ރ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ވައިޓް އެލާޓް ނެރެފި

ހައްވާ މިރުފާ | 8 ގަޑިއިރު ކުރިން - 7 ފެބްރުއަރީ 2026 19:01
ރާއްޖޭގެ ކަނޑުތައް ގަދަވުން--- ފޮޓޯ: އެޑިޝަން އެމްވީ
ރާއްޖޭގެ ކަނޑުތައް ގަދަވުން--- ފޮޓޯ: އެޑިޝަން އެމްވީ
ޚުލާސާ

މިއަދު ހަވީރު 06:15 ފެށިގެން 5 ގަޑިއިރު ރ. އަތޮޅުން ފެށިގެން އދ. އަތޮޅުގެ ސަރަހައްދުގައި ކަނޑު ދަތުރު ކުރާ ނަމަ މޫސުމަށް ސަމާލުވުން މުހިންމު

ރ.އަތޮޅުން ފެށިގެން އދ. އަތޮޅުގެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

ރ. އަތޮޅުން ފެށިގެން އދ. އަތޮޅުގެ ސަރަހައްދަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވާ ކަމަށް މެޓް އޮފީހުން ހާމަކޮށްފައި ވަނީ އެކްސްގައި މިއަދު ހިއްސާ ކުރި ޕޯސްޓެއްގައި އެވެ. އެ ޕޯސްޓުގައި މެޓް އޮފީހުން ބުނެފައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާއި މެދު މި ސަރައްދުތަކުގެ ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓް އޮފީހުން މި ސަރައްދުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހަވީރު: 06:15 ފެށިގެން މިރޭ 11:00 ގެ ނިޔަލަށެވެ.

Ad

އެހެންކަމުން މިވަގުތުތަކުގައި ކަނޑު ދަތުރުފަތުރު ކުރާ ނަމަ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައި އެވެ.


Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%