ކުރިން ތުރްކިޔޭގެ އިސްތަންބޫލްގައި ބޭއްވުމަށް ރާވާފައިވާ އެމެރިކާ އާއި އީރާނުގެ ނިއުކްލިއާ މަޝްވަރާ ބައްދަލުވުން ކުއްލިޔަކަށް އޮމާނަށް ބަދަލުކޮށް، އީރާނާއި އެމެރިކާގެ ވަފުދު އޮމާންގެ މަސްކަޓަށް ވަޑައިގެންފިއެވެ.
އީރާނުގެ ވަފުދުގައި އިސްކޮށް ހުންނެވީ ފޮރިން މިނިސްޓަރު ޢައްބާސް ޢަރާގިޖީއެވެ. އިސްކޮށް ހުންނަވައިގެން އީރާނުގެ ވަފުދާއި އެމެރިކާގެ މަންދޫބުން އޮމާނަށް ފުރައިފިއެވެ. 
މި މަޝްވަރާތައް ބޭއްވުމަށް ފުރަތަމަ ރާވާފައި އޮތީ މި ހުކުރު ދުވަހު އިސްތަންބޫލްގައެވެ. އެހެންނަމަވެސް ކުއްލިޔަކަށް ތެހެރާނުން އެދުނީ ތަނާއި ފޯމެޓް ބަދަލުކުރުމަށެވެ. 










