން، އަދި އެންމެން މަޖާކޮށް، ނަށައި، ހިތްހަމަޖޭ ވަގުތުކޮޅެއް ހޭދަކުރާނެކަން،" އޭނާ ބުންޏެވެ.

ނަމަވެސް، މިދިޔަ ހަފުތާގައި ބޭއްވި ގްރެމީ އެވޯޑްސްގައި އެންމެ ޝަރަފުވެރި އެވޯޑު ކާމިޔާބުކުރުމަށްފަހު އޭނާގެ ބަސްމަގު ހުރީ މާ ސީދާކޮށެވެ. އެއްވެސް މީހަކަށް ޝުކުރު އަދާކުރުމުގެ ކުރިން އޭނާ ބުނީ "އައި.ސީ.އީ އައުޓް" މިހެންނެވެ. މިއީ އެމެރިކާގެ އެކި ސިޓީތަކުން ބިދޭސީން ހައްޔަރުކުރުމުގެ ބޮޑެތި އޮޕަރޭޝަންތައް ހިންގާ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓްއަށް އަމާޒުކޮށް ބޭޑްބަނީ ބުނި ބަހެކެވެ.

ޓްރަމްޕް ރައީސްކަމަށް އިންތިހާބުވީ ގަވާއިދާ ހިލާފަށް އެތެރެވާ ބިދޭސީން ހުއްޓުވާނެ ކަމަށް ވީ ވައުދާއެކުގަ އެވެ. ނަމަވެސް، ފަހަކަށް އައިސް ފެޑެރަލް އެޖެންޓުން މިފަދަ އޮޕަރޭޝަންތަކުގައި އެމެރިކާގެ ދެ ރައްޔިތަކު މަރާލުމާ ގުޅިގެން، އެ އިދާރާގެ އަމަލުތަކަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.

"އަހަރެމެންނަކީ ޖަނަވާރުންނެއް ނޫން. އަހަރެމެންނަކީ ބޭރު ދުނިޔެއަކުން އައިސް އުޅޭ ބައެއް ނޫން. އަހަރެމެންނަކީ އިންސާނުން، އަދި އަހަރެމެންނަކީވެސް އެމެރިކާ މީހުން،" ބޭޑް ބަނީ ގްރޭމީ އެވޯޑް ހަފްލާގައި ބުނި އެވެ.

އެތައް މިލިއަން ބަޔަކު މި ޝޯ ބަލާނެ ކަމަށް ލަފާކުރެވޭއިރު، ބޭޑް ބަނީ ސްޓޭޖްމަތީގައި ދައްކާނީ ކޮން ކަހަލަ މަންޒަރެއް ނުވަތަ ބުނާނީ ކީކޭކަން އޮތީ ބޮޑު ސުވާލެއްގެ ތެރޭގަ އެވެ.

އެމެރިކާހޮލީވުޑް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

16 ގަޑިއިރު ކުރިން - 17:03

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

1 ދުވަސް ކުރިން - 01:08

މައިކަލް ޖެކްސަންގެ ބަޔޮޕިކް "މައިކަލް"އަށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއާއެކު އާ ރެކޯޑެއް

މައިކަލް ޖެކްސަންގެ ބަޔޮޕިކް"މައިކަލް"އަށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް

1 ދުވަސް ކުރިން - 14:33

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

3 ދުވަސް ކުރިން - 11:26

ވޯލްޑް ކަޕް ފައިނަލްގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި، އެންމެ އަގުބޮޑު ޓިކެޓު 34,500 ޑޮލަރަށް!

ފައިނަލް މެޗުގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި

4 ދުވަސް ކުރިން - 01:27

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް ޝޯއިން ޖަސްޓިން ބީބާ ފެނިގެންދާނެ

4 ދުވަސް ކުރިން - 22:00