ޓިކްޓޮކްގައި ދިވެހިންގެ ތެރޭގައި ބޮޑު މަޝްހޫރުކަމެއް ހޯދި އަލީ އަމްޖަދު (އަމްޖު) ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.
ޓިކްޓޮކްގައި އަމްޖަދު ބޮޑަށް މަޝްހޫރުވެފައިވަނީ ޓިކްޓޮކް ލައިވްތަކުންނެވެ. އަމްޖަދު ނިޔާވުމުގެ 15 ގަޑިއިރު ކުރިން ޓިކްޓޮކަށް ވީޑިއޯއެއް ވެސް އަޕްލޯޑްކޮށްފައިވެ އެވެ.
އަމްޖަދު ނިޔާވީ ތިލަފުށީގައި މަސައްކަތް ކުރަމުންދަނިކޮށް ކުއްލި ގޮތަކަށް ވެއްޓިގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އޭނާ ނިޔާވީ ސްޓްރޯކެއް ޖެހިގެންނެވެ.
ނިޔާވިއިރު އަމްޖަދު އިނދެގެން އުޅެނީ ޓިކްޓޮކްގައި މަޝްހޫރު ހަބިއްތައާ އެވެ. އަދި އޭގެ ކުރިން އަމްޖަދު ކުރި ކައިވެންޏަކަށް ދަރިއެއް ވެސް ލިބިފައިވެ އެވެ.
އަމްޖަދު އަކީ ށ. ފޯކައިދޫއަށް ނިސްބަތްވާ ފަރާތެކެވެ.






