Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޓިކްޓޮކްގެ "ދެވިހިފާ ޑިޒައިން" ބަދަލުނުކޮށްފިނަމަ ބޮޑު ޖޫރިމަނާއެއް ކުރާނެ ކަމުގެ އިންޒާރު ދީފި

ޓިކްޓޮކްގެ "ދެވިހިފާ ޑިޒައިން" ބަދަލުނުކޮށްފިނަމަ ބޮޑު ޖޫރިމަނާއެއް ކުރާނެ ކަމުގެ އިންޒާރު ދީފި

އައިޝަތު ރުވާ ރިފްޢަތު
193 ދުވަސް ކުރިން - 6 ފެބްރުއަރީ 2026 23:37
ޓިކްޓޮކް އަކީ ވީޑިއޯތައް ބެލުމަށްޓަކައި ދުނިޔޭގެ އެކިކަންކޮޅުގައި އެންމެ މަގުބޫލު އެއް އެޕްލިކޭޝަން---
ޓިކްޓޮކް އަކީ ވީޑިއޯތައް ބެލުމަށްޓަކައި ދުނިޔޭގެ އެކިކަންކޮޅުގައި އެންމެ މަގުބޫލު އެއް އެޕްލިކޭޝަން---
ޚުލާސާ

ވީޑިއޯތައް އަމިއްލައަށް ފެށޭ 'އޮޓޯޕްލޭ' ފަދަ ފީޗާގެ ސަބަބުން ބޭނުންކުރާ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށް ލިބިދާނެ ގެއްލުންތަކަށް ޓިކްޓޮކުން އެކަށީގެންވާ ވަރަށް ރިއާޔަތްކޮށްފައިނުވާ ކަމަށް އީޔޫއިން ފާހަގަކުރޭ.

ޓިކްޓޮކް އިން އޮންލައިން ސަލާމަތީ ގަވާއިދުތަކާ ހިލާފުވެފައިވާކަން ހާމަކޮށް، އެ ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތައް އެއަށް ދެވިހިފާ ގޮތަށް ހުންނަ "އެޑިކްޓިވް ޑިޒައިން" ނުވަތަ ފަރުމާތައް ބަދަލުނުކޮށްފިނަމަ ބޮޑު ޖޫރިމަނާއެއް ކުރާނެ ކަމުގެ އިންޒާރު ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ޓިކްޓޮކް ކުންފުންޏަށް ދީފިއެވެ.

މި ނިންމުމަކީ ޗައިނާގެ ބައިޓްޑާންސް ކުންފުނިން ހިންގާ މި އެޕްއާ ގުޅޭގޮތުން 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޔޫރަޕިއަން ކޮމިޝަނުން ކުރިއަށްގެންދިޔަ ތަހުގީގަކަށް ފަހު ނިންމި ނިންމުމެކެވެ.

ކޮމިޝަނުގެ ވަގުތީ ހޯދުންތަކުން ދައްކާ ގޮތުގައި، ވީޑިއޯތައް އަމިއްލައަށް ފެށޭ 'އޮޓޯޕްލޭ' ފަދަ ސިފަތަކުގެ ސަބަބުން ކުޑަކުދިން ހިމެނޭހެން ބޭނުންކުރާ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށް ލިބިދާނެ ގެއްލުންތަކަށް ޓިކްޓޮކުން އެކަށީގެންވާ ވަރަށް ރިއާޔަތްކޮށްފައެއް ނުވެ އެވެ. އަދި މިފަދަ ނުރައްކާތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައިވެސް އެ ކުންފުނި ވަނީ ނާކާމިޔާބުވެފަ އެވެ.

Advertisement

Advertisement 1

މިކަމާ ގުޅިގެން ޓިކްޓޮކްގެ ތަރުޖަމާނަކު ބުނި ގޮތުގައި އެ ހޯދުންތަކަކީ އެ ކުންފުނީގެ ޕްލެޓްފޯމާ ބެހޭގޮތުން ހަދާފައިވާ "ކަނޑައެޅިގެން ދޮގު އަދި އެއްވެސް އަސާސެއް ނެތް" ވާހަކަތަކެއް ކަމަށެވެ. އަދި މި ނިންމުންތައް އިސްތިއުނާފު ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

އީޔޫގެ މި ހޯދުންތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު މިހާރު ވަނީ ޓިކްޓޮކަށް ދީފައެވެ. މި މަރުހަލާގެ ނަތީޖާއަށް ބިނާކޮށް، އެ ކުންފުނީގެ އަހަރީ އާމްދަނީގެ 6 އިންސައްތައާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެ އެވެ. މިއީ އެތައް ބިލިއަން ޑޮލަރަކަށް އަރާނެ އަދަދެއް ކަމަށް ބެލެވެ އެވެ.

އީޔޫގެ ޓެކްނޮލޮޖީ ދާއިރާގެ އިސްވެރިޔާ ހެނާ ވިރްކޫނެން ނޫސްވެރިންނަށް ވިދާޅުވީ، ޖޫރިމަނާއިން ސަލާމަތްވާން ބޭނުންނަމަ ޔޫރަޕްގައި ދޭ ހިދުމަތްތަކުގެ ޔޫއައި ޑިޒައިން ނުވަތަ ފަރުމާ ޓިކްޓޮކުން ބަދަލުކުރަން ޖެހޭނެ ކަމަށެވެ.

ޓިކްޓޮކް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކޮންޓެންޓް ކްރިއޭޓަރުންނަށް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ޓިކްޓޮކުން އާމްދަނީ ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

209 ދުވަސް ކުރިން - 19:22

ޓިކްޓޮކްގައި މަޝްހޫރުކަން ހޯދި އަމްޖަދު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ޓިކްޓޮކްގައި މަޝްހޫރުކަން ހޯދި އަމްޖަދު ނިޔާވެއްޖެ

222 ދުވަސް ކުރިން - 15:44

އެއްޖިންސުން ގުޅުން ހިންގަން ހިއްވަރުދޭ (ޔާޔާ) އުމުރަށް ޖަލަށް ލައިފި

ޓިކްޓޮކް ނަބީލު (ޔާޔާ) އުމުރަށް ޖަލަށް!

408 ދުވަސް ކުރިން - 12:35

ސަރުކާރުން ޓިކްޓޮކް މަނާކުރަން ނޫޅޭ: ރައީސް

ސަރުކާރުން ޓިކްޓޮކް މަނާކުރަން ނޫޅޭ

483 ދުވަސް ކުރިން - 02:42

މާރާމާރީ އިތުރުވުމާއި ގުޅިގެން އަލްބޭނިއާއިން ޓިކްޓޮކް މަނާކޮށްފި

މާރާމާރީ އިތުރުވުމާއި ގުޅިގެން ޓިކްޓޮކް މަނާކޮށްފި

523 ދުވަސް ކުރިން - 10:06